29 ނޮވެމްބަރ 2023 - 22:38
ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ މީހުންނަށް ފައިސާގެ އެހީ ފޯރުކޮށްދޭ އިދާރާ އެންސްޕާގެ ސީއީއޯގެ މަގާމަށް މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހީނާ ވަލީދު މިއަދު ހަމަޖައްސައިފި އެވެ.
އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ހަމަޖެއްސެވިއިރު އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. މީޑިއާއާ ގާތްގުޅުމެއް ބާއްވާ ހީނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޕީއެސްއެމް ނުވަތަ ޓީވީއެމްގަ އެވެ. އެ ތަނުގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވައި، ޕީއެސްއެމް ދޫކުރެއްވިއިރު ހީނާ ހުންނެވީ އެގްޒެކެޓިވް އެޑިޓަރުގެ މަގާމުގަ އެވެ.
ހީނާ ވަނީ މީޑިއާގެ ދާއިރާ އިން މަތީ ތައުލީމު ވެސް ހާސިލް ކުރައްވައިފަ އެވެ.
އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވިއިރު މި ވަގުތު އޭނާ ހުންނެވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރުގަ އެވެ.
ދައުލަތުން ހިލޭ ބޭސްފަރުވާ ކޮށްދޭ ނިޒާމުގެ ހިދުމަތް ދޭ އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ އަންހެންބޭފުޅެކެވެ. އެއީ އާސަންދަ ކުންފުނީގެ އެންމެ ފުރަތަމަ މުވައްޒަފު އާމިނަތު ޒީނިއާ އެވެ.
ޒީނިޔާ އެންމެ ފުރަތަމަ އާސަންދައާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު މެޑިކަލް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭރު އެ ކުންފުނި ހިންގީ އެލައިޑުގެ ދަށުންނެވެ. އާސަންދަ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.
އެންސްޕާގެ ސީއީއޯއަކަށް އެންމެ ފަހުން ވެސް ހުންނެވީ އަންހެންބޭފުޅެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު މި މަހުގެ 17 އަށް ހަމަވިއިރު އެ މަގާމުގައި ހުންނެވީ މަރިޔަމް ޝަފީގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުހުން
01 December 2023
އިނގިލި ދިއްކުރަން ގާބިލު މީހުން، އެކަމާ ގުޅޭ ތަނަކަށް ލީނަމައެއްނު.
ކަރާސީން
30 November 2023
ހީނާއެވެ! ތިޔަ އެންސްޕާއަކީ ވަރަށް ޓޮކްސިކް ވޯކް އެންވައިރަންމަންޓެއް އޮންނަތަނަކެވެ! “ވިސްނަވައިގެން ކުރިޔަށް ގެންދަވައްޗޭ!”
ސަންކޮ
30 November 2023
ތިޔަތަނުގެ އެޗްއާރުން ސްޓާފުންނާއި މެދު ވަލު ޖަނަވާރަށް ކަންނުކުރާ އުސޫލުން ކަންކަން ކުރެއެވެ. ހީނާގައިގައި ހިކުމަތެއް ހުރީއްޔާ ދިދަ ދަނޑި ބޮލުގައި މިކަން ނާޅުވައި މިކަންތަށް ރަނގަޅު ކުރާނެއެވެ.
ވޯލް
30 November 2023
އެންސްޕާއަކީ ގިނަ ކަންކަން ރަގަޅު ކުރަންޖެހިފަ އޮތް އެސްއޯއީއެއް. އެކަމަކު އެމްޑީކަން މިދިނީ މިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ސޯސަލް ވެލްފެއަރއަކީ ކޯންޗެއްކަންވެސް ނޭންގޭ މީހާގެ މުޅި ކެރިޔާ މީޑިޔާގައި ހޭދަކޮށްފަ ހުރި މީޑީއާ މީހަކަށް. ތިހާ ވޒަީފާދޭ ހިތްވަންޔާ ޕީއެސްއެމް ދިން ނަމަ. މިހާރު އަނެއްކާވެސް ހުިރހާ ގެއްލުމެއް ރައްޔިތުންނަށް.
ދަންނަބޭކަލު
30 November 2023
ވޯލް މީދެން ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ މީހާ ޔޯލަ. އެންސްޕާއަކީ އެސް.އޯ.އީ އެއް ނޫންކަންވެސް ނޭނގުނު. ހީނާއަކީ އެމް.ޑީ ނޫންނަކަންވެސް ނޭނގުން. ރަނގަޅަށް ވިއްޔާ އެމް.ޑީ އަކާއި ސީ.އީ.އޯ އެއްގެ ތަފާތުވެސް ނޭނގޭނެ އަކުރު ތަފާތުވުން ފިޔަވައި.
ތައުރީފު
30 November 2023
ހީނާ އަކީ ގައުމަށް ވަރަށް ހިދުމަތް ކޮށްފަ ހުރި ކަނބަލެއް. މަރުހަބާ ހީނާ
ޖަދުވަދު
30 November 2023
ވަރަށް ދެރަވޭ ކަނޑުގެ 60 މީޓަރު އަޑިން ހީނާގެ ނިއުސް ރިޕޯރޓެއް ނިލިބޭތި. :(
އނއސ
30 November 2023
މި ސަރުކާރުގަ އިސް މަގާމު ތަކަށް މީހުން މި ލަނީ ވަރަށް ކަނޑަ ކޮށް. ރެކްރޫޓްމެންޓް ވަރަށް ދަށް ކޮލިޓީގަ. މީހަކު ނުވެގެން މީހަކު ލަނީ ބާ އަނެއްކާ. މި މީހުން ވާނުވާ ނޭގި މި ފަދަ މަގާމު ތަކަށް ދިޔައީމަ ދެން ދަށުން ތިބޭ މީހުން މާ ގިނައިން ކާނެ،
ލޯބިކަން
30 November 2023
ހީނާވެސް ކެންސާރ އަށް ފަރުވާ ހޯދަން އުޅެނިއްޔޭ ކިޔާފަ އިން އެފްބީގަ ވަރަށއ ފަހުން.
ބަޑިތަކުރު
30 November 2023
މިފަދަ ތަނަކަށް މިހާ ސިޔާސީކުލަ ގަދަ ބޭފުޅުންނާއި ކަނބަލުން ލީމާ އެތަން އެތަނުން ޚިދްމަތް ލިބޭނެ ހަމަހަމަކަމާމެދު ވަރަށް ސުވާލު އުފެދޭ.
މަރިޔަމް123456789
30 November 2023
ޕޭޝަންޓް ނިޔާ ނުވަނީސް އެންސްޕާ ހަމަޖެހިގެން އަންނާނެ ކަމަށް ދެން އުންމީދުކުރަން. އަޅުގަނޑުގެ އާއިލާ މީހެއް ނިޔާވީ އެންސްޕާ އެޕްރުވަލް ނުލިބި ރާއްޖެއިން ބޭރަށް ނުދެވި އައި.ސީ.ޔޫގައި ހަފްތާއެއް ވަންދެން ބާއްވައިގެން ތިއްބާ. މަރަކީ އެއްވެސް މީހަކަށް އެނގޭ އެއްޗެއްނޫން. އެކަމަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެހީއަށް އެދި އެކަން ހަމަނުޖެހި ލަސްވެ ޕެޝަންޓް ނިޔާވި ދުވަހު ހަމަޖެހިގެން އައުމަކީ އެންސްޕާ ފެއިލްވެފައިވާ ކަމުގެ ހެކި.
ސަންތި މަރިއަނބު
30 November 2023
އަނގައޮތިއްޔާ މުއިއްޒުވެރިކަމުގާ ވަޒީފާ ލިބޭނެ.