ހުޅުމާލެއިން ކުނި ނެގުމުގެ މަސައްކަތް އާބަންކޯގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އާބަންކޯ
07 ޑިސެމްބަރ 2023 - 11:27
ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފި އެވެ.
އާބަންކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ހުޅުމާލޭގެ ވަރަށް ބޮޑު ސަރަހައްދެއް މިހާރު ސާފުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރި މަސައްކަތުން ހުޅުމާލެ 1 އަދި 2 އިން 60 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އާބަންކޯ އިން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ ގޮތުން އެކި ކެމްޕެއިންތައް ވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ހުޅުމާލެއިން ކުނި ނެގުމުގެ މަސައްކަތް އާބަންކޯގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އާބަންކޯ
"އާބަންކޯގެ އަމާޒަކި ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. އެހެންކަމުން މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުން ވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މި ކޯޕަރޭޝަނުގެ އެދުމެކެވެ،" އެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން އާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންކިޔާ މުދިމު
08 December 2023
ފުލުހަކައް 2 ކާރު ކުންފުނީތަކުގެ އެމްޑީޔަކައް 6ކާރު ސަރުކާރު ކުންފުނިތަކުގަ މެޏޭޖަރ ލެވެޅް ކޮންމެ މީހެއްގެ އަތުގަ 2ކާރު ނުވީތާކައް މާލޭ ހަލާކުވެފަ ހުންނަ ކާރު އެތެރެ ކުރާ މީހުން އެތެރެ ކޮއްފަ ހުންނަ ވެހިކަޅްވެސް ހުޅުމާލޭ މަގުތަކުގެ 2ފަރާތުގަޔާ ފޭސް އެކެއްގެ ފުލެޓްތައް ވަށާގެން އެއޮތީ ފުރިފަ. ދެނޯ؟؟؟ ސަރުކާރުން ކަމެއް ކުރެވޭނެތަ؟؟؟
ނަގިއްޔާ
07 December 2023
މިގައުމުގައި ކުނިނަގާނަމަ އެއީ ވަރަށް ބޮޑު ކަންތައްގަޑެއް. މާލޭގެ އެކި ލޮކޭޝަންތަކުގައި އަޑުފަތްގަޑުގަދަ ކުނިއުފުލާ ޕިކަޕްގަޑެއް ސްޓާސްކޮށްފައި، މުޅި ހިސާބުގަޑުގައި ކުނިވަސް. އަދި ކުނިކަގަން ނިކުންނަނީ އެންމެ ޓްރެޕިކް ލޯޑުބޮޑުވާ ގަޑީގަ، މަސައްކަތްނިންމާފައި މިހުުންގެއަށްދާ ގަޑީގަ، ކޮންމެ މަގެއްގައި ޑަސްޕިން ބާސްކެޓްގަޑެއް ދުއްވަމުން. ދުނިޔޭގެ އެހެންގައުމުތަކުގައި ކުނިނަގާ، އެކަމަކު ކުނިނަގާކަމެއްވެސް ކަމެއް ކުރާކަމެއްވެސްވެނޭގޭ. ވަރަށް ސުމޫތް.
ރަށު މުދިމު
07 December 2023
ކުނީގެ ވާހަކަ ދައްކާ އިރު ހުޅުމާލޭ ގެ މަގުމަތީ މިހާރު ދެފަރާތުގަ ވެހިކަލް ބަހައްޓާފަ ބައެއް ދިމަ ދިމާލުގަ ޑަބަޅް އަޕްކޮއްވެސް އެބަހުރި. ނުވީތާކައް ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓް އޭރިޔާގަ އެތެރެ ޖަންކް ޔާޑަކައްވެފަ މިހާރު އޮތީ. ބައެއްބޭފުޅުން ކާރުކޮޅު ސީދާ ފުލެޓައް ވަޑައިގެން ފުލެޓް ކުރިމަތީ ބާއްވަނީ.
މަހާތީރު
07 December 2023
ހުޅުމާލޭ ހުރިހާ މަގެއްގަ ކުންޏަށް ވުރެ ގިނަވެފަ ހުރި ކާރުތައް ނަގާނީ ކޮން އިރަކުންތޯ؟
ހުޅުމާލެއިން
07 December 2023
ހުޅުމާލެއިން 60 ޓަނުގެ ކުނި ނެގިޔަސް އެއީ ބޮޑު އަދަދެއް ނޫން. ކޮންމެ ރެޔަކު މާލެއިން ބާބަކިއުހަދަން ދާ މީހުންވެސް ބައިވަރު ކުނި ބޯކޮށް އެތެރެކުރާ ރަށެއް. އަދި މުޅި ރަށުގައި ގަސް އިންދާފައި އޮންނާތީ ކުނިކަހައި އެއްކުރާ ރަށެއް. މީގެ އިތުރުން ގަސްގަހުން ކޮށާފައި އެއްކުރާ ކުންޏަކީވެސް ހުންނާ ކުންޏެއް. އަދި ބިންތައް ސާފުކޮށްފައި ވިނަ ނޮޅައި އެއްކުރާ ކުނިވެސް ހުންނާނެ. ބަލަންވީ މި ކުނިތަކުން ނަފައެއް ނެރެވޭތޯ ނޫންތޯ.