ުހެލްތު މިނިސްޓްރީ ހިންގާ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 ނޮވެމްބަރ 2023 - 12:36
ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އާ "ޕޭ ފްރޭމްވޯކް" އަށް ބަދަލުވެފައިވާ ހުރިހާ މުވައްޒަފުން ވެސް ޑިސެމްބަރު 1 އިން ފެށިގެން މަސައްކަތްކުރާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.
އެކަމަކު، ސަރުކާރުގެ ރަސްމީ ގަޑިއަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެއީ މިހާރު ވެސް އޮންނަ ގޮތަށް ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.
މިދިޔަ މެއި 1 ވަނަ ދުވަހު ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި، ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުކުރަން އެ މިނިސްޓްރީ ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ މަޝްވަރާ ކުރުމެއް ނެތި އެވެ. މިއީ، އެ މިނިސްޓްރީއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އަދި ސީއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދހސވ
01 December 2023
މުސާރަ ބޮޑުވި މީހުންނަށް ހެސްކިޔާފަ ބޮޑުވެފަހުރީ.
ވޯލް
30 November 2023
ހުރިހާ ސިވިލް ސަރވިސް މިވައްޒަފުންގެ މަސައްކަތި ވަގުތު މިގޮތައް ބަދަލު ކުރަން އެބަޖެހޭ. އަދި މުސާރަ އާއި އިތުރު އިނާޔަތް ދޭން އެބަޖެހޭ. ކުންފުނިތަކުންދޭ ގޮތައް މެޑިކްލް އިންސޫރަންދީ. 6 ގަޑި އިރު މަސައްކތް ކުރަން އޮންނަ އިރު ސައިބޮއި ކަައި، ދަރިންބަލާ ސްކޫލްދޮށަށް ގޮސް ހުރިހާ އަމިއްލަ ކަންކަން ނިމޭއިރު މަސައްކތަް މި ކުރެވެނީ 3 ގަޑިއިރި ވަރު. އެެހެންވީމަ ވަގުތި އެބަޖެހޭ އިތުރުކުރަން ރައްޔިތުންނަށް ރަގަޅު ކިދުމަތެއް ދެންޔާ.
އެކްސިް
30 November 2023
ރަނގަޅު. ބޮޑު މުސާރަ = އިތުރު ވަގުތު
ާއަނބުޅަ
30 November 2023
ކާކައްތަ ބޮޑުވީ ، ބޮޑުވީ ބޮޑު ޑެތިމީހުނަށް
ސީނުކަރަންކާ
30 November 2023
އޭ މިހަރަ މަގޭ ލޮބުވެތި ދިދަޔާއެވެ. ވެރިކަން ލިބި ޗާޓުން ބޭރުން އަދުރެ ގޮވައިގެން ވިހުރުވަމުން ތިޔަ އުޅޭ އުޅުން އަދި ގޯހެވެ. ދިދަޔަށް ވެރިކަން ދިން ވައުދުތަކުގެ ތެރެއިން ފަހަރަކު ވަޢުދެއް ވަޢުދެއް ނުފުއްދާ މުޅީންހެން ތިޔަ އުޅެނީ ދިދަ ނޫން ފުރާނަ ހުރި އެއްޗެއްސަކީ މޮޔައިން ކަމަށްތޯއެވެ؟ ފުރަތަމަ ރައީސް ޔާމީނު ސިޔާސީ ބަންދުން ދޫކުރުމަށް ކުރި ވަޢުދު ބޮލާލައި ޖެހީއެވެ. މިދާވަރުން ޤައުމާއި އެކު ދިދަ ތިޔައުޅެނީ ކޮން ކާރިސާއަކާއި ދިމާލަށްދާންތޯއެވެ؟
ހެލްތްބޮޑުބެ
30 November 2023
ހެލްތް މިނިސްޓްރީގައި ތިތާ ތިބެނީ ތަނެއްދޮރެއް އިގޭބައެއްނޫން. އެޗް.އާރ ހެޑަކަށްވެސް އެޗް.އާރ ކިޔަވައިގެން ހުރި މީހަކު އައީމައި 3 މަސް ނުވަނީސް އޭނާގެ ޕާފޯމަންސް ކަމު ނުދެއޭ ކިޔާފައި ބޭރުކޮށް، ޝަރުތުތަށް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާފައި ތިބޭ މީހުންނަށްވެސް ލިވޭ ގޮތަށް ބަދަލުކޮށް އަނެއްކައިވެސް އެތަނަށްލާފައިހުރީ ކުރިންހުރިމީހާ ކަމާ ސީދާ ނުުގުޅޭ މީހެއް. މީ މިމީހުން ގަންނަގަނޑު.
ލަމޓާ
30 November 2023
ތިކަމުގެ ހަގީގަތެއް ނޭނގެ އެކަމު އެޗް އާރް ގަ ތިބެންވާނީ އެޗް އާރް ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފަ ތިބޭމީހުން. ޕޮލިސީ ލެވެލްގަ މުވައްޒަފުންނާ ގުޅުންހުރި ކަންކަމުގަ ރަނގަޅު ނިންމުންތަކަށް ނިންމާނީ އޭރުން.
ދަރުމަ އިބްރާހީމް
30 November 2023
ތީގެ ތެރޭގައި އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ހުރިހާ ފަންތިއެއްގެ ޑަކްޓަރުން ހިމެނޭނެ ކަމަށް މަ ޔަޤީން ކުރަން.އެހެނީ އެބައި މީހުން ބަލި މީހުން ބަލަނީ ހިތައް އެރި ޢަދަދަކަށް.މޫތު ގުރުދާ ޑިޕާޓްމަންޓުގައި ދިވެހި ޑަކްޓަރަކު އެބައުޅޭ ދުވާލަކަށް 5 ބަލި މީހުން ބަލާ.މީ ދެން ފުކެއް ބޮޑުވަރު ތާ ދޯ.އެކަމު ހަމައޭނަގެ އިންޑިއާ ކައުންޓަރ ޕާޓް އެބަ ބަލައޭ 20ސަކަށް މީހުން.ރަގަޅު ކުރޭ.ހަލާލުވާ ވަރަށް މަސައްކަތް ކުރޭ!
އިބޫ.
30 November 2023
މަސަތްކަތުގަޑި 8 ގަޑިއިރު ހަމައެއްނުވޭ އޭރަކައްވެސް ތިނެއްޖެހަންދެން ހިދުމަތުގަ ބައިތިއްބަންޖެހޭ
ކެރަފާ ނަސީމް
30 November 2023
ސިވިލް ސާވިސް އަށް އަންގާ ނުލާ މިކަން ކުރެވޭ ތަ؟ އެހެންވެ މަ ބަހައްޓަން ބުނީ.
ހިޔާލީ އަލީ
30 November 2023
ސަރުކާރު މުއައްޒަފުން ތެރެއިން އެންމެ އަޅާލުން ކުޑަ، ހުނަރުނެތް، އެއްވެސް ކަހަލަ ގޮތެއްނެތް މުއައްޒަފުން އުޅޭ ތަނަކީ ހެލުތު މިނިސްޓްރީ. އަމިއްލަފުޅަށް ގޮސް ބަލާލާ ކައުންޓަރު، މީހަކު ހުރެ ދެފައި ވިދުނަސް ކާކުކީއްކުރާ މީހެއްހޭ ވެސް އަހާނުލާނެ، ހޮޓާތައް ހުއްދަ ދޭން އަންނަ މީހުން އެންމެ މިސްޓޭކެއް ރަނގަޅު ކޮށްލަން ބުނެފަދާނީ، ދެން އަންނާނި ޖެހިގެން އަންނަ މަހު، އޭރު އަތުން ކުލިދައްކާތާ 2 މަސް. އެންމެ ރަނގަޅީ އިކޮނޮމިކް، ހޯމް މިނިސްޓްރީ
އިބުރާހިމްބެ
30 November 2023
މިގޮތަށް މުސާރަބޮޑުކުރުމަށްވުރެން ނުކުރިއްޔާ މާބޮޑަށްވެސް ރަނގަޅު