ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

ކުރީގެ ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއަކަށް ހުންނެވި، ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ).

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެ ބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް އޮފީހުގައި ހިދުމަތް ކުރެއްވި ފާތޭ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ. ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވެސް ބޭބޭފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މިރޭ "މިހާރު" އަށް ވިދާޅުވީ، އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ފާތޭ ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވީ މައުމޫންގެ އަރިހުގަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާ އެކު، މިދިޔަ މަހުގެ 17 ގައި ފާތޭ ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފަ އެވެ.

ފާތޭ، ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 37 އަހަރު ކުރިން، ފެބްރުއަރީ 1986 ގަ އެވެ.

38 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 15%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނެއްކާ

06 December 2023

އަންނަ މަޖްލިހަށް އެމްޑީޕީ މެޖޯރިޓީ ގެއްލިއްޖެނަމަ ދެން ކިހިނެތްބާ ހަދާނީ؟

The name is already taken The name is available. Register?

ތޭރި

05 December 2023

މިހާރު ކޮބާތަ ރުޤީ އަދިވެސް މަޖިލީހުގެ ވަޒީފާގަތޯ. ރުޤިއްޔާގެ ބަދަލުގަ ފާތޭ ލުން ރަގަޅު ރުޤީ ހުއްޓާ އަނެއްކާ މަށްޗަށް ފާތޭ ލުމުގެ ބޭނުމެއްނެތް. މަޖިލީހުގެ މަސައްކަތް އެހާވަރަކަށް އިތުރުވެގެނެއް ނުދޭ.

The name is already taken The name is available. Register?

އަންދަލޫސިޔާ

05 December 2023

ރައީސް އޮފީހުގެ އެކިއެކި ލެވެލްތަކުގައި ވެތުވެދިޔަ 30 އަހަރު މަސައްކަތްކުރެއްވި އެކިއެކި މުވައްޒަފުންގެ ތައުރީފް ފާތޭއަށް އޮވޭ. ފާތޭ އަކީ ޤައުމަށް ވަފާތެރި ކަނބަލެއް. ނަމޫނާ މުވައްޒަފެއް. ނަމޫނާ ދިވެހި ދަރިއެއް. ވަކި މީހަކަށް ވަފާތެރިވުމުގެ ބަދަލުގައި އަބަދުވެސް ޤައުމު އިސްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އަންގަވާ ކަންތައްތައް ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިގައި ހިންގަވާ، އެ ތަރަހަ ރައީސުންނަށް ވެސް ޕްރޮޓޮކޯލްގެ ތެރެއިން އިޚްލާޞްތެރިކޮށް އަންގަވާ!

The name is already taken The name is available. Register?

ހަމަތެދު

05 December 2023

ފާތީ އަށް މިހާރު މަސައްކަތް ކުރެވިއްޖެ ދެން ޒުވާނަކަށް ފުރުސަތުދީ ގޭގައި އަރާމު ކުރިއްޔާމާރަކަޅު!

The name is already taken The name is available. Register?

ފޫހި

05 December 2023

ހަމަ ތެދުމެންނަށް ދުނިޔެ ދަހެއްނުވޭ. ސިއްހަތު ރަނގަޅިއްޔާ ވަޒީފާ އަދާކުރުމަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބާރުއަޅާ. މިގައުމުގައި ދުލުކުރީގައިވަނީ ޒުވާނުން. ޒުވާނުންފުރަތަމަ ފިޔަވަޅު އަޅަންވާނީ ދުނިޔެވީ ތަޖްރިބާ ހުރިމީހުންގެ ފަހަތުން. މިރިނުވެ ގަބުޅި ކާށިވާން އުޅުނީމަ އެ ވާނީ އެކޮޅުކޮޅުން. ފާތޭ ގެއަށްނުދިޔަޔަސް ޒުވާނުން އަދާކުރާނެ ވަޒީފާ ތައް ބައިވަރު. ވަޒީފާ ނެތިގެނެއްނޫން ކަންނެތްކަމުން މަގުމަތީ ތިބެނީ./

The name is already taken The name is available. Register?

ޖާނު.

05 December 2023

ފޫހި ހަމަތެދު ގެ ކޮމެންޓަށް ރައްދުދިނީ އަސްލަށްވެސް ވަރަށް ފޫހި ގޮތަކަށް. ބަލަގަ ނިކަން ރަނގަޅަށް ހަމަތެދުގެ ކޮމެނޓް ކިޔާލަބަލަ. ތިދައްކާ ވާހަކަ އަކާއި ކޮނެމްޓަށް ރައްދުދޭން ދެއްކި ވާހަކަ ތަކާއި ދިމަލެއްނުވޭ.

The name is already taken The name is available. Register?

ތެދެއްނޫން

06 December 2023

ހަމަތެދަށް ނޭނގޭ އެއްޗަކީ ތަޖުރިބާއަކީ ޒުވާންކަމަށްވުރެ އަދި ބައެއްފަހަރު މަތީ ތައުލީމަށްވުރެވެސް ބައެއް ފަހަރު މާ އަގުބޮޑު އެއްޗެއްކަން. ކިޔަވައިގެން އަންނަ ކުއްޖާއަށް ހިންގާލަން ނޭނގިދާނެ. އެކަމު ތަޖުރިބާހުރި މީހާއަށް ކަން ކުރާނެ ގޮތް އެނގޭނެ. ތަޖުރިބާއަކީ އެތަކެއް ބައިވަރު ހާލަތްތަކުގަ ނިންމަންޖެހުނު ނިންމުންތަކުން ނިކުތް ނަތީޖާތަކުން ލިބޭ އެއްޗެއް. އެއްވެސް ތަނަކުން ކިޔަވައިގެން އެފަދަ ފިލާވަޅުތަކެއް ނުހޯދޭނެ.

The name is already taken The name is available. Register?

ހަރާމްޖާދާ

05 December 2023

ޕާޓީ ނިޒާމުގައި މިރާއްޖޭގައި ހަރުދަނާ ވެރިކަމެއް ނުކުރެވޭނެ. އެއީ ޕާޓީގައި މަގުމަތީގައި ކަންކަމަތީގައި ތިބޭ ކުދިންކޮޅެއް ސަރުކާރު ހިންގުމުގެ ތެރެއަށް ވަދެ ކުރާ ކަންކަމުން އެ ސަރުކާރެއްގެ އަގު ވެއްޓި ވެއްޔާ މޮޑޭނެތީ. އޭގެ ތެރޭގައި ކޮންމެވެސް ގޮތަކުން ކަރުދާސްކޮޅެއް ހޯދާފައި ނެތް ކުއްޖެއް މަދުވާނެ. ގޭންގަކަށް ނިސްބަތްވުމަކީ ފަޚުރަކަށްވާނެ. ފިސާރި ވަރުގަދަ އަނގައެއް އޮންނާނެ. އަދަބާއި އަޚުލާޤާއި ގޮތާއި ފޮތާއި ދަންނަ މީހުން ވަރަށް މަދުވާނެ.

The name is already taken The name is available. Register?

ބޮގޭ

05 December 2023

ފާތޭގެ އެންމެ ޚާއްޞަ ކަމަކީ ސިއްރު ހިފެހެއްޓެވުމުގައި އިޚްލާޞްތެރިވެ ވަޑައިގެންނެވުމެވެ. 2018ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވެސް ފާތޭ ހުންނެވީ ސާބިތުކަމާއެކު އިޚްލާސްތެރި މުވައްޒަފެއްގެ ގޮތުގައެވެ. ތިޔައީ ވަފާތެރި ކަމާއި އިންޓެގްރިޓީގެ ރީތި މިސާލެކެވެ. ފިސާރި ކަނބަލެކެވެ.

The name is already taken The name is available. Register?

މަރިން

05 December 2023

މަރުހަބާ! ބާއްޖެވެރި އުފާވެރި ދުވަހަކަށް އެދެން.

The name is already taken The name is available. Register?

ފާތުން އިއްބެ

05 December 2023

37 އަހަރު އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ވިޔަސް މިހާރު ކޮންމެ ރައީސަކު އަންނައިރު އެތާ ހުންނާކަށް ނުޖެހޭ. އެހެންނޫނީ ތަޖުރިބާއާއި ތައުލީމުގެ ގޮތުން 30އަހަރު ވެރިކަން ކުރި ރައީސް މައުމޫންތާ އަދިވެސް އެއޮފީހުގައި ބަހައްޓަންޖެހޭނީ. ޒުވާނުން ތަމްރީންކޮށް ކިޔަވައިގެން ތިބި މީހުންނަށް ފުރުސަތު ދޭންޖެހޭ.

The name is already taken The name is available. Register?

އެދުރުބޭބެ

05 December 2023

އެހެންވެ ނޫންތޯ އިއްޔެ ހެނދުނު ކުރާ ކަންތައް މިއަދު ހެނދުނު އަލުން އެހެން ގޮތަކަށް ކުރަމުން އެގެންދަނީ. ކައިރީގައި ލާފާދޭން ތިކަން ތިހެން ނޫނޭ މިހެންނޭ ކުރަންޖެހޭނީ ބުނަން ތަޖުރިބާކާރު ބޭބޭފުޅުން ތިބުމަކީ ވަރަށް ވެސް މުހިންމުކަމެއް.

The name is already taken The name is available. Register?

ކަރަންކާ

05 December 2023

ފާތޭއަށް ރައީސު އޮފީހުން އަލުން ވަޒީފާދޭން ނުވަތަ މީހުން ތަމްރީނުކުރަން ބަހައްޓަން ފެނޭ. ނުވަތަ ފާތޭގެ ލަފާ ހޯދަން ފެނޭ. ފާތޭއަކީ ތަޖުރިބާ ހުރި 37 އަހަރު އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް. މިހާރު ރައީސް އޮފީސް އެ އޮތީ ވަރަށް ވެސް ދަށަށް ވެއްޓިފައި.

The name is already taken The name is available. Register?

އައްބެ

05 December 2023

އެހެންވިއްޔާ މައުމޫން އެއޮފީހުގައި ބަހައްޓަން އެބަޖެހޭ ރައީސުން ތަމްރީނުކުރަން. އެއީ ރައީސްކަންކުރެއްވުމުގެ 30 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް.

The name is already taken The name is available. Register?

ޓިކްޓޮކް ރައީސްއޮފީސް

05 December 2023

ޓިކްޓޮކް ރައީސްއޮފީސް ތެރޭގައި ޓިކްޓޮކް ކުޅެންވެސް ފަށަފައި، އޮޓަރުހުރި ހިންގާލެވޭނެ ފާރަތްތައް އެއްފަރާތްވީމާ މިކަހަލަ ނުކިއްސަރު ކަންކަންވާނެ

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން މަނިކު

05 December 2023

ޒަމާން ބަދަލު ވެއްޖެއެވެ. މިޒަމާނަކީ ހަމަ އެކަނި ތަޖުރިބާ އަށް ބަލާ ޒަމާނެއް ނޫނެވެ. ވެރިކަން ވެއްޓުނީ ވެސް ތަޢުލީމެއް ނެތް މީހުނަށް މަތީ މަޤާމު ތައް ދިނުން ފަދަ ކަންކަން ކުރީމައެވެ. ހޭ އަރާނީ ކޮން އިރަކުން ބާއެވެ؟

The name is already taken The name is available. Register?

އާޝޯހު

05 December 2023

ތިޔަ ވިދާޅުވި ބަހަށް ބާރު ލިބެނީ ފަތުރުވެރިކަމުގެ ވަޒީރާއި ހަމައިން

The name is already taken The name is available. Register?

ވޯލް

05 December 2023

ފަތޭ އަކީ ތައުލީމީ ބޭކަންބަލެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454