މިދިޔަ މަހާ އަޅާ ބަލާއިރު މިހާރު ބާޒާރުގައި 20-50 ޕަސެންޓަށް ފިޔާގެ އަގު ވަނީ އުފުލިފައި. ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 30-40ރ. އާ ދެމެދުގައި.
ބާޒާރު މަތީގައި މީހަކު ފިޔާ ބަސްތާއެެއް ކޮނޑަށް ލައިގެން ގެންދަނީ: ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ޑިސެމްބަރ 2023 - 19:51
އިންޑިއާ އިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތުމުން، ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީ މިއަދު އިލްތިމާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ބާޒާރުގައި ބައެއް ވިޔަފާރިތަކުން ފިޔާ އަގު ބޮޑުކުރަމުން ދާތީ އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މޫސުމީ ގޮތުން މި ވަގުތު އިންޑިއާ އަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވިޔަސް، ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ދިމާވާނެ ކަހަލަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަޅާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ފަރާތްތަކާ މި މިނިސްޓްރީން ކުރެވުނު މަޝްވަރާތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެ އަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދީފައި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ތަފާތު 23 ވިޔަފާރިއަކުން އަގު ބަލައި ކުރި ދިރާސާއިން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހާ އަޅާބަލާއިރު މިއަދު ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދަށް ފިޔާގެ އަގު އުފުލިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ފިޔާ އެތެރެކުރަން ދަތިވާ ހާލަތެއް ދިމާވެއްޖެ ނަމަ، ސަރުކާރުން އެކަމަށް އެކަށޭނެ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ދީފަ އެވެ. އެހެންވެ، އާންމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 30-40ރ. އާ ދެމެދުގަ އެވެ.
އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިއްޔެ ވެސް ވިދާޅުވެފަ އެވެ.
މިނިސްޓްރީން މި ބަޔާން މި ނެރުނީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކުރުމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެކެވެ.
އެކަމަކު، މިހާތަނަށް ޝިޕް ކޮށްފައިވާ އަދި ފައިސާ ދައްކައި ނިންމާފައިވާ ޝިޕްމަންޓުތަކުގެ އިތުރުން ފިޔާ ގަންނަން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެ ކަމަށް އިންޑިއާގެ ފޮރިން ޓްރޭޑް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތަކުގައިވެ އެވެ.
އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރިޔަސް، އެހެން ގައުމެއްގެ ސަރުކާރަކުން އެކަމަށް އެދޭ ހާލަތުގައި އިންޑިއާ ސަރުކާރުން ހުއްދަ ދޫކޮށްފި ނަމަ އެކަން ކޮށްދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ. އިންޑިއާ އިން މީގެ ކުރިން ވެސް ފިޔާ އާއި އެހެން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން ވެސް މެދުކަނޑާލަ އެވެ. އެކަމަކު ރާއްޖެ އިސްތިސްނާކޮށް، އެފަދަ މުދާ އަބަދުވެސް ލިބޭ ގޮތް ހަމަޖައްސަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުގުޑާނެ
11 December 2023
ތިޔަހެން ދެފައިތަޅައިގަތުމުން ބިން ގުޑާނެހޭ. މީ ޖާހިލިއްޔަ ޒަމާނުގެ ޖާހިލުންނަށް މީހުންނަށް ނިސްބަތްކޮށް ދިވެހި ޅެންވެރިޔަކު ބުނެފައި އިން އިބާރާތެއް. މީ ދިވެހިންގެ ދިވެހި ބާޒާރުގެ ޚާއްޞަކޮށް ރަމަޟާން މަހާ ދިމާވީމާ ހާލަތޭ!! ވިސްނާނީ މިއަދުގެސައީދުމެންގެ ސަރުކާރުންނޭ.
އިގްބާލް އަލީ
11 December 2023
ފިޔާވެސް ދެންވެސް ބޭނުންވާ ސާމާނު މި ސާރުކާރުން ހަމަޖައްސާނެ.
ތޫބާ ނިޒާމް
11 December 2023
މުއިއްްޒް ހުރިހާ ގައުމު ތަކާ ވެސް ގުޅުން ބާއްވާ. އޭގެ ފައިދާ މިއީ
ރައިހާންް
11 December 2023
އިންޑިޔާ އަކަށް ބަރޯސާވާކަށް ނުޖެހޭނެ
ޖަމީލު
11 December 2023
ހާސްނުވޭ އިންޑިޔާއިން ކޮންމެ އެއްޗެއް ގެނައުން ހުއްޓުވާލިޔަސް ރައީސް މުއީޒް ހާހެއް ނުވާނެ. ބަރުމާ އާ އަދި އެހެން ހިސާބުތަކުން އެއްޗެހި ގެންނާނެ
ހާނިމް މުހައްމަދު
11 December 2023
މިއީ ބަޔަކަށް ހަޖަމް ނުވިޔަސް ވަރަށް ހަރުދަނާ ވީމަ ލިބޭ ކަންކަން.
ސިދު
11 December 2023
އޭރަކު އޮންނަ ހާލަތަށް ވިޔަފާރިވެރިން އެބަޖެހޭ އެންވާރުމެންޓަށް ފިޓުވާން
މޫސާ ނިޒާރު
11 December 2023
އޭރުވެސް އިނގޭ ތިކަން .
އިންޑިއާ އައުޓް
11 December 2023
ރާއްޖޭގަ ތިބި އިންޑިޔާ ސިފައިން އިންޑިޔާއަށް އަނބުރާ ދާން ބޭނުން ނުވާތީ މޯދީ ރުޅި އައިސްގެން އެމީހުންނަށް ފިޔާ ނުކައި ނު އުޅެވޭނެ ކަން އެނގޭތީވެ، މިއީ ސީދާ އިންޑިޔާ ސިފައިންނަށް މޯދީ ދިން ލޮޓިއެއް
ތޫބާ މުހައްމަދު
11 December 2023
އުފާވެެރި ހަބަރެއް.