ފުވައްމުލަކުގެ މަގެއް: އެ ރަށުގައި ސައިކަލަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސްވެގެން އަންނަނީ ފަރުވާދެމުން.
09 ޑިސެމްބަރ 2023 - 09:35
ފުވައްމުލަކުގެ މަގުތައް ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލުން މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ސައިކަލާ އެކު ވެއްޓިފައި އޮތް އެ ކުއްޖާ ފެނުނީ ރޭ މެންދަމު 3:40 ހާއިރު ފުވައްމުލަކުގެ މާލެގަން އަވަށުގެ މަގަކުން ކަމަށެވެ. އަދި މިހާރު އެ ކުއްޖާ އަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެއީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
09 December 2023
އެކުއްޖާފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! ޢާމީން.
ކޮންސްޕ
09 December 2023
ފުލުހުންގެ އެކުއްޖާ ޗޭސް ކުރަމުން ގޮސް ވެހިކަލުން ޖެއްސީ ނޫންބާ ؟ އެކަނި ސައިކަލު ދުއްވާފައި ގޮސް ވެއްޓިގެން ވުން އެކަށީގެންވާ ވަރަށްވުރެ ބޮޑުވަރު އެ ކުއްޖާއަށްވެފައިވާކަމަށް މަޢުލޫމާތު ލިބޭ. އެއްޗަކުން ޖެހި އެކްސިޑެންޓް ވެގެން އެހައި ބޮޑުވަރުވާނީ. އާއިލާއިން މިކަން ރަގަަޅަށް ބެލުން މުހިންމު. މަގުމަތީ ކެމެރާ އަށް ހުންނަ ރަށެއް ނޫންވީމަ ފުލުހުން ކޮށްފާނެ ކޮންމެފަދަ ކަމެއް ވެސް.
އަހުމަދުު
09 December 2023
ތިބުނަނީ އަމިއްލަ އަށް ކަހާލައިގެން ނުވެއްޓޭނެއޭ؟ 14 ކުއްޖެ ދަންވަރު 3:00 ސައިކަލުގަ ނުކުމެ މިއުޅެނީ ކީއްކުރަން؟
ސޯލިޙް
10 December 2023
ކަލޭގެ ރަށަށް ވުރެ ގިނައިން ކެމެރާ ހުންނާނެ.
ކޮރަލް
09 December 2023
ކުޑަކުދީން އެއްވެސް ރަށެއްގަ ދަންވަރު އުޅޭނަމަ ފުލުހުން ސުވާލު ކުރަން ވީ އެވެ. ބައެއް ސްކޫލް ކުދީން ވެސް ދަންވަރު ހޭލާ ކެފޭތަކުގަ އުޅޭ ސުވާލެއްވެސް ކޮށްނުލަ އެވެ.
ލަކުޑި ކަޅޭ
09 December 2023
1ކާކު އެހާދަންގަޑިއެއްގައުމުރުހަމަނުވާކުއްޖެއްއަތައްތަޅުދަނޑިދޭންވީ 2އުމުރުންހަގުކުއްޖެއްއަތުޖެހޭހިސާ ނުވަތަފެންނަހިސާބުގަތަޅުއޮތީކީއްވެ ބުނަން ތީވަރައްސީރިއަސްމައްސަލައެއްގެގޮތުގަބަލަންޖެހޭނެ މައްސަލައަކީ އެހާދަންގަޑިއެއްގަ އެކުއްޖާދިޔައީ ކާކުބުނެގެން ކޮންތާކަށް ކީއްކުރަންދިޔަކުއްޖެއްތޯ ބަލަންއެބަޖެހޭ
ހަމޭން
09 December 2023
1 ތަޅުދަނޑީއަކީ ވިހައެއް ނޫން ފޮރުވާފަ ބާއްވާކަށް 2 އެއީ ތަންދޮރު ވަކި ނުވާ ވަރުގެ ކުޑަ ތުއްތު ކުއްޖެއް ނޫން ތަޅުދަނޑި ފެނުނީމަ ހިފައިގެން ދުއްވަން ނިކުންނަން. 3 ސިކުނޑީގަ ތެއްކަން މަދީ ހަމަ ކޮމެންޓު ކުރާ މީހުންގެ ދޯ
ޕޭރެންޓެއް
09 December 2023
އެއީ ގޯސްކޮށް އުޅޭ ކުއްޖެއް ނޫން. ރަގަޅު ބައެއްގެ ރަގަޅު ކުއްޖެއް. ސްކޫލް ގައި ވެސް ރަގަޅު ކުއްޖެއް އެއީ. ސައިކަލު ދުއްވަން ދަސްކުރާ ހިތްވެގެން ދަންވަރު ގަޑި ސައިކަލު އަތު ޖެހުނީމަ ދުއްވަން ނިކުތީކަމަށް ބެލެވެނީ. މިހާރުގެ ފުރާވަރު ކުދިން އެކްޒައިޓިންގ ކަންކަން ކުރާ ހިތްވާނެ، ޕޭރެންޓުން ވަރަށް ސަމާލުވާންޖެހޭ.
ޖުއްބާ
09 December 2023
ތިމާގެ ދަރި ތިމާއައް ދޮންފުތު ވުމަކީ ހައްލެއް ނޫން. ޒިންމާ ނަގާފަ ތަންކޮޅެއް ގާބިލުވެލައްވާ.
ފަގުޑި
09 December 2023
14 އަހަރުގެ ފިރިހެން ކުއްޖެކޯ. ވަރައް ސަލާން ދެން.