ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ މަޖިލިސް، ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަމަން އަދި ރައީސް، ޕްރޮފެސާ ޑރ. ނޫމާން ކުރްތުލުމުސް އާއި މަޖިލީހުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
29 ނޮވެމްބަރ 2023 - 10:05
ފަލަސްތީނުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދުކޮށް، އެއްބާރުލުންދިނުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އެމަނިކުފާނު މިހާރު ތުރުކީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ މަޖިލިސް، ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑރ. ނޫމާން ކުރްތުލުމުސް އާއި މަޖިލީހުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވަމުންނެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން ފަލަސްތީނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް، އެ ބައްދަލުވުމުގައި ރައީސް ދެެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކަށް ތުރުކީ ވުމާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުގާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ވެސް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގެ ރައީސް އާއި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް ވެސް ރައީސް އެ ބައްދަލުވުމުގައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮތް ގައުމަކަށް ވިޔަސް، ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ބޮޑު ސަރަހައްދަކަށް އެތުރިފައި އޮތް ގައުމެއް ކަމަށެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީ ވެސް މުހިންމު ހިސާބެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި ދުރާއިގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާ އެކު ވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުން ކަމަށާއި ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިރުހާން
30 November 2023
މިއަދު މި ގައުމުގެ ހުރި މި ރައީސަކީ ސީދާ އިސްލާމްދީން ހިމާޔަތް ކުރަން އަތުކުތި އޮޅާލައިފަ ހުރި ރައީސެއް.
ފަޒީލްް
29 November 2023
މިގައުމުގަ ރައީސެއްގެ ހައިސިއްޔަތުން މުއިއްޒު ފިޔަވާ މިވަރަށް ފަލަސްތީން ދިފާއުކުރާ ރައީސެއްނުދެކެން.
ބާސިތް
29 November 2023
ފަލަސްތީނަށް އަބަދުވެސް ދިވެހިންގެ ތާއިދާއި ލޯބި ލިބޭނެ. މި ގޮތުގައި ފަލަސްތީނަށް ނަސްރުލިބެންދެން ވަކާލާތުކުރަން ވާނެ.
ހާރިސް
29 November 2023
ރައީސް މުއިއްޒުގެ މި ސްޓޭންޑް ވަރަށް ފުރިހަމަ. އަބަދުވެސް ދިވެހިން ވާން ޖެހޭނީ ފަލަސްތީނާއެކު ތިބޭ ބަޔަކަށް.
ޝާހިން
29 November 2023
މުއިއްޒުއަށް އޮތް ތާއީދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން.
ރިފްޝާންް
29 November 2023
މި ވެރިކަމުގަ ފަލަސްތީނު ރައްޔިތުންނަށް ގިނަގުނަ އެހީ ވަމުންދާނެ އިރާދަކުރެއްވިޔާ
މާވީ
29 November 2023
މި ސަރުކާރުން ފަލަސްތީނުގެ ދިފާއުގައި ނުކުންނަން ކެރޭނެ.
ލާއިގް
29 November 2023
މުއިއްޒުއަށް އަހަރެން އެންމެ ތާއީދުކުރާ އެއް ސަބަބަކީ ދީނީ ކަންތަކަށް ދޭ އަހައްމިއްޔަތުކަން ފާހަގަ ކުރެވޭތީ. އެފަދަ ވެރިންގެ ހިތަށް ކެތްނުވާނެ ފަލަސްތީނު ރައްޔިތުން އުޅޭ ހާލު ފެނިފަ
ރާހިލް
29 November 2023
ދީނަށް ލޯބިކުރައްވާ ވެރިއެއް މުއިއްޒުއަކީ. ފަލަސްތީނަށްޓަކައި އެހީވާން ތައްޔާރަށް.
ޝާހިލްް
29 November 2023
ފަލަސްތީނުގެ ރައްޔިތުންނަށް ވެދެއްވެން އޮތް އެހީއެއް މި ސަރުކާރުން ކުރަމުން ގެންދާނެ.