ހައި ކޯޓް: ފެނަކައިގެ ދަރަނީގެ ތަފްސީލުތައް ހާމަކުރަން އެންގީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
04 ޑިސެމްބަރ 2023 - 13:04
ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް އެ ނިންމުން ފެނަކައިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ފެނަކައިން ބުންޏަސް، އެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ މައުލޫމާތު އާންމު ކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފް ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކައިިގެ ދަރަނީގެ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމް
04 December 2023
ތި މައުލޫމާތު ހާމަކޮށްގެން ފެނަކައަށް ނުވަތަ އެހެން ކުންފުންޏަކަށްވެސް ވާނެ ގެއްލުމެއް ނެތް. ގެއްލުމެއް ވިއްޔާ ވާނީ ކޮރަޕްކޮށް ވިޔަފާރި ހިންގާފައިވާ ފެނަކައިގެ ވެރިންނަށް
ެަައޮނަރަބްލް މުހައްމަދު އަމީން
04 December 2023
ކ ހުރާގައިވެސް 12ފޫޓް 12ފޫޓް ކުޑަ އޮފީހެއްގައި 2 އިންޖީނު ހިންގަން ވެސް 52 މުވައްޒަފުން. މިއޮތީވާ ޤައުމެއް.
ކަންޖާ.
04 December 2023
ތ.ދިޔަމިގިލީގައި ތިބި އަދަދެއްވެސް ނޭގޭ ވަރަށް މުވައްޒިފުން އެބަތިބި.
ޔާޝް
04 December 2023
އަޅުގަނޑުމެން ވޯޓްދިން މީހުންނަށް މަލާމާތަކަށްތޯ އަބްދުއްރަހީމްގެ ދަރިއާއި ފެނަކައަށް މުއާޒާއި އެގްރޯއަށް ހެރިންސް އަހްމަދު ލައްވައިގެން މިއުޅެނީ! ތާޢީދު ކުރުމުގެ ބަދަލެއްގެ ގޮތުން ސަރުކާރުގެ ނާޒްކު ވުޒާރާތަކާއި ކުންފުނިތައް ދިނުމުގެ ނަތިޖާއަކަށްވާނީ ސަރުކާރު ބަދުނާމުވުމެވެ. މިދެންނެވި މީހުން މިމީހުންގެ ބުއްދިއަށް ތަންތަން ހިންގަން ދިމާކޮށްފިނަމަ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރުއަރުން ނޫން ކަމެއް ނުވާނެއެވެ.
ރަޝްފް
04 December 2023
ތިޔަހެން ކުރީ ސަރުކާރުން ފެނަކައިގެ ދަރަނި އޮތޭ ކިޔައިގެން 5 އަހަރު ވަންދެން އެކި ސިޔާސީ މުނާސަބަތުގައި އެކި ވާހަކަ ދައްކަމުން ދިޔައެވެ. މިހާރު ދެން މިސަރުކާރުން ވެސް ދައްކާނީ ކުރީގެ ސަރުކާރުގެ ވާހަކައެވެ. ވެރިކަން ދިނީ ތަންތަނަށް ޤާބިލު މީހުން ލައްވައިގެން ތަންތަން ރަނގަޅު ކުރާށެވެ. މިހާރު ހުރި މިހާ ފެނަކަ ހިންގަން އުޅުމުގެ ބަދަލުގައި އެތާތިބި ކަނޑާލަން ޖެހޭ ގިނަ މުއައްޒަފުން ތަކެއްގެ ކުށުގެ ރެކޯޑް ސާފްކުރާ ނަމުގައި ހެޑްލައިން ހަދަނީއެވެ.
ދޮނަޅަ
04 December 2023
ކުންފުނިތަކުން އެކިފަރާތްތަަކަށް ދައްކަންޖެހިފައިވާ ފައިސާގެ އަދަދުތަކާއި ކޮންކަމަކާގުޅިގެން ދައްކަންޖެހިފައިވާ ފައިސައެއްކަމާއި ފައިސާ ދަންކަންޖެހިފައިވާ ތަންތަން އެހާ ތަފްސީލްކޮށް އާންމު ކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގެ ވިޔަފާރި ކުންފުނިތަކުން ކޮށްއުޅޭ ކަމެއްހެން ހިޔެއް ނުވޭ. އެހެނެއް ނޫން ދަރަނީގެ ޖުމްލަ އަދަދުތައް ހާމަކޮށްއުޅޭ.
ޕީއެންސީ ސަޕޯޓަރެއް
04 December 2023
ފެނަކައަށް މިވެއްދި ކުޅޭކުޅޭ އެމްޑީއަކީ ފެނަކައިގެ ދަރަނި ދައްކޭނެ، ހެޔޮބަދަލު ގެނެވޭނެ ފަދަ ތަޖްރިބާއާއި ޤާބިލުކަމެއް އަދި ފެނަކަ ސްޓެލްކޯ ފަދަ ޓެކްނިކަލް ކުންފުނިތަށް ހިންގަން އެނގޭނެ މީހެއްނޫނެވެ. ފެނަކައަށް މުއިއްޒު ރަނގަޅު ބަދަލެއް ގެންނަން ބޭނުންނަމަ ސްޓެލްކޯއިން މުއިއްޒަށް އިތުބާރު ކުރެވޭ މީހަކު ފެނަކައިގެ އެމްޑީ ކަމަށް ގެންނައިނަމަ ކިޔާނެ އެއްޗެއްނޯންނާނެއެވެ. ކެމްޕޭން ކޮށްދިނޭ ކިޔާފައި ހޮސްޕިޓަލުން ޑޮކްޓަރު ކަން ދިނީމައިވާނީ ބަދުނާމެވެ.
ރިތިކު ރޯޝަން
04 December 2023
ކީއްވެބާ ފެނަކައިގެ ކުރީގެ އިސްވެރިޔާ ހައްޔަރު ނުކުރެވިގެން ތިއުޅެނީ؟ ކުރީގެ ފިނޭންސް މިނިސްޓަރުވެސް ހައްޔަރުކުރަން ޖެހޭ
އޮނަރަބްލް އަފީފު ދީދީ
04 December 2023
ކުންފުނީގެ އެއްވެސް ހިދުމަތެއް އަދި ވިޔަފާރިއެއްނެތް ކ.އަތޮޅުމާލޭގައި ހެޑް އޮފީސް ހަދައި ކުންފުނީގެ އެންމެބޮޑު ވިޔަފާރިހިންގާ ދެކުނުގެ 4 އަތޮޅުގައިތިބި މުވައްޒިފުންގެމުސާރައަށް ހޭދަކުރާފައިސާއަށް ވުރެން ބޮޑުޙަރަދުކޮށް އެއްފަހަރާ އެންމެނަށް އޮފީހަށްނުވަދެވޭވަރަށް މާލޭގައިހުންނަ އޮފީހަކަށް މުވައްޒިފުންލައިގެން ތިރަށުގައި އޮފީސްހިންގަނީވެސް ވައްކަމާއިޙިޔާނާތަށް މަގުފަހިކުރަން. އެހެންވީމާ ޙުކުމްޖެހިޔަސް މިސަޤާފަތް ބަދަލުނުކޮށް ތިކަންކަން ނުހުއްޓޭނެ.