ކުރީ ސަރުކާރުގެ ބިމާއި ފްލެޓްތަކުގެ ކޮމެޓީ ޗެއާމަން ކަން ކުރެއްވި އަކްރަމް ކަމާލުއްދީން: އޭސީސީގެ ތުހުމަތުތައް އޭނާ ދޮގުކުރައްވާ.-- ފޮޓޯ: މިހާރު
29 ނޮވެމްބަރ 2023 - 23:17
މާކްސް ބަދަލުކޮށްގެން ޝަރުތު ހަމަނުވާ ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް އޭސީސީން ބުނުމުން އެކަން ދޮގުކުރައްވައި، އެއީ "ސިޔާސީ ކުލަ ޖެހިފައިވާ" ތުހުމަތެއް ކަމަށް ކުރީ ސަރުކާރުގެ ބިމާއި ފްލެޓްތަކުގެ ކޮމެޓީ ޗެއާމަން ކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވުމަށް، އެ މީހަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭ ނަމަ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް އެގޮތަށް ވިދާޅުވި ނަމަވެސް، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދިނުމާ ބެހޭ އުސޫލުގައި، ފްލެޓް ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ވަރަށް ސާފުކޮށް ބުނެފައި އޮންނަނީ ފްލެޓަށް އެދޭ މީހާ ނުވަތަ މައި އެޕްލިކަންޓަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
އަކްރަމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ޝަރުތު ހަމަނުވާ މީހަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ ކަމަށެވެ.
އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް. އެހެނީ އެކަން ރަނގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މި ދެންނެވި ސިޔާސީ ކުލަޖެހުން: އަކްރަމް
"އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް. އެހެނީ އެކަން ރަނގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މި ދެންނެވި ސިޔާސީ ކުލަޖެހުން،" އަކްރަމް ވިދާޅުވި އެވެ.
"ސިސްޓަމް ސްކޯ އަކާ ވެރިފިކޭސަން ސްކޯއެއް ނީންނާނެ. ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން. ވެރިފަޔާ ޑިސައިޑް ކުރަނީ ފޯމުގައި ދީފަ ހުރި މައުލޫމާތައް ބަލައި އޮޕްޝަން ނަގައިފައި އިނީ ރަނގަޅަށްތޯ. ރަނގަޅު ނޫން ނަމަ ފޯމުގެ މައުލޫމާތެއް ބަލައި ވެރިފަޔާ އޮޕްޝަން ޑިސައިޑް ކުރާނެ."
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މެންބަރުން ހާޒިރުކޮށް ސުވާލުކުރުމުން، އެ ކޮމިޝަނުން ބުނީ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކުރުމަށް ފަހު އޮޓޯއިން މާކްސްތައް ޖެނެރޭޓްވާ ކަމަށެވެ. ނަމަވެސް މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުތު ހަމަނުވާ މީހުންނަށް ވެސް، މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައި އެބަހުރި: އޭސީސީ https://t.co/5FVZT8q08V
— Mihaaru (@Mihaarunews) November 29, 2023
މިސާލެއް ގޮތުން އޭނާ ވިދާޅުވީ ފޯމެއްގައި ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރްގެ ޑޭޓާތަކުން ވެސް އެކަން އެނގޭއިރު އެޕްރޫވް ކުރަން ހުންނަ ފަރާތްތަކުން އޭނާގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރި ކަމަށެވެ.
އޭގެ އިތުރުން ބައެއް ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ހުރި އިރު ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫންކަން ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމަށް ސަލާމް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ދާއިމީ ލިސްތު ނެރުނު އިރު އެކަންކަން އިސްލާހު ކޮށްފައި ހުރިތޯ ތަހުގީގު ޓީމުން ބެލި ކަމަށް ސަލާމް ވިދާޅުވި އެވެ. ނަމަވެސް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށާއި ފްލެޓު ދިނުން އޭސީސީން ހުއްޓުވީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަގު
30 November 2023
ރާއްޖެއިން ބޭރު ގައުމުތަކުގައި އުޅޭ ބައެއް މީހުނަށް ވެސް އެބަ ހުރި ފްލެޓް ދީފަ ޢެންބަސީ ތަކުން މައުލޫމާތު ސާފު ކުރަން ޖެހޭ މިދިޔަ 15 އަހަރު ތެރޭ ރާއްޖެއިން ބޭރުގައި ދިރު އުޅޭ މީހުން
ބުރަދަރ
30 November 2023
ތިޔަބުނީ ސަތޭކައިގެ ވާހަކައެއް. ތުހުމަތުގައި ހުރީ މުޅިންވެސް ރީނދޫކުލަޖެހިފައި. އެކުލަނުޖެހޭ އެންމެ ތަންކޮޅެއްވެސް ތުހުމަތަކުނެތް. އެހެންވެ ތުހުމަތުން ރީނދޫކުލަ ފުހެފަ ސާފުކުރަން އުޅެނީ
ޖުމާނާ އިބުރާހިމް
30 November 2023
އަކްރަމާ އަސްލަމް ހައްޔަރުކުރޭ. ކަނޑައެޅިގެން 2.4 މިލިޔަން ރުފިޔާގެ މުދަލެއް ނުޙައްޤުން އެތައް ބަޔަކަށް ބަހާލުމުގެ ޒިންމާ މި ބޭފުޅުން ނަންގަވައިގެން ނުނިމޭނެ. ދަޢުވާކުރެވެންވާނެ. މަޤާމުގެ ނުފޫޒާ ނާޖާއިޒު ފައިދާ ނަގައިގެން ނޫޅެވޭނެ. ޕޮއިންޓް ސިސްޓަމަކުން ދެންޏާ އެއަށް ޕޮއިންޓް އިތުރުވެ މީހުނާ ނީންނަ، ދަރިއެއްނެތް މީހުންނަށް 83 ޕޮއިންޓް ނުލިބޭނެ. ސިސްޓަމް މައްސަލައެއް ނޫން. އޯވަރައިޑްކުރަނީ. އެބާރު އޮންނާނީ ވަކިބަޔަކަށް! އެ ބަޔަކު ހައްޔަރުކުރޭ
ޙާމަ
30 November 2023
ދެންވެސް ކުރެވުނު ކަންތަކައް ރައްޔިތުންގެ ކިބައިން މައާފް އެދި މަޑުމަޑުން އެއްޗެކޭ ނުކިޔާ ހުރެވޭތޯ ބަލާބަލަ
ޢަބްދުސަލާމް
30 November 2023
ބޭކާރު ވާހަކަ ނުދައްކާ.ރައްޔިތުންނާއި ގުޅޭ އެންމެ ޙައްސާސް މަސައްކަތް ޙަވާލުވެގެން ހުރެ ޤައުމަށާއި ރައްޔިތުންނަށް ދޮގާއި މަކަރާއި ހީލަތް ހަދައި އަމިއްލަ ޖީބު ބޮޑު ކުރުން ނޫންކަމެއް ނުކުރޭ.ތިޔަ ކަހަލަ ވިސްނުމާއި، އުޅުން ހުންނަ މީހުންގެ ނިމުން ވަރަށް ހިތިވާނެކަން ނިމިދިޔަ ރިޔާސީ އިންތިޚާބުން ރައްޔިތުން އެ އޮތީ ބުނެދީފައެވެ.
ޙާމަ
30 November 2023
ދޮގެއްވާ ނޫން..މައިތިރިވެ ހުރެބަލަ
ކޮލިއަ
30 November 2023
އަކްރަމާ އަނަސްއާ އާރިފު ވަރުގެ ގޯސް ބަޔަކު ނުދެކެން. ރައްޔިތުން ތަކެއް ބިކަ ކޮށްފި
ބަރުބާދު
30 November 2023
މިމީހުނައް އެވޯޑްދޭންޖެހޭނެ ތެދެއްހެދިފަ އޮވެއްޖިއްޔާ، ފަސްއަހަރުގެ ވެރިކަމެއް ނިންމާލާފަ އެދިޔައީ 99% ދޮގާ މަކަރާ ހީލަތުގެ މަތީގަ.!!!!!
ބަރުބާދު
30 November 2023
ޅިޔަން ފަހަރިންގެ ތެރޭގަނެތް ފްލެޓްނުލިބޭ އެކަކުވެސް، ދެން މިބުނަނީ ސިޔާސީ ކުލަޖެހިފައޭ، ހެޔޮކޮއް ތިބުނީ ގަދަރީނދޫކުލަ ޖެހިފައޮތީ!!!!!
ޥާނުވާ
30 November 2023
ދަރި އަކު ނެތް މީހަކަށް އެބަ ހުރި 3 ކޮޓަރި ފްލެޓް ލިބިފަ 87 ޕޮއިންޓް . 2 ދަރިން ހުރި މީހާ އަށް ޕޮއިންޓް ހަމަ ނުވޭ. ގުޅިފަޅުން ގޯތި ލިބުނު މީހަކަށް ވެސް 3 ކޮޓަރި
އެނދިމަރިޔަނބު
30 November 2023
އަކްރަމޫ، އަހަރެމެން ލޮލަށް ނުގޮވާ! ދިމާލަށް ލޮލަށް ފެންނަންހުރި މަކަރު ހަދާފަ ތިބުނަނީ ސިޔާސީއޭ.