އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުުރާ މޯދީ ވެވަޑައިގަތުމުން ރައީސް ޑރ. މުަހައްމަދު މުއިއްޒު އޭނާ އަށްް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް، އިންތިހާބު ވެގެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް މޯދީ ވެވަޑައިގަތުމުން ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށާއި އިންޑިއާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ އިން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުންދީ، އިތުަރަށް ވަރުގަދަ ކުރަން ރާއްޖޭން އުއްމީދުކުރަނީ އިހުތިރާމްކުރާ ސިޔާދަތީ ގޮތުން ހަމަަހަމަކަމާ އެކު، ރާއްޖޭގެ މަސްލަހަތުތަކަށް އިހުތިރާމްކުރާ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގައި އިންތިހާބު ވެގެން އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުއެއްވި ބޭފުޅަކަށް މޯދީ ވީ އިއްޔެގެ އިއްޔެ އެވެ.
މޯދީ ބޮޑުވަޒީރުކަމުގައި ހުންނަވާތާ އިއްޔެ އަށް މިވީ 3،399 ދުވަހެވެ. އޭނާގެ ކުރިން އެ ރިކޯޑް އޮތީ އިންޑިއާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރް ލާލް ނެހްރޫ އެވެ. އެއީ 3،398 ދުވަހެވެ.
އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި މޯދީއަށް އެ ރެކޯޑް މުގުރައިލެވުން ގިނަ ގައުމުތަކެއްގެ ވެރިން މޯދީ އަށް މަރުހަބާ ވިދާޅުވި އެެވެ.
މޯދީގެ ވެރިކަމުގައި އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން އިންޑިއާ އަށް ބޮޑެތި ކުރޮއެރުންތައް ލިބިފައި ވެ އެވެ.