ދުނިޔެ / އދ ސަލާމަތީ މަޖިލިސް

އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ސަލާމަތީ މަޖިލީހުގައި އެދިއްޖެ

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް: އިޒްރޭލާއި ފަލސްތީނު ކުރާ ހަނގުރާމަ ސަލާމަތީ މަޖިލީހުގައި ހުއްޓާލުމަށް އެދުނު.

07 ޑިސެމްބަރ 2023 - 11:06

4 comments

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ހިންގަމުންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވައިދިނުމަށް އެދި، އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހަޅުއްވައިފި އެވެ.

މިއީ ޖެނުއަރީ 1، 2017 އިން ފެށިގެން އދ.ގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ގުޓަރޭސް، އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ. އެ މާއްދާގައި ބުނެފައިވަނީ "ސެކްރެޓަރީ ޖެނެރަލްގެ ނަޒަރުގައި، ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުމަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކޮންމެ ކަމެއް، އދ.ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނެވިދާނެ" ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ މި ދައުރުގެ (ޑިސެމްބަރު 2023) ރައީސް، އދ.ގައި ހުންނަވާ އިކުއެޑޯގެ ދާއިމީ މަންދޫބު ހޯސޭ ޒަވިއޭ ދެ ލަ ގާސްކާ ދޮމިނގާޒް އަށް އިއްޔެ ފޮނުއްވި ސިޓީގައި، ގުޓަރޭސް ވިދާޅުވެފައިވަނީ ޣައްޒާގެ ހޮސްޕިޓަލުތައް ސުންނާފަތިވެ އާންމު ރައްޔިތުންނަށް ސިއްހީ ޚިދުމަތެއް ވެސް ދެވެން ނެތް ކަމަށެވެ. އަދި އެ ހާލަތުގައި ޣައްޒާ އޮވެއްޖެ ނަމަ، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން އެތައް ހާސް ބަޔަކު މަރުވުމުގެ ބިރު އުފެދިފައިވާ ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.

މިހާރު ޣައްޒާގައި ކަން ހިނގަމުންދާ ގޮތުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ހަނގުރާމަ އަލުން ފެށިފައިވުމުން، އެކަށީގެންވާ ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން އޭނާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މި ހަމަނުޖެހުން އިތުރަށް ކުރިއަށް ދިޔަނުދީ މި މައްސަލަ ހުއްޓުވުމަށްޓަކައި، ބައިނަލްއަގުވާމީ މުޖްތަމައަށް ލިބިގެންވާ ހުރިހާ ނުފޫޒެއްގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެއް. ކުރިމަތިވެދާނެ އިންސާނީ ކާރިސާއަކުން ސަލާމަތް ވުމަށް ބާރު އެޅުމަށް ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް އަހަރެން ގޮވައިލަން. އިންސާނީ އެހީތެރިކަމުގެ ގޮތުން، ހަނގުރާމަ ހުއްޓައިލުމަށް ތަކުރާރުކޮށް ގޮވައިލަން،" ގުޓަރޭސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާއަށް އެތެރެވެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އދ. ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އދ.ގެ ސަލާމަތީ މަޖިލީހަށް އިލްތިމާސްކުރެއްވުމާއެކު، އެމިރޭޓްސް އިން އިއްޔެ ވަނީ ޣައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވައިލާ ގަރާރެއް ސަލާމަތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސީންގެ ސަބަބުން އެ ގަރާރު ފާސްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

ޣައްޒާގައި އިޒްރޭލު ސިފައިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައި، މިދިޔަ ދެ މަސްތެރޭގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ކޮންމެ ގަރާރަކާ ދެކޮޅު ހަދައި، އެމެރިކާ އާއި އިނގިރޭސި ވިލާތުން ވީޓޯގެ ބޭނުންކޮށް އެ ގަރާރުތައް ވަނީ ފެއިލްކޮށްލައިފަ އެވެ.

އޭގެ އިތުރުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ އެމެރިކާ އެވެ. މިދިޔަ 62 ދުވަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާ އަށް ދިން ވަރުގަދަ ހަމަލާތަކުގައި ބޭނުންކުރި ބޮމާއި މިސައިލްގެ ގާތްގަނޑަކަށް 90 އިންސައްތައަކީ އެމެރިކާ އިން އިޒްރޭލަށް ދިން ހަތިޔާރެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތުން ވެސް ގެންދަނީ އިޒްރޭލަށް އަސްކަރީ އެހީތެރިކަނވ ފޯރުކޮށްދެމުންނެވެ. އަދި ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކުން ވެސް ގެންދަނީ އެކި ގޮތްގޮތުން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 62 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7200 އަށް ވުރެ ގިނަ ކުޑަކުދިންނާއި 4900 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 43800 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަައަބުދުﷲ

08 December 2023

އދ އަކީ އިސްރާއީލާ ހުޅަގައް ދާއީދުކުރާ މީހުން ސަލާމަތް ކުރާތަނެއް

The name is already taken The name is available. Register?

ވާބެ

08 December 2023

އދ އޮތީ ވާވޭފައި,

The name is already taken The name is available. Register?

ލަގަނާ

07 December 2023

"އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ" މި ޖުމުލަ އަދި ރަނގަޅެއް ނޫން. ގިނަ މީހުން މަރުވީ އިޒުރޭލުގެ ހެލިކޮޕުޓަރުތަކުން އާންމުންނަށް ހަމަލާ ދިނުމުގެ ސަބަބުން، ހަމާސް މީހުން ކަމަށް ހީކޮށް.

The name is already taken The name is available. Register?

ތުރާކުނޭ

07 December 2023

އެމެރިކާ ، އިނގެރޭސިންގެ ނުބައިކަމާއެވެ. މިހުރިހާ ޖަރީމާތަށް އެމެރިކާ އަޑީގަ އޮވެ ހިންގާއިރު މުސްލިމް ގައުމު ތަކުން އެމެރިކާއާއި ދެކޮޅަށް ބަހެއް ވެސް ބުނެލަން ނުކެރެއެވެ، މުސްލިމްވެރިންގެ ފިނޑިކަމާއެވެ. މިހެރަ ދުނިޔެ ދައްކާ ހަގީގަތަކީ މިބައިމީހުން ދުނިޔެއަށް ޖެހިފައިވާ ލޯބީގެ ބޮޑުކަމެވެ. އާޙިރަތާއީ ، އީމާންތެރިކަމެއްގެ ޒައްރެއްގެ މިންވަރުވާ މުސްލިމަކު މިކަހަލަ އަނިޔާ މުސްލިމުންއަށް ކުރާތަން ބަލަން ހުންނަން ނުކެރޭނެ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454