ިއިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކޮށް މަޖިލިސް ދޮރުމަތީގައި ކުރި މުޒާހަރާގެ ތެރެއިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2023 - 11:25
އިޒްރޭލު މީހުން އެއްވެސް ސިފައެއްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.
"ރައިޓްސް މޫވްމަންޓު" ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަނުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ހުށަހަޅާފައި އޮތީ އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށެވެ.
ޕެޓިޝަން ކޮމިޓީން މި ޕެޓިޝަން ދިރާސާކުރަން ބޭއްްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ މި މައްސަލައިގައި މަޖިލީހުގެ ބައެއް އިތުރު ކޮމިޓީތައް ވެސް ކުރިއަށް ދާތީ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅައިފަ އެވެ.
"މަޖިލީހަށް މި މައްސަލައިގައި މެންބަރަކު ގަރާރެއް ހުށަހަޅުއްވައިގެން، މަޖިލީހުގެ ހުރިހާ މެންބަރުން އެއަށް ވެސް ބަހުސް ކުރައްވާފައި، ހާރިޖީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައި،" ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވި އެވެ.
ހާރިޖީ ކޮމިޓީއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވުމަށް ގާސިމް ހުށަހެޅުއްވި އެވެ.
ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މަޖިލިސް
ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކޮމިޓީން ބެލުމަށްފަހު ހާރިޖީ ކޮމިޓީއަށް ފޮނުވުން ކަމަށާއި މި މައްސަލައިގައި ގޮތް ނިންމަން އެންމެ ރަނގަޅުވާނީ ވެސް އެ ކޮމިޓީން ކަމަށެވެ.
ނަމަވެސް، ކޮމިޓީގެ ތިއްބެވި ޑިމޮކްރެޓްސްގެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މައްސަލައެއްގައި އެ ކޮމިޓީއަށް ވެސް ގޮތް ނިންމޭނެ އެވެ.
ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި އެހެން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހުރިއިރު، ވަކިވަކި ކޮމިޓީއަށް ބަލަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މި މައްސަލައާ މެދު ޕެޓިޝަން ކޮމިޓީން ގޮތް ނިންމަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާރިޖީ ކޮމިޓީއަށް މައްސަލަ ފޮނުވަން އެއްވެސް މެންބަރަކު ތާއީދު ނުކުރައްވާތީ އެ ހުށަހެޅުމަށް ވޯޓަށް ވެސް ނާހަ އެވެ.
މި ބަހުސަށް ފަހު، އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ޕެޓިޝަން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހހ2
22 November 2023
އެމެރިކާއިން ހަތިޔާރު ގަތުން ހުއްޓާލަންވީ. އެމެރިކާގެ ހަތިޔާރު ބޮއިކޮޓް ކުރަންވީ، މިހުރިހާ ހަގުރާމައަކީވެސް އަރަބިން އަދި މުލިމު ގައުމުތަކުން އެމެރިކާ ހަތިޔާރު ކެންޑިނޭޅި ގަތުވުމައް ކުރެވޭކަންކަން. ބޮއިކޮޓް އެމެރިކަން ވެޕަނސް މަޖިލިހުން ގަރާރެއް ފާސްކޮއްލަބަލަ.
ކައުންސެލަރު.
22 November 2023
އިޒްރޭލު ޕާސްޕޯރޓް އެކަންޏެއްނޫން. ބައެއްފަހަރު މީހުންތިބޭ އިޒްރޭލާ އެހެން ޤައުމެއްގެ ޕާސްޕޯރޓާ ދެ ގައުމުގެ ޕާސްޕޯރޓުގަ ތިބޭމީހުން. ކޮންމެ ޤައުމެއްގެ މީހަކަސް އިޒްރޭލު ޕާސްޕޯރޓް އޮތިއްޔާ އެމީހަކު މިގައުމަށް އެތެރެ ވިޔަދީގެން ނުވާނެ/
ރަދީފްއޮފިޝަލްް
22 November 2023
މަގޭ ޕާސްޕޯޓްގެ ބާރުކެެނޑުމުގެ ފެށުން.
ރަދީފްއޮފިޝަލް
22 November 2023
މިއީ މަގޭ ކޮމެންޓެއް ނޫން.މީހުންގެ ނަން ވަގަށް ބޭނުންކޮށްގެން ކޮމެންޓް ނުކުރެއްވުން އެދެން.އެހެންމީހުންގެ ހިޔަނީގަ ހުރުން އެއީ ވަރަށް ހުތުރު ކަމެއް.
ފާނަކޮށި
22 November 2023
މަރްޚަބާ......ސާބަހޭ
ރަދީފްއޮފިޝަލް
22 November 2023
ސާބަހޭ މެމްބަރުން. ސަލީމް އިދްރީސް ކަލޭ ހީކުރަނީ ކަލޭ އިސްރާއީލަށް ތާއިދުކުރީމަ ދިވެހި ހުރިހާ ރައްޔަތުން ވެސް ތިބީ އެމަގުގަ ކަމަށްތަ؟؟
ރަދީފް ކުރަފި
22 November 2023
ކަލޭތީ ރައްޔިތުންގެ ފަރާތުން ދުނިޔެއަށް ކަނޑައަޅާ ހުރި މަންދޫބު ދޯ. ކަލޭގެ ހަގީގަތް ވެސް ލިޔެވިދާނެ
ރަދީފްއޮފިޝަލް
22 November 2023
އެއްކަމެއް ވެސް ނުކުރެވޭނެ ބްރަދާ.