އަލީ ވަހީދު: އިނގިރޭސިވިލާތުގައި އޭނާ ބަންދުކުރި މައްސަލާގައި އޭނާގެ ކިބައިން އެ ގައުމުން މައާފަށް އެދި ބަދަލު ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
29 ނޮވެމްބަރ 2023 - 15:21
ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އެ ގައުމުން އޭނާ ހައްޔަރުކުރި މައްސަލާގައި އަލީ ވަހީދުގެ ކިބައިން މާފަށް އެދި އަދި ބަދަލުގެ ގޮތުގެ 20،000 ޕައުންޑް (389،000ރ.) ގެ ދޭން އެ ގައުމުން ނިންމާފައިވާ ކަމަށް އަލީ ވަހީދުގެ ވަކީލުން މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ރާއްޖޭގައި އުފުލާފައި ވަނިކޮށް، އޭނާ އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ ގައުމުން އޭނާ ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ.
އަލީ ވަހީދުގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި އިނގިރޭސި ވިލާތުގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގެ ކުރިން ކުރި މަޝްވަރާތަކުގައި، އަލީ ވަހީދު ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަށްޓަކައި އަލީ ވަހީދުގެ ކިބައިން މާފަށް އެދުމުގެ އިތުރުން އޭނާއަށް 20،000 ޕައުންޑްގެ ބަދަލެއް ދޭން އިނގިރޭސި ވިލާތުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ނަމަވެސް އޭނާ އަށް ރާއްޖޭގެ ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އޭނާ ވަޑައިނުގަތުމުން އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވި އޮތެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި އޮއްވާ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށް، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ދައުލަތުން ނިންމި އެވެ. އެއީ އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތްތަކުން އެ މައްސަލަ ކުރިއަށް ނުގެންދަން އެދުމުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ދައުވާތައް އަނބުރާ ގެންދިއުމުން އަލީ ވަހީދު މިއަހަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
30 November 2023
ބަދަލު ދިނުމުގައި އިބޫ ސަރުކާރު ކޮޕީކޮށްފަ ތިއޮތީ. މާފަށް އެދުން އެއީ މިގައުމުގެ ސަރުކާރުތަކުން އަދި ދަސްކުރަންވެފަ އޮތް ކަމެއް.
އމމމމމމ
29 November 2023
މިހާރު އަލީ ވަހީދު ބުނާނެ ޖިންސީ ފުރައްސާރައިގެ މައްސަލަ އަކީ އޭނަ ސްމޯކް ސްކްރީނެއް ގޮތަށް ރޭވި ކަމެއް ކަމަށް، އިނގިރޭސިވިލާތަށް ވަދެ 20،000 ޕައުންޑް ހޯދުމަށް
ކިއްލި
29 November 2023
ކިއްލި ސޭޓް ގެ ވާހަކަ ވަރަށް ލިޔާހިއްވާނެ މިކުދިން.
ހގގތ
29 November 2023
ތިމީސްމީހުންކުރާ ކަންތައްތަކަށް ސިންގާރަސްގެފާނުގެ ދަރުބާރުގައި މިނިކާވަގަށް މަޢާފުލިބުނުގޮތަށް ޒައްރެއްގެމިންވަރުވެސް އުނިނުވެ އިންސާފުލިބޭނެ އެންމެފަހުގެދަރުބާރަށް ދާންދެންް ތިކަހަލަމީހުނަށް މަޢާފާއި މަންފާއޮންނާނީ އަބަދުވެސްލިބިލިބިއެވެ.
LaamuonlineDOTcom
29 November 2023
ސިޔާސީދާއިރާއަށް ނިކުމެ ފޮނުއަރުވަންވެގެން ފަތުރާ ފޭކުވާހަކައެއްތީ! ކުށެއްގެ ތުހުމަތަށްބަންދު ކުރާމީހަކުގެ ކިބައިން މައާފަށްއެދި ބަދަލުދިނުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި ކުރާކަމެއްނޫން، އަލީވަކީދަކީ މިހާރު ދިވެހިސަރުކާރުގެ އެއްވެސް މަގާމެއްވެސްއޮތްފަރާތެއްނޫން، ދެންމައާފަށް އެދި ބަދަލުދޭން؟ މިއުޅެނީ މޮޔަވެގެންދޯ؟ ޝަރުޢީދާއިރާގައި ކޮޅުފައިންޖެހި ބޮޑުފިނޑިއެއްއަލީވަހީދަކީ! ނިމިދިޔަ އިބޫގެ ސަރުކާރަކީ މިފަދަޖަރީމާތަކުގެ ސަރުކާރެއް
ރަދީފްއޮފިޝަލް
29 November 2023
އެހެންތަ؟ ސިންގަޕޫރު (ސްޓްރެއިޓްޓައިމްސްގެ 19.01.2023 ދުވަހުގެ އާޓިކަލް ، އޮސްޓްރޭލިޔާ (ދިކެންބެރާޓައިމްސް 16.12.2022 ދުވަހުގެ އާޓިކަލް ، ޔޫކޭ (ބީބީސީނިއުސް 26.01.2020 ވަނަ ދުވަހުގެ އާޓިކަލް ކިޔާލީމަ ކުރިއަރާފައިވާ ގައުމުތަކުގަ އަބަދުވެސް ކުރާކަމެއްކަން ހާމަވޭ) . ދެން މަނިކްފާނުގެ ނަޒަރުގަ މި ބުނި 3 ގައުމު އެއީ 3 ވަނަ ދުނިޔޭގެ ގައުމުތައް ތޯ؟؟!! ވ.ވެދުން
LaamuonlineDOTcom
29 November 2023
@ރަދީފްއޮފިޝަލް، ތިޔަބުނާކޭސްތަކުގައި އޮތީ ކީކޭކަން ބުނެއެއްނުދެވުނުދެއްތޯ؟ ތިޔަބުނި ކޭސްތަކާ މި އަލީވަހީދުގެ ކޭހާ މުޅިންތަފާތު، އަދި ތިޔަބުނާ ކޭސްތަކުގައި ހިމެނޭމީހުނާ އަލީވަހީދާ އުޑާ ބިންހާ ތަފާތު!
ރަދީފްއޮފިޝަލް
30 November 2023
''ކުށެއްގެ ތުހުމަތަށްބަންދު ކުރާމީހަކުގެ ކިބައިން މައާފަށްއެދި ބަދަލުދިނުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި ކުރާކަމެއްނޫން،''. މީގަ ޕޮއިންޓަކީ މަނިކްފާނު ވަރަށް ބޮލްޑްކޮށް އެބަ ޕްރެސްކުރޭ ''ކުށެއްގެ ތުހުމަތަށް ބަންދު''. ރަދީފް ބުނި ހުރިހާ ހާދިސާއެއްގަ ވެސް މީހުން ބަންދުކުރެވިފައިވަނީ ކުށުގެ ތުހުމަތުގަ. ވ.ވެދުން (ޗެޕްޓަރ ކްލޯޒްޑް)
ދުނިޔެ
29 November 2023
ހެހެހެ މިއީ މޮޅު ދުނިޔެއެއް
ކަތްދައްތަ
29 November 2023
ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނީ ކޮން ބައެއްކަން އެގިއްޖެ.
ސީތާ
29 November 2023
ރާއްޖެއިން ކިހާވަރެއް ހޯދާނެބާ؟ މިހާރު ކޮންމެ މީހަކުވެސް ކޮންމެވެސް ކަމެއްކޮށްލާފައި ސަރުކާރުން ބަދަލު ހޯދައިގެން ދިރިއުޅެވޭނެ.
ބުރޯހ
29 November 2023
އަލީމެންނަކާ ނުކުޅެވޭނެ އިނގިރޭސީންކަށް ވެސް ޔޫރަޕަކަށްވެސް. ޓަފްވާނެ ދޯ އައްޔާ. ޖެހޭނީ ހަފުސްވާން.
ދަހަނާ
29 November 2023
ދެން ކޮބާ ސުޕްރީމް ކޯޓުން ކޯޓުގެ ހުރުމަތް ކެނޑި ހުކުމް؟ އެ ހުކުމް ތަންފީޒުކުރާކަށް ވެސް މިހާރު ނުޖެހޭ ތަ؟ ނޫނީ މަށަށް ނޭނގި އެ ޙުކުމް ބާޠިލު ކުރީތަ؟