04 ޑިސެމްބަރ 2023 - 10:54
މެންޗެސްޓާ (ޑިސެމްބަރު 4) - ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވުމުން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ފޯވާޑް އާލިން ހާލަންޑަށް ރެފްރީ ގޯސް ވެއްޖެ އެވެ.
ސިޓީގެ ކޯޗާއި އެ ޓީމުގެ ކުޅުންތެރިން ރުޅި އައީ މެޗުގެ އިތުރު ވަގުތުގައި ޖެކް ގްރިލީޝް އަށް ލިބުނު ހުޅުވިފައި އޮތް ފުރުސަތެއް، ރެފްރީ ޕްލޭ އޮން އަށް ދޫކޮށްނުލައި ހުއްޓުވުމުންނެވެ.
ހާލަންޑަށް ކުރި ފައުލަކާ ގުޅިގެން ހޫޕަރު ކުޅުން މެދުކަނޑާލީ ނޯވޭގެ ފޯވާޑް ދިން ޕާހަކުން ސްޕާސްގެ ޑިފެންސްގެ ފަހަތައް ޖައްސާލަފައި ގްރީލީޝް ބޯޅަ ހިފައިގެން ހުސްކޮށް ދަނިކޮށެވެ.
ރުޅިއައިސްގެން ސިޓީގެ ކުޅުންތެރިން ރެފްރީ ވަށާލައި ހިތްހަމަނުޖެހުން ފާޅު ކުރި އެވެ. – މިއީ އިނގިރޭސި އެފްއޭ ޑިސިޕްލިނަރީ ފިޔަވަޅެއް ސިޓީ އަށް ކުރިމަތިވެދާނެ ކަމެކެވެ. ގާޑިއޯލާ ވަނީ ހަތަރު ވަނަ އޮފިޝަލް ކައިރިއަށް ގޮސް ޝަކުވާކޮށްފަ އެވެ. ހޫޕަރ ފަހު ކަށިގަނޑު ފުމުމުން، ހާލަންޑް ދަނޑުން ފައިބައިގެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެގެންނެވެ.
ރެފްރީގެ ނިންމުމާ ބެހޭގޮތުން ސުވާލު ކުރުމުން ގާޑިއޯލާ އެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއް ނުވި އެވެ.
"ދެން އޮތް ސުވާލެއް" ގާޑިއޯލާ ބުންޏެވެ.
"މިކަލް އާޓެޓާ ކުރި ގޮތަށް ކޮމެންޓެއް ނުކުރާނަން. ... ރެފްރީ ކަށިގަނޑު ފުންމާލަން ނިންމީ ކުޅުން ކުރިއަށް ގެންދާން އޭނާ ބުނމަށް ފަހު. އެ ޕާސް ދިން ފަހުން އޭނާ ކަށިގަނޑު ފުމުނީ އެހެންވީމަ އަހަންނަށް މިކަން ނުވިސްނެނީ."
ރެފްރީއާ ދިމާލަށް ހާލަންޑްގޮސް ޝަކުވާ ކުރުމުން، އެކަމާ ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، ގާޑިއޯލާ ބުނީ އެއީ އާދައިގެ ކަމެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑް މާޔޫސްވެފައި ހުރީ އަނެއް 10 ކުޅުންތެރިންގެ ވެސް ފަރާތުން ކަމަށެވެ.
"އެންމެން ތިބީ ހިތްހަމަނުޖެހިފަ. މިއަދުގެ ރެފްރީ - އޭނާ ވެސް މެންޗެސްޓާ ސިޓީ އަށް ކުޅެން ހުރިނަމަ އޭނާ ވެސް ހިތްހަމަނުޖެހޭނެކަން އަހަންނަށް ޔަގީން."
އެކަމަކު މެޗުން މޮޅުނުވެވުނީ ރެފްރީގެ އެ ނިންމުމާ ހެދި ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަންނަށް ގޯސް ހެދޭ، ކުޅުންތެރިންނަށް ގޯސް ހެދޭ. އަހަރެން ބޭނުމެއް ނޫން އޭނާ [ރެފްރީ] އަށް ފާޑުކިޔާކަށް. ޓަޗްލައިންގައި ބައެއް ފަހަރު އަހަރެނަށް ކޮންޓްރޯލް ގެއްލުނީ."
މެޗުގައި ފުރަތަމަ ލީޑް ނެގީ ޓޮޓެންހަމްއިންނެވެ. އެ ޓީމުން ސަން ހިންގް މިން ހަ ވަނަ މިނެޓްގައި ލަނޑުޖަހައި ދިނުމަށް ފަހު، އޭގެ ތިން މިނެޓް ފަހުން ސިޓީ އަށް ނަތީޖާ ހަމަހަމަ ވީ ވެސް އޭނާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފުގައި ފިލް ފޯޑެން ސިޓީ އަށް ލީޑް ނަގައިދިނެވެ.
ދެވަނަ ހާފުގައި ޖިއޮވާނީ ލޮސްލޯ ނަތީޖާ ހަމަހަމަކޮށްދނެވެ. އެކަމަކު ޖެކް ގްރިލީޝް ސިޓީ އަށް ލީޑް ނަގައިދިނެވެ. ޓޮޓެންހަމްއިން މެޗުގެ 90 ވަނަ މިނެޓްގައި ޑެޔާން ކުލުސެވްސްކީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރުމުން ގާޑިއޯލާ މާޔޫސްވެގެން ބިންމައްޗަށް ވެއްޓިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
04 December 2023
އެމެޗްބެލި ކޮންމެމީހަކަށްވެސް އިގޭނެ ރެފްރީގެ ނިންމުންތައް ދިޔައީ އެންމެރަނޅަށް ނޫންކަން. ފަހުވަގުތު ސިޓީގެ ހާލަންޑަށް ކުރިފައުލް އެޑްވަންޓޭޖަކަށް ދޫކޮށްލާފަ ސިޓީއަށް ހުސްކޮށް ގޯލްޖަހަން ލިބުނީމަ ފައުލްްއެއްކަމަށް ނިންމުމަކީ ސިޓީމޮޅުވީ ނުދޭން ކުރިކަމެއް. އާސެނަލް 1 ވަނާގައި އޮތުމަކީ މަމެން ސިޓީގެ ސަޕޯޓަރުން ހާސްވާކަމެއްނޫން. ފަޅޯގަހުކުރިން އެލެފެންޓްވެއްޓޭނެ ލީގުގެ ފަހިކޮޅަށްދާއިރު. އެހެޔޮ ދަނގަޑުން ކައްތިރިޖަހައިން ހިފަހައްޓނައުޅުނަސް.
ރަދީފްއޮފިޝަލް
04 December 2023
ކަލޭ އެބައުޅެން ދޯ.
ލުލު
05 December 2023
ރެފުރީގެ ނިންމުން ހަމަ ބަރާބަރު
މެސީ1
06 December 2023
ރެފުރީގެ އެ ނިންމުން ބަލައެއް ނުގަނެވޭ،
ރަދީފްއޮފިޝަލް
04 December 2023
ބޮޓްލާސް.
ނުވާނެ
04 December 2023
ކަލޭ ކިތަންމެ ވަރަކަށަ ފުމުނަސް އާސެނަލަކަށް ލީގުނުލިބޭނެ....