މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ

އައިޝްވާރިޔާ އާއި އަބީޝެކް.

05 ޑިސެމްބަރ 2023 - 06:39

15 comments

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވާން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ އަޑުތައް ގަދަވާން ފެށީ މިފަހުން ބޭއްވި ބައެއް އިވެންޓުތަކަށް ދެމަފިރިން އެކުގައި ނުދާތީ އެވެ. އެ ދެމަފިރިން އެކުގައި އިވެންޓުތަކުން ކުރިން ވަރަށް ގިނައިން ދެ އެވެ. މިހާރު އައިޝްވާރިޔާ އިވެންޓުތަކަށް ދަނީ އޭނާގެ ދަރިފުޅު އަރާދްޔާ ބައްޗަން ގޮވައިގެންނެވެ. އަދި އަބީޝޭކް ފެންނަނީ އެކަނި ގޮސް އުޅޭ ތަނެވެ.

މިދިޔަ މަހު އައިޝްވާރިޔާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ވެސް އަބީޝޭކް ބައިވެރިނުވާތީ އާއި ދުވަހުގެ ތަހުނިޔާ ވެސް ނުކިޔާތީ އެ ދެމީހުން ވަރިވާން ނިންމާފައިވާ ކަމަށް ބުނާ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ ޕާޓީ ބޭއްވީ ވެސް އައިޝްވާރިޔާގެ މައިންބަފައިންގެ ގޭގަ އެވެ. އަދި އެ ޕާޓީއަށް އަބީޝޭކްގެ އާއިލާގެ އެކަކު ވެސް ނުދެ އެވެ.

އައިޝްވާރިއާ އާއި އޭނާގެ ދަރިފުޅު.

ނަމަވެސް، އައިޝްވާރިޔާގެ ބަފައިބެ، ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ވަނީ އައިޝްވާރިޔާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ. އަދި އަމީތާބް ވަނީ އޭނާ ހޮސްޓުކުރާ ސޮނީ ޓީވީގެ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ"ގައި އާއި އެހެން ބައެއް އިވެންޓުތަކުގައި ވެސް އައިޝްވާރިޔާ އަށް ވަރަށް ތައުރީފު ކޮށްފަ އެވެ.

މިފަހުން ބޭއްވި އިވެންޓުތަކަށް އަބީޝޭކް ދިޔައިރު އޭނާގެ އަތުގައި އެމީހުންގެ އެންގޭޖްމަންޓް އަނގޮޓި ނެތުމުން ވެސް އެ އަޑުތައް ވަރަށް ގަދަވި އެވެ. ކުރިން ހުރިހާ އިވެންޓުކަކަށް ވެސް އަބީޝޭކް ދަނީ އެ އަނގޮޓި އަޅައިގެންނެވެ.

މި އަޑުތައް ގަދަވި ނަމަވެސް އައިޝްވާރިޔާ ވެސް އަދި އަބީޝޭކް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަމީތާބް، ޖަޔާ، އަބީޝެކް އަދި އައިޝްވާރިޔާ.

އައިޝްވާރިޔާ އާއި އަބީޝޭކްގެ ކައިވެންޏަށް މިހާރު 16 އަހަރު ވެއްޖެ އެވެ. އެ ދެމީހުންގެ ކައިވެންޏަށް 11 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެ އެވެ.

އެ ދެމީހުންގެ މެދުގައި ވަރަށް ގިނައިން މައްސަލަތައް ޖެހޭ ކަމަށް 2010 ވަނަ އަހަރު ވެސް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ބުނެފައިވެ އެވެ. އަދި އަބީޝޭކްގެ މަންމަ ޖަޔާ ބައްޗަން އާއި އޭނާގެ ދައްތަ ޝްވެތާ ބައްޗަން ވެސް، އައިޝްވާރިޔާ އަށް ވަރަށް ގޯސްކޮށް ހިތާ ކަމަށް ބުނާ އަޑުތައް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ދެކެވެ އެވެ.

15 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 27%
icon angry icon angry 0%
icon wow icon wow 18%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑިކީ

07 December 2023

އައިޝްވާރިޔާ ގެ ނަންބަރު ދޭށޭ ބުނީމަ ރައްޓެއްސެއް ފޮނުވީ ފާޑެއްގެ ތަމަޅަ ބަހުންވާހަކަ ދަށްކާ ސޮރެއްގެ ނަންބަރު،ކިޔާނުކިޔާ އެއް އެނގެނީ އެއްނޫން،ވެދާނެ އައިޝްވާރިޔާ ގެ މާމަ ކަމަށް އެއީ،ހިތްވަރު ދުލެއް ނުކުރާނަން،އަދި ހުއްޓާލާނީ އޭނަ ވިޔަސް،އޭނަ މާމަ ވިޔަސް،މަންމަ ވިޔަސް އިނދެފަ،މިދަނީ އިންޑިއާއަށް ސުހާގރާތ ސާމާނު ވެސް ހިފައިގެން،

The name is already taken The name is available. Register?

އައިސްވަރިވަނީ!

06 December 2023

މަށަށް ވެސް 50އ. އައިސްވެރިވަނީ އަސްވެސް 50. ދެން މަ އޯކޭ....................

The name is already taken The name is available. Register?

ގެދާނޯމޮސް

06 December 2023

މާރިތިވީމާ ޖަޔާކުޝަން ހަސަދަވަނީ އެވެ.

The name is already taken The name is available. Register?

ޤާސިމް އިބްރާހިމް

06 December 2023

ލެޓްސް މެރީ! އައި ލަވް ޔޫ!

The name is already taken The name is available. Register?

މަވޯޓާ

06 December 2023

މަ މިހުރީ ތިކަމާ. މަށަށް ބޭނުމީ ތިފަދަ ރީތި ކުއްޖެއް.

The name is already taken The name is available. Register?

ނިހާން ހަސަން މަނިކު

06 December 2023

އަޅުގަނޑާ އިންނަން ވީނުންތޯ؟ އަޅުގަނޑު ނުހަނު ބޭނުން އަޅުގަނޑު ދަރިންގެ މަންމައަކަށް ކަމަނާ ހަދަން.

The name is already taken The name is available. Register?

ެއޭޑަބުލިޔޫ

05 December 2023

މަމިކަމަކަށް އެދިއެދި ހުންނަތާ ކިހާދުވަހެއްމިވީ. އަވަހަށް ދެމީހުން އެންގޭޖުވަމާ ހިގާ.އައިލައުޔޫ އައިޝް.

The name is already taken The name is available. Register?

ސައްލޫބާއިފޭން

05 December 2023

ދެން ސައްލޫ ބާއިއާ އޭޝް ކައިވެނިކުރީމަ ރަނގަޅުވާނެ. އެކަން ކުރަން ލަސްވެސް ވެއްޖެ. އަބީޝެކު ހީކޮށްގެން ނުވާނެ އަހަރެމެންގެ ސައްލޫބާއި އަށް ދެރަދީފަ ތިހެން އުޅެވޭނެޔޭ. ރާވެރިއެއްގެ ދަރިއަކަށް ވެސް ހަތަރެތިން އެކަތި އޮންނާނެ! ވަޓް ގޯޒް އެރައުންޑް ކަމްސް އެރައުންޑް!

The name is already taken The name is available. Register?

ސައްލޫބާއީ

05 December 2023

އެހެން ނުވާނީ އަހަރެން އަބަދު މި ކުރާ ކަމަކީ އައިޝް ލިބޭތޯ ދުޢާ ކުރުން. އެންމެ ފަހުން އަހަންނަށް ކާމިޔާބު ވުމުގެ ކޮޅުމަތި ފެންނަން މިފެށީ

The name is already taken The name is available. Register?

ދުރުމި

05 December 2023

އޭނަ ގުޅި ރޭގަވެސް،އެކަމް ތިކަހަލަ ވާހަކަ އެއް ނުދަށްކާ،ވެދާނެ ސަޕްރައިޒް އެއް ދޭން ބޭނުން ވީކަމަށްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454