މީގެ ތިން މަސް ކުރިން ކިޔަވައިދޭން ފެށި އެތަނުގެ ހުރިހާ ދޮރެއްގެ ވެސް ބިއްލޫރި ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި.
ދަރުމަވަންތަ ސްކޫލުގައި ހަރުކޮށްފައި ހުރި ބިއްލޫރިތަކެއް ތަޅައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ޑިސެމްބަރ 2023 - 12:01
އަލަށް އިމާރާތްކޮށް މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ ކުދިންނާއި ޓީޗަރުންނަށް ނުރައްކާ އޮތުމުން ބަދަލުކުރަން ޖެހިއްޖެ އެވެ.
މީގެ ތިން މަސްކުރިން ދަރިވަރުން ކިޔަވަން ފެށި ސްކޫލަށް އިއްޔެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދިރާސީ އާ އަހަރު ބޭނުންކުރަން ފެށި އާ ސްކޫލުގެ ދޮރުތަކުގައި ހުރީ ފަސް މިލި މީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށެވެ.
ހައެއްކަ ފޫޓު އުސް އަދި ދެ ފޫޓު ބިއްލޫރި ހުރި ކަމަށާއި މިހާރު ވެސް ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރީ ދުވަހަކު ވެސް އަޅުގަނޑު އައިން މި ސްކޫލަށް. ތިރީހަކާ ގާތްކުރާ ވަރަކަށް ޝެޓާ ވެފައި ހުރި ބިއްލޫރިތައް. އެއީ ކަންބޮޑުވުމެއް ބިއްލޫރިގަނޑެއް ވެއްޓިގެން ކުއްޖަކަށް އަނިޔާއެއް ވެދާނެ ކަމެއް ދިމާވުން." މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގައި ހަރުކޮށްފައި ހުރި ބިއްލޫރިތަކެއް ތަޅައިގެން ގޮސްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ފެބްރުއަރީ 4، 2020 ގައި ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތަށް މަސައްކަތް ނުނިމުމުން އެއްބަސްވުން އިތުރުކޮށް، އެ ކުންފުންޏަށް އިތުރު 20 މިލިއަން ރުފިޔާއާ އެކު، 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އޭރު ދީފަ އެވެ.
ދަރުމަވަންތަ ސްކޫލު އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކުންފުންޏާ އެކު ހެދި އެގްރިމެންޓުގައިވާ ގޮތުން، މަސައްކަތް ނިންމާތާ އެއް އަހަރުގެ ތެރޭގައި ތަނެއް ހަލާކުވެއްޖެ ނަމަ ނުވަތަ މަރާމާތެއް ކުރަން ޖެހޭނަމަ އެކަން ކުރާނީ އެސްޖޭއިންނެވެ.
މިނިސްޓަރު ވިދާޅުވީ ފިޔަވަހިތަކަށް ބަހާލައިގެން އެ ހުރިހާ ދޮރެއް ބަދަލުކުރާނެ ކަމަށެވެ. އެކަން ކުރަން ޖެހޭނީ ކޮންޓްރެކްޓަރެވެ.
ދެ ވަނަ ކަންބޮޑުވުމަކަށް މިނިސްޓަރު ފާހަގަކުރެއްވީ، ދެ ބްލޮކް ދޭތެރޭގައި ސްލައިޑްކުރާ އެލުމީނިއަމް ދޮރުތައް ބަހައްޓާފައި ހުރުމެވެ. އެކަމަކު، ކުދިން އޭގެ މައްޗަށް އަރައި ވެއްޓިދާނެ ކަމަށާއި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގެ ހާލަތު މިނިސްޓަރު އަދި އެ މިނިސްޓްރީގެ އިސްވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ބްލޮކެއްގެ ގޮތުގައި ކްލާސްރޫމްތައް ހެދުމަށް ފަހު އެ ދެ ތަން ގުޅުވާލާފައިވަނީ ބްރިޖަކުންނެވެ. މީގެ ކުރިން އެންމެންނަށް ވެސް ވިސްނުނީ އެ ބްރިޖަކީ ދަރިވަރުން ހިނގުމަށް ހަދާފައިވާ ތަނެއް ކަމަށެވެ.
އެކަމަކު، ޝަފީއު ވިދާޅުވީ، ވޯކްވޭ ބޭނުންކުރަން ހަމަޖައްސާފައިވަނީ އާޓް މަސައްކަތްތައް ނުވަތަ ގެލެރީއެއް ކަހަލަ ކަމަކަށެވެ. ނަމަވެސް، ގެލެރީއަކަށް ހަމަޖައްސައިފި ނަމަ ހަ ކްލާސްރޫމް ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.
އެއް ފަހަރާ ގިނަ ކުދިން އަދި އެހާ އަވަސް އަވަހަށް އެ ބްރިޖު ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެކަން ވެސް ސްކޫލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވަންތައިގެ ޓެކްނިކަލް ކުރެހުން ކޮންޓްރެކްޓަރާ ހަވާލުކުރިއިރު ބްރިޖު ހަރުކުރާނެ ގޮތެއް ބުނެފައެއް ނުވެ އެވެ. ބްރިޖު ހަރުކުރާނެ ގޮތް ކަނޑައެޅީ އޭގެ ފަހުންނެވެ.
ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ދަރުމަވަންތައިގެ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ޖެހިގެން އޮތް ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ.
އޭނާ ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޖަލު އެއްކޮށް ހުސްކޮށް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ހޯމް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށެވެ. އެ ހޯލު ހަވާލުކުރާ ދުވަހު ނޫން އަނެއް ދުވަހު އެ ތަން ސްކޫލާ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީނަމަ
06 December 2023
ސްކޫލް ފޮތްތަކުގެ ބޭރުގަ ސެލޯފޭން ލާ ގޮތަށް ބިއްލޫރިތަކުގެ ވަށައިގެން ސެލޯފޭން ނުލީމަ ވީ ގޮތް..
ޕިލާ
06 December 2023
މަތީ ހިސާބެއްގަ ތިބެފަ ހުރިހާ ކުދިން ފޮޓޯއެއް ނަގަން އެއްފަހަރާ މައްޗަށް ފުންމާލާފަ ބިމުގަ ފައިޖެހޭ ބާރު ތިޔަ ތަނުގެ ޝީޓްވެސް ނޭނގެ ބިންދައިގެން ނުދާނެކަމެއް. ތިޔަ ތަން އިމާރާތްކުރަމުން ދިއައިރު ތި ތަނުގެ ތަނބުތައް އަޅާފަ ހުރިލެއް ހިމަކަމުން ހަމަ ހައިރާންވެ އަންތަރީސްވެފަ ހުރީ. އެއީ މިހާރުގެ ކޮންސްޓްރަކްޝަން ކުރުން ހުންނަ ގޮތްބާވައޭ ހިތަށް އެރި.
ބައްރޭް
05 December 2023
ތިއައުޅޭ ސޯލިބޭ ހެދި ތަނެއްވިއްޔާ ތިނޫނވަރެއް ނުވޭ
ބައްރޭް
05 December 2023
ތިއައުޅޭ ސޯލިބޭ ހެދި ތަނެއްވިއްޔާ ތިނޫނވަރެއް ނުވޭ
ބިލްޑާ
05 December 2023
ހެޔޮނުވާނެ ތި އެސްޖޭ ކުންފުންޏަށް ސުކޫލްތައް އިމާރާތްކުރަން ނުދީބަލަ. އެންމެ ފުރަތަމަހެދި އަރަބިއްޔާ 5 އަހަރުވެސް ބޭނުމެއް ނުކުރެވޭ. މިހާރު ދަރުމަވަންތަވެސް އަހަރު ނުވެގެން އުޅެނިކޮށް މިއޮތީ މަރާމާތުކުރަން ޖެހިފަ
އަސްރަފަ
05 December 2023
އެސްޖޭ ތީ ހުރިހާ ސަރުކާރެއްފަވެސް ބަދަލު އަރާފަ އޮންނަ ބަޔެއް
ދަރުމަވަންތަ
05 December 2023
ދަރުމަވަންތައަށް 3މަސް، ބިއްލޫރި ތެޅޭތީ ބަދަލުކުރަނީ! 9 މަހާއި 10 ދުވަސް ވިނަމަވެސް ކިހާރަގަޅ
ބަރުބާދު
05 December 2023
ހޫ ދަ ހެލް އިޒް އެސްޖޭ ކޮންސްޓްރަކުޝަން ބޮޑުމީހާ؟ ހެޔޮނުވާނެނުން މީހާ ގަޅިކޮށް މަސައްކަތްކުރާ ބަޔަކަށް އެގިގެންތިބެ އަނެއްކާ ބޮޑުތަނެއް މަރާމާތުކުރަން ހާލުކުރަން. މިދައްކަނީ އެތަކެއް ކުދިންނެށް ދާ ސުކޫލެއްގެވާހަކަ. މީގެންވެސް އެގެނީ ސަރުކާރުން ތަންތަން ހަދަން މާބޮޑު މިންގަޑެއްވެސް ނޯންނަކަން ، ހިފަހައްޓާ ސްޓެންޑަޑެއްވެސް ނެތްކަން. އެކަމަކު އެގޭއެއްޗަކީ އިމާރާތުގެ ސަބަބުން ކުއްޖަކަށް ކަމެއްވެއްޖެއްޔާ އެއްވެސް ބެލެނެވެރިޔަކު މާފުނުކުރާނެ
ހެހެހެ
05 December 2023
ނޯ ވޮރީސް. ރިޓެންޝަން ފައިސާއިން ތިޔަކަން ހަމަޖައްސާލާނެ
ފުއްގިރި
05 December 2023
ކުރީގެ އަރަބިއްޔާއަށްވެސް ވީ 5 އަަހަރު ދެން ކުދިންކޮޅުވީ މަގުމަތި. 94 މިލިޔަން ޑަސްބިނަށްދޯހަމަ
އަމީރު (މިނިސްޓަރެއްނޫން)
05 December 2023
އިންޑިއާގެ އެފްކޯންސް އަކަށް ވުރެ ވަކި ދެރައެއް ނޫން. ޕްރެޖެއްޓެއް ނިމޭއިރު ދައުލަތް ދަރުވާލައި.
ސެލޯފޭން ޖަހާފަ
05 December 2023
އެމީހުން އެ ބުނަނީ މިނިސްތްރީ ފާސްކުރި ބިއްލުރިއޭ. ސުވާލަކީ، މިނިސްތްރީ އެކަން ކުރަންތިބީ އެކަމަށް ޤާބިލު ބައެއްތޯ. ތިިއީ ތާއަބަދު ބަރު ވެހިކަލް ދުއްވާ މަގެއްގަ ހުރިތަނެއް. އެކަމަށް ބެލިތޯ. ތިތާ އެހުރީ ވިލާ ކޮލެޖްވެސް. އެތަނުން "ޝެޓަރ" ނުވެ ތިތަނުން "ޝެޓަރ" ވަންޏާ ތިއީ ކޮލިޓީ މައްސަލައެއްދޯ. ފާސް ކުރުމުގެ ކުރިން އެތަންވެސް ބަލައިލިނަމަ ކޮން ކޮލިޓީއެއްތޯ ކަމުދާނީ. ކޮންޓްރެކްޓަރ ބޭނުންވާނީ ސެލޯފޭން ޖަހައިގެންވެސް ކަޓު ޖައްސަން. މިނިސްޓރީން ނުބެލީ
ވައްކަންކުރަން މޮޅު.
05 December 2023
އެސްޖޭ އަކުން ސެލޯފިނެއް ނުޖަހާނެ. އެސްޖޭ އަކީ މޮޅު ކުންފުންޏެއް.