އިންޑިއާގެ ކޮމާސް ސެކްރެޓަރީ އާ މިނިސްޓަރު ސައީދު ބައްދަލުކުރައްވަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
04 ޖުލައި 2025 - 19:00
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަތުވާލް އާ އެކު، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރު ގުޅުންތައް ގާއިމްކޮށް، އިގުތިސާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން އިއްޔެ މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖޭގައި މިހާރު އިންޑިއާ އިން ހިންގާ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާއި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވެސް ރާއްޖެ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް މިހާތަނަށް މުޅިން ފައިނަލް ނުވިޔަސް، އިންޑިއާ ސަރުކާރުން ވިސްނަމު އަންނަނީ މި ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޮދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ކުރިން ރިޕޯޓު ކޮށްފައި ވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރި ވަރުގަދަ ކެމްޕޭނެއްގެ މަތީގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، އިންޑިއާ އާއެކު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ. ނަމަވެސް، އޭގެ ފަހުން ހާއްސަކޮށް ދެ ގައުމުގެ ހާރިޖީ އިސް ބޭފުޅުން ކުރެއްވި މަސައްކަތުން މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
މި ސަރުކާރުގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކަމަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އުޅެނީ އިންޑިއާ އެވެ.
Commerce Secretary Shri Sunil Barthwal had a meeting with Minister of Economic Development and Trade, Maldives to review and advance ongoing initiatives focused on strengthening trade and investment relations between India and the Maldives.#DoC_GoI@MoEDmv pic.twitter.com/SGnuHKns6G
— Dept of Commerce, GoI (@DoC_GoI) July 4, 2025
ރަނގަޅުވަމުން އައި ގުޅުމުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން، 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ.
ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާ އިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސައި ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިދަރިއެއް3
06 July 2025
އިންޑިއާ އަކީ އިތްބާރު ކުރެވޭ ވިޔަފާރީ ގެ ބައިވެރިއެއްނޫން. ކަންކަމުގައި އިންޑިއާ އަށް ބަރޯސާ ވުން ކުދަކުރަންޖެހޭ. ގައުމީ ސަލާމަތާ މަސްލަހަތާ ގުޅޭ ކަންކަމުގައި އިންޑިއާ ގެ ބައިވެރިވުން ވީހާވެސް ކުދަކުރަން ޖެހޭ. އެއްވެސް ޕޯރޓެއް އަދި އެއރ ޕޯރޓެއް ވެސް ހިންގަން ހަވާލުކުރަން ހެޔޮނުވާނެ.. ޖީއެމްއާރު އެއަރޕޯ ކުއްޔއައް ދން 78 މިލިން ޑޮލަރ ކާލަގެން އެ ހުރީ
ޝޮކްތެރަޕީ.
05 July 2025
އިންޑިޔާއަ ހަނިމާދޫ ނުދޭނެ މިސަރުކާރެ. އެއީ އެމްޑީޕީ ޕްލޭނެ ދެރަ
ޝޮކްތެރަޕީ.
05 July 2025
އިންޑިޔާޢާ ގުޅިގެން ރާއްޖެ ތަރައްގީ ނުވާނެ. ޢިންޑިޔާގެ އޮތީ މިލިޓަރީ ޕްލޭނެ.
ޑރ ވާންޗޯ
05 July 2025
ހަނިމާދޫއިން ފެށިގެން އިންޑިޔާއަށް ފުޅާކުރާކަމަށް އަޑުފަށްގަނޑެއް އެބަހުރި އަރާފަ.
ރުޕޭ
04 July 2025
ކޮބާތަ ރުޕޭކާޑު؟ ދިވެހިންނަށްތަ ނޫނީ އިންޑިއާމީހުނަށްތަ ފައިދާވިީ؟
ފަހުދު.
04 July 2025
ކީ ބަނދި ރައިވަރަކަށްވެ ނިމުނީ
ގައުމީ ދޫ
04 July 2025
އެމީހުން ބޭނުންވީމަ ފިޔާ ހުއްޓުވާނެ، ވިސާ ތާށި ކުރާނެ. ރާއްޖޭގެ ވިޔަފާރީގެ ގުޅުން ގިނަ ގައުމުތަކަކަށް ފުޅާކުރުން މާ މުހިއްމު. އިގްތިސާދީ ކަންކަމުގައި އެއްގައުމަކަށް ނުވަތަ ދެ ގައުމަކަށް ބަރޯސާވުން ރަނގަޅެއްނުވާނެ!
ކޮރަލް
04 July 2025
ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ. ކޮންމެ ބަޔަކުވެސް ލޯން ތައް ފަސް ކޮށްފަ ލޯން ނަގަނީ އެވެ. ދެން އެއް ބައި ބަނޑަށެވެ. ހުސް ވީމަ ނަގަނީ އެވެ.
އައްލާ ބެއްޔާ
04 July 2025
ހާދަ ހީވެއޭ ހަނިމާދޫ އެއަރޕޯޓް އިންޑިއާއަށް ދޭން އުޅެނީހެން.
ޢަރުތަ
04 July 2025
ސިޔާސީ ބައެއް މީހުންގެ "ލަދުޗިޕް" ނުވެސް އިންނަނީ ތޯއްޗެ.