ދުބާއީގެ ޕްރިންސެސް ލަތީފާ.
28 ނޮވެމްބަރ 2023 - 05:55
ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސެސް ލަތީފާގެ ހަޔާތަށް ސީރީޒެއް ހެދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ފަށައިފި އެވެ.
ނެޓްފްލިކްސް އަށް އެ ސީރީޒް ޕްރޮޑިއުސްކޮށްދެނީ އެ ޕްލެޓްފޯމުން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ އެހެން ސީރީޒެއް ކަމަށްވާ "ދަ ވިންޓަ ޕެލެސް"ގެ އުފެއްދުންތެރިޔާ ލިންޑްސީ ޝަޕޭރޯ އެވެ.
ފިންލޭންޑްގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "ޔެލޯ ފިލްމް އެންޑް ޓީވީ" އިން ގެނެސްދޭ މި ސީރީޒަށް ކިޔަނީ "ދަ އެކްސޭޕް" އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، މި ސީރީޒްގައި ދައްކާނީ ޕްރިންސެސް ލަތީފާ އާއި ފިންލޭންޑަށް ނިސްބަތްވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޓީނާ ޖުހައިނަންގެ ގުޅުމެވެ.
މި ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް އަންނަ އަހަރު ފަހުކޮޅު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ދުބާއީން ފިއްލަވަންވެގެން 2018 ވަނަ އަހަރު ޕްރިންސެސް ލަތީފާ (ވ) އޭނާގެ ރަހުމަތްތެރިޔާ ޓީނާ ޖުހައިނަންއާ އެކު ކާރުގައި ވަޑައިގަންނަވަނީ.
ޕްރިންސެސް ލަތީފާ އަށް އާންމުންގެ ސަމާލުކަން ފުރަތަމަ ލިބުނީ ރަހުމަތްތެރިންތަކެއްގެ އެހީއާ އެކު، ފެބްރުއަރީ 2018 ގައި އޭނާ ދުބާއީން ފިލަން މަސައްކަތް ކުރެއްވުމުންނެވެ. ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯ އިން ގޮސް ޕްރިންސަސް ލަތީފާ ވަނީ ހައްޔަރުކޮށްގެން ދުބާއީ އަށް އަނބުރާ ގެންގޮސްފަ އެވެ. އޭގެ ފަހުން އެކަމަނާ ހުންނަވަނީ ދުބާއީގަ އެވެ. ލަތީފާ ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ ބައްޕަ ވަނީ ދުބާއީގައި އޭނާ ރަހީނުކޮށްފަ އެވެ. ނަމަވެސް، ޔުއޭއީން ބުނެފައި ވަނީ ލަތީފާ ހުންނެވީ އާއިލާގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށެވެ.
ޕްރިންސަސް ލަތީފާގެ ބައްޕާފުޅު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އަކީ ދުނިޔޭގައި އެންމެ މުއްސަނދި އެއް ލީޑަރެވެ. ދުބާއީގެ ވެރިޔާގެ އިތުރުން ޝެއިހް ރާޝިދަކީ ޔޫއޭއީގެ ނައިބު ރައީސް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަރަންގުބޭލި
30 November 2023
މިކަހަލަ މީހުން ބޮލަށް ޗިޕްޖަހައިގެން މުސްލިމު ބޮޑެތި ބާރުވެރި ގައުމުތަކުގެ އަގުވައްޓާލަުމަކީ ވަރަށް ދުރާލާ ރޭވިގެން އަބަދުވެސް މިވެރިން ކުރާކަމެއް. ޕްރިންސު ލަތީފާގެ ކިބައިގައި ގައުމީވަނަތަކަމާއި ހަރުދަނާ ކަމެއްނެތީމަވެސް ވާނީމިހެން.
ހަމްދާ
29 November 2023
ދިވެހި ފިލްމެއްވެސް އޮވޭ ލަތީފާ އުޅޭ. ހާޖަރާ ދޮންމަންމަގެ ބައި ކުޅެފަ.
ޖަލީލީ
29 November 2023
ހުޅަނގުގެ ފިލުމު އުފައްދާ ފަރާތް ތަކަށް ކެރޭނެބާ ފަލަސްތީނުގެ މުސްލިމުން ގެ ހާލަތު ބަޔާންކޮށްދޭ ފިލުމެއް އުފައްދަން. އެބައިމީހުންގެ ބިންވަނީ ފޭރިގަނެފަ، އިންސާނީ ހައްގުތަކާ، އަސާސީ ހައްގުތަށް އަދި ދިރި ހުރުމުގެ ހައްގަށް ވެސް ވަނީ ޔަހޫދީން ހުރަސް އަޅާފަ. މަލާލާ އާއި ލަތީފާ ބޭނުންކޮށްގެން މުސްލިމުން ނަށް ހުޅަނގުގެ އިންސާނީ ހައްގުތަށް ދަސްކޮށްދޭން ފިލުމު ހަދާނެކަމެއް ނެތް. ކަލޭމެންނަކީ ފާޅުގަ މުސްލިމުން މަރަން އެހީތެރިވާ ބައެއް
މާހިރު
28 November 2023
ލަތީފާވެސް އެއުޅުއްވަނީ ހުޅަނގުގެ މީހުން އުޅޭގޮތް ކަމުގޮސްގެންނެވެ. ނަމަވެސް ހަޤީޤީ ބާއްޖަވެރިކަންއޮތީ އާޚިރަތް ދުވަސް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރެވުނު ވަރަކުންނެވެ. ލަޠީފާއަށްވެސް ވިސްނި ރަނގަޅުމަގަށް ރުޖޫޢަވާނެކަމަށް އުންމީދުކުރަމެވެ.
މުަކަރުޛީ
28 November 2023
ލަތީފާގެ ބަޔަށް ޖަމްޝީދާ ވަރަށް ކަމުދާނެ.
ސިއްކަ
28 November 2023
ލަތީފާގެ ބަޔަށް ކާޖޮލް ރަނގަޅުވާނެ.
ހމމމމމ
28 November 2023
ނެޓްފުލިކްސް އިން ކާސްޓިންއަށް ހިޔާލު ހޯދަން "މިހާރު" ކޮމެންޓުތަށް ބަލާކަމަށް ވަނީ