ހައުސިން މިނިސްޓަރު ޑރ. ހައިދަރު --
04 ޑިސެމްބަރ 2023 - 17:55
ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ކޮންމެ ފަހަރަކު މީހުން ހޮވުމުގެ ބަދަލުގައި، ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، އަމާޒަކީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެފަދަ ލިސްޓެއް އެކުލަވައިލުން ކަމަށެވެ.
އެ ލިސްޓު އެކުލަވައިލުމަށް ފަހު، އެ ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، ބަދަލުކުރަމުން ގެންދާނެ ކަމަށާއި ބޯހިޔާވަހިކަމަށް އިސްކަން ދިނުމުގައި ބަލާނީ "ވެއިޓިން ލިސްޓް" އަށް ކަމަށް ހައިދަރު ވިދާޅުވި އެވެ.
އޭރުން ކޮންމެ ފަހަރަކު މަޝްރޫއަށް އިއުލާނުކޮށްފައި، ޕޯޓަލެއް ހަދައިގެން ޕޮއިންޓު ދިނުމަށް ވުރެ އެ މަސައްކަތް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އޭރުން ދަނެގަނެވޭނެ] ކޮބައިކަން ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދައިދޭންވީ ބަޔަކީ. [އެ ބަޔަކު] އައިޑެންޓިފައި ކޮށްގެން ލިބޭނެ ގޮތަކަށް ހަމަޖައްސަން،" ލިސްޓާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
މި މަސައްކަތް ކުރިއަށް ގެންދާ ވަރަކުން އިތުރު ތަފުސީލުތައް ހާމަކުރައްވާނެ ކަން އޭނާ ވިދާޅުވި އެވެ.
ހައިދަރު މިއަދު ވެސް ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިން ކަމަށެވެ. އެ ލިސްޓު ރީއިވެލުއޭޓު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އެ އަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ތަ؟
05 December 2023
މީހުން ކުރާ ހުރިހާ ކަމެއް ގޯސްވެފަ ތިމާ ކުރާ ކަންތަށްތަށް އެކަނި ރަނަގަޅު ވާނަމަ އެއީ ޑިސްއޯޑަރ އެއް. ކައުންސިލިން ހޯދަން ޖެހޭނެ، މިވަރު މީހުން ކިހިނެއް ގައުމު ހިންގަނީ؟
ކާކު ހަމައީ
06 December 2023
އިބޫ ސަރުކާރުގަ ތިކަން އެންމެ ބޮޑީ. އަބަދު ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔާލަ ކިޔާލަ ތިބީ. ކައުންސެލިންގ ހޯދަންޖެހޭވަރުގެ ޑިސްއޯޑަރއެއް އެންމެ ބޮޑަށް އޮތީ އެ ސަރުކާރުގައި. އެކަން އަމިއްލައަށް އެނގިގެން އެކަމަށް ކްލިނިކެއްވެސް ހުޅުވަދިން.
އެސް ޒެޑް
05 December 2023
ތިއީ މިހާރުވެސް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ބޭނުންކޮށް ފެއިލްވެފައިވާ އުޞޫލެއް
އަލީބެ
05 December 2023
ކޮންމެ ވެރިކަމެއްގަ ތަފާތު އުސޫލުތައް ހަދައި އެއްބަޔަކު އަބަދުވެސް ބާކީ ވަމުންދަނީ. ދަރިންލިބި ދަރިން ބޮޑާތިވެ މާކްސް ގެއްލޭއިރު ފުލެޓެއް ނުލިބޭ. ކޮންމެ އުސޫލެއް ހެދިޔަސް އުމުރުން ދުރަސްވެ ފުލެޓް ނުލިބި ތިބި މީހުންނަށް އިސްކަން ނުދެވޭނަމަ ތިއުސޫލުގެ ބޭނުމެއްނެތް.
؛ލިސްަޓް
05 December 2023
އަބަދުވެސް އަންނަނީ ލިސްޓެއް. ގެދޮރެއް އައި ކަމަކަށް ނުވޭ
ގުބޯހޮޅި
05 December 2023
މީވަރައްމަޖާ ގޮތަކަށް ދިރިއުޅުނުގެ ހާލަތު ބަލާ ގައުމެއް މީސްމީހުންގެ ގޭގަ ދިރިއުޅޭތީއެގެ ބަލާފަމި ޕޮއިންދެނީ އެގެއަކީ އަހަރުމެންގެ ތަނެއްތަ؟މިޔަދު ނުކުން ނާށޭ ބުންޏަސް ނުކުން ނަން ޖެހޭނީ ދެންގޮސް މިޖެހެނީ އެހެން ތަނެއް ލިބޭތޯ ގަނަތެޅެން ދެންލިބޭ ތަނަކީ ރީތިކޮށް ހަދާފަ ހުރިގެ ކަމައް ވެސްވެދާނެ ގެވިރުމީހާ ބުނާނެ 90000 ދެންޖެހޭނީ އެބުނާ އަގައް އެއްބަސްވާް.އަންނާނެ ބަލަންއައިސް ބުނާނެ ކަލޭ ތިދިރިއުޅެނީ ގަނޑުވަރުގައޭ ސަރުތެއް ހަމައެއް ނުވެޔޭ ސަޅއެއްނު
ވަހީދުބެ
05 December 2023
މިއީ މާލޭ ގަބީލާ އަށްޓަކާ ކަންކުރާ ގައުމެއް. މިގައުމުގެ އެއްވަނަ ދަރަޖައިގެ ރައްޔިތުންނަކީ އެއީ. ހައްލަކީ ކޮންމެ އަތޮޅެއް ވަކި ސްޓޭޓަކަށް ހެދުން. ބާރުތަކޭ ކިޔާގެން ރަށުން އައިޑީކާޑު ހެދިޔަސް ކަމުނުދާނެ. މިއަންނަނީ އިންތިހާބު ރައްޔިތުންނަށް ހަމަހަމަ ދިރިއުޅުމެއް ހޯދައިނުދެވޭ ޕާޓީތަކަށް ވޯޓު ނުދޭށެވެ.
ކަނީދުބެ
06 December 2023
ވަހީދުބެމެން މާލޭ ގަބީލާއޭ ނުކިޔައި ބަލާބަލަ މި މާލޭގަ ވެރިވަގެނެގެން ވަކި ހިތްޕައިގެން އުޅޭ ރަށްރަށުގެ މީހުން މަދުތޯ. މާލެ މީހުންނާ އިނދެގެން ގޯތިން ތަންކޮޅެއް ލިބޭތޯ ކިތައް މީހުން އުޅެގެން ތަން ހޯދާފަ ހުރިތޯ. މާލެ މީހުންގެ އެކަންޏެއް ނޫން މައްސަލަ އުޅެނީ. ތި ޒާތުގެ ހުރިހާ މައްސަލަތައް ފެށުނީވެސް ރަށްރަށު މީހުން މާލެ އަރައި މާލެ މީހުންނާމެދު ހަސަދަލައި މާލެއިން ތަން ހޯދަން އުޅެން ފެށުމުން. ރަށްރަށުގަވެސް ދަހިވެތި މީހުން އެހާ ގިނަ.
އަންދަލުސިޔާ
05 December 2023
ތަރުޖަމާ: މިފަހަރު ލިސްޓް ވެސް އޮޅާލާނަން. ގޯސްކޮށް ދީފަ ހުއްޓަސް މަމެންގެ މީހުން ތިބޭނެ. ދެން ހަދާނީ މަމެންގެ އަމިއްލަ ލިސްޓެއް!
ފަޒުލާ
05 December 2023
ނުހައްގުން ދީފަތިބި މީހުންގެ އަތުން ތި ފްލެޓްތައް ނަގަންވީ. މިހާރު މި ވެއިޓިންގް ލިސްޓް ތައާރަފް ކުރުމުން ހައްގުވެރިންނަށް ފްލެޓް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ.
ފަރީދާއްތަ
05 December 2023
ކޮންމެ ލިސްޓެއް ހެދިޔަސް ފޮނިކޮޅު ލިބޭނީ ވަކިބަޔަކަށް. މިހާރު ލިބޭނީ މުއިއްޒު ބޭނުންބަޔަކަށް. މުއިއްޒު ވެރިކަމަށް އައީމަ އެއްބަޔަކަށް ހެވެނީ ކޮންމެހެން މާރިވެތި ވެރިކަމެއް ކޮށްފާނެތީއެއްނޫން. ތިމާމެނަށް ގަވާއިދާ ޚިލާފަށް ލިބިދާނެ އެއްޗަކާމެދު.
ފޫހި
05 December 2023
ރައީސް އޮފީހުގެ މީޑިއާ ޓީމަށް މަރުހަބާ. ކޮމެންޓް ލިޔަން ނާއިބު ފެންވަރުގެ އަންޑަރ ސެކްރެޓަރީން ތިބޭތީ ހާދަ ގިނަ ކޮމެންޓެއް އެބަލިޔެއޭދޯ
ސިމްރީން
05 December 2023
އަޅުގަނޑަށް މުއިއްްޒް މެން ދިން ފްލެޓް އަތުލީ އިބޫ.
ތިލްމީޒާ މުހައްމަދު
05 December 2023
ފްލެޓް އިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެނީ ރައީސް މުއިއްްޒް. ޝައްކު ނުކުރޭ