ޕެޓިޝަން ކޮމިޓީގައި ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ޑިސެމްބަރ 2023 - 19:18
ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓްގައި އުސޫލުން ބޭރުން މިނިސްޓްރީން ޕޮއިންޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތުހުމަތު ކުރީ ޕޯޓަލްގެ އެކްސެސް ވެސް އެ ކޮމިޝަނަށް ނުދެނީސް ކަމަށް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އަކްރަމާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކުރި އެވެ.
އެ ކޮމިޓީގައި، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރެއްވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ނުލިބެނީސް ސިސްޓަމްގެ ތެރެއިން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރަނީ ކީއްވެގެންތޯ އެވެ.
އެންމެފަހުން ބޭއްވި މި ކޮމިޓީގެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދޭނީ ފަހުންނެވެ.
ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނަމަވެސް އަކްރަމް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ނުލިބެނީސް، ސިސްޓަމްގެ ތެރެއިން މާކްސް ބަދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަަނަށް ނުބުނެވޭނެ އެވެ.
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާރިފް މިއަދު ކޮމެޓީގައި ވިދާޅުވި ގޮތުގައި އޭސީސީ އަށް މިހާތަނަށް ފެންނަން އޮންނާނީ ޕޮއިންޓް ދިން ގޮތް ބަޔާންކޮށްފައިވާ ޕްރިންޓެޑް ޑޮކިއުމެންޓެކެވެ.
ގެދޮރުވެރިން ޕޯޓަލްގެ ޑޭޓާބޭސް ހުންނާނީ ޑީއެންއާރުގެ ޑޭޓާބޭސްއާ ގުޅިފައިކަން ފާހަގަ ކުރައްވައި، އަކްރަމް ވިދާޅުވީ ޕޮއިންޓް ދިނުމުގައި ބަދަލު އަތުވެދާނެ ކަންކަމުގެ ތެރޭގައި ދީފައި ހުރި މައުލޫމާތު ސައްހަ ނުވުން ހިމެނޭ ކަމަށެވެ.
"މިސާލަކަށް އެ މީހަކަށް ނުޖެހި ހުރެދާނެ 18 އަހަރުގެ ކުއްޖެއް ނެތް ކަމަށް. އެހެން ހުއްޓާ އަޅުގަނޑުމެންނަށް [ޑާޓާބޭސް އިން] ދައްކާ 18 އަހަރުގެ ކުދިން ތިބި ކަމަށް. އެހެންވީމަ އެގޮތަށް 18 އަހަރުވެފައި ތިބި ކުދިން ތިބިއްޔާ ޕޮއިންޓް މަދުވާނެ،" މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެ ބަދަލުތައް އަންނާނެ އިވެލުއޭޓް ކުރާ އިރުގައި. އޭސީސީން އެ ފާހަގަކުރި ފޯމަށް ބަދަލު ގެނެސްފައި އެބަހުއްޓޭ. އެކަމަކު އެއީ ބަދަލު ގެނެސްފައެއް ނޫން. އޭސީސީ އަށް އެހެން ވިދާޅުވެވިގެން ނުވާނެއޭ، އެ ބޭފުޅުންނަށް އަޅުގަނޑުމެން އަދި އެކްސެސްއެއް ނުދެމޭ."
އަކްރަމް ވިދާޅުވީ ޕޯޓަލްގެ ކަންކަން ކުރާ ޓެކްނިކަލް ބޭފުޅުން ގެނެސްގެން އޭސީސީ އަށް އެ ހުރިހާ މަސައްކަތެއް ކޮށްފައި ހުރި ގޮތް ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ. އޭސީސީން އޭރު ވަރަށް ހިތްހަމަޖެހިގެން އެ ވާހަކަ ދެއްކި ކަމަށާއި އެކަން ވެފައި އޮތްގޮތް ސާފުވެއްޖެ ކަމަށް ބުނި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"އިތުރަށް ވެސް އަޅުގަނޑުމެން ދެއްކީމަ ތިމަންނަމެންނަށް އެނގިއްޖޭ. އެހެންވީމަ ތީގަ މައްސަލައެއް ނެތޭ. އެ ބޭފުޅުން އޭރު އެތަނުގައި ތިއްބަވައިގެން ވާހަކަ ދެއްކެވި،" އަކްރަމް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން ކޮމިޓީ އަށް އެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނީ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކިޔަސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އަކްރަމް ވިދާޅުވެފައިވަނީ ފްލެޓަށް ޝަރުތު ހަމަވުމަށް، އެ މީހަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭ ނަމަ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަޓަޓާ
07 December 2023
ކޮމިޝަނުން ބުނީ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކިޔަސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ބަޑިތަކުރު
07 December 2023
އެކްސެސް ނުދިނަސް އެކަންކުރުވީ ބަޔަކު ލައްވާކަމަށްވަންޏާ އެބަޔަކު އެކަން ހާމަކޮށްފައި ވެދާނެއެވެ. އެހެންވިއްޔާ އެކަން އެނގޭނެތާއެވެ. އަމުދުން މާލޭގައި އުޅޭތާ 15 އަހަރު ވާންޖެހޭއިރު އެމީހާގެ ދިލަކޮޅު ފޯރިމީހަކު މާލޭގައި އުޅުނޭ ކިޔާފައި ޝަރުޠުހަމަވާނެގޮތެއް ކުރިން ހާމަކުރި މައުލޫމާތުގައި އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ހުސައިން
07 December 2023
" ޕޮއިންޓް ދިނުމުގައި ބަދަލު އަތުވެދާނެ ކަންކަމުގެ ތެރޭގައި ދީފައި ހުރި މައުލޫމާތު ސައްހަ ނުވުން ހިމެނޭ ކަމަށެވެ. " ސައްޙަ މަޢުލޫމާތު ދީގެން ލިބެންވާ 12 ޕޮއިންޓް ވަނީ އުނިވެފައި. މިހާރުވެސް ފޯރމް އިން ދައްކާ ކުއްޖަކަށް 12 ޕޮއިންޓް ލިބޭގޮތަށް އުސޫލުގައި އިނީ. ފޯރމްގައި އިނީ 'ޓިކް' ލާފައި. ލިބުނީ 0 ޕޮއިންޓް."ލިވިންގ" އޭރިއާ އަކީ"ސިޓިންގ ރޫމް" އެއްތަނަކަށް ކިޔާ ނަމެއްކަން ނޭނގުނީމަ އެއިން ޕޮއިންޓެއް ލިބޭގޮތެއްނުވި. ފރމތއ ހދއރ ޢއމކށ ބނނކރ ބސބނނކރ ނމ
ތޮރީގް
07 December 2023
އެމްޑީޕީ ބޮޑުންނަށް ބަހާލީ... ހުޅުމާލެ ފޭސް 3 ގެ ގޯތިތައް ބަހާލިހެން... ނިކަމެތި ރައްޔިތުންނަށް ލިބުނީ ގިރާވަރުފަޅުން.... ގުރުވަތު ނެގީ ވަރަށް ބޭއިންސާފުން... މިމައްސަލަ ބަލަން ޖެހޭ
ލކޖހގ
07 December 2023
ޕޮއިންޓާ ކުޅުނުކަން އެނގޭނެ އޭސީސީ މީހުން ހައުސިނ މިނިސްޓްރީއަށްގޮސް އެތަނުގެ ވެރިއެއްގެ ލޮގިން އިން ލޮގިން ކުރުވާފަ އޭސސީގެ ޓެކްނިކަލް މީހުން އެ އެއްޗެހި ބެލީމަ. އޭސީސީ މީހުން ބޭނުންވާ މައުލޫމާތު ޕްރިންޓްވެސް ކުރުވާނެ. އަކުރަމު ތި ދޮގުހެދީ ދިވެހިންނަކީ އެހާ ތަންދޮރު ދަންނަ މީހުން ނޫންވީމަ ފްލެޓަށް ފެންބޮވައިގެންފަ ތިބޭމީހުން އަކުރަމު ތިހެދި ދޮގު ގަބޫލު ކުރާނެތީ. އޭސީސީން އަވަހަށް ނިއުސް ކޮފަންރެނސެއް ބާއްވާ ރައްޔިތުންނަށް މައުލޫމާތު ސާފކޮށްދީ.
ވާނުވާގަ
07 December 2023
މަަށަށް ބުނެދީބަލަ ފޯމުގަ jahaafa ހުރި މައުލޫމާތު ތި ބޭފުޅުންނަށް އެޑިޓް ކުރެވޭތަ. މަ ފޯމު ފެންނަނީ ބްލޭންކްކޮށް. މިހާރު ފެންނަނީ Hama އެކަނި އެޓޭްޗް ކުރި ލިޔުންތަކާ ހުށައެޅި މީހާގެ ޕްރޮފައިލް
ރ ޓިވީ
07 December 2023
އެކްސްސް ދިނީ ރޮޒޭއަށް ދޯ؟ މެސެޖް ކޮށްލާއިރަށް އެބުނަނީ މިހާރު އިންނާނީ ޕޮއިންޓް ހަމަޖައްސާފައޭ! ދުވާފަރު މެމްބަރުގެ ޢާއިލާގެ 9 މީހުން ރަށުގަ އުޅެނިކޮށް މާލޭގެ ގެދޮރުނެތް މީހުންނަށްވުރެ މަތިން ޕޮއިންޓް ލިބުނު. އެކަމަކު ރަގަޅަށޯ ޕޮއިންޓްދިނީ. ކަލޭމެންގެ ޕާޓީއަށް ރަގަޅަށް ދިނީ! އިންސާފަކުންނޫން! ކިތައްހާސް ޝަކުވާ އޭ.ސީ.ސީ އަށް ހުށަހަޅާފަ އޮތްކަން އެނގޭތަ؟ އަދި އެކްސެސްއޭ އެބަ ކިޔާނު!
ބަބޫ
07 December 2023
އަަލެ އަލަށްތަ ދިވެހިންނަށް ފްލެޓް ފެނިގެން މިއުޅެނީ. ކިތައްމެވަރަކަށް ތެޅުނަސް މާލޭގަ ގޯތިހަދައިގެން ގެ ކުއްޔަށް ދީގެން ސިންގަޕޫރުގަ ދިރިއުޅޭ މީހުނަށް ދެރަގޮތެއް ވާކަށް އެއްވެސް ސަރުކާރަކުން ނޭދޭނެ. ފްލެޓް އަޅާފަ ދޭނީވެސް އެމީހުންގެ ގޭގޭގައި ބޮޑު ކުލީގައި މީހުން އުޅެން ޖެހޭވަރަށް ބަލައިގެން. މީ ހަގީގަތަކީ. އެހެން ނޫންނަމަ ބިން ދައްކާފަ ލައްކައިން ފްލެޓް އަޅަންވީނު. ވަންނަ ބަޔަކުތާ ލާރިދޭނީ. ބިމަށް ބަރުވެދާނެތީ ބަލައިގެން ފްލެޓް އަޅާހެން ހީވަނީ.
1828
07 December 2023
ސަރުކާރު ކިތައްމެ ކޮރަޕްޓް ވިޔަސް އަދިވެސް ރައްޔިތުންގެ ތެރޭގައި އިހްލާސްތެރި ނަޒާހަތްތެރިން މަދުން ނަމަވެސް އުޅެއޭ. އެމީހުންގެ ތެރެއިން ބަޔަކު ބުނެފާނެއެެއްނު ކުރިންދީފައި ހުރި ޕޮއިންޓް ބަދަލުކުރި ވާހަކަ. އަކްރަމް ކަމާލުއްދީންމެންގެ ތިހުންނަނީ ސިކުނޑިއަކަށް މީދާކޭ އުނބެކޭ.
ޚޮލޕް
06 December 2023
ވެރީ ގުޑް ޕޮއިންޓް. ޔަައުނީ އެއުޅެނީ ހަމަ ވަރުގަދަޔަށް ބަދަލުތަށް ގެނެސް ވަކި ބަޔަކަށް ދޭން
ފގފގފ
07 December 2023
ވެރީ ބޭޑް ކޮމެންޓް. އަކުރަމުގެ ބޭނުމަކީ އިބިލީސްހެން މީހުންގެ ހިތުގައި ޝައްކު އުފެއްދުން. އޭނާއަކީ ދެބަން ދިހާރެއްނޫންވީމަ އޭނައަށް އެނގޭ ގިނަ ދިވެހިންނަށް ނޭނގޭނެކަން ޓެކްނިކަލް އެއްވެސް މައުލޫމާތެއް. އޭސީސީގެ ގާނޫނުން އެމީހުނަށް ލިބޭ ބަރުގެ ދަށުން ހައުސިން ގެ މުވައްޒަފެއްލައްވާ ލޮގިން ކުރުވައިގެން ފޯމުތަކަށް ޕޮއިންޓް ދިންގޮތުގެ ލޮގުނަގާ އަދި އެ ޕްރިންޓުވެސް ކުރެވޭނެ. މިފަހަރު ކޮރަޕްޝަނުގެ ކުށުގަ ގިނަމީހުން ޖަލަށްދާންޖެހޭނެކަން ކަށަވަރު.