އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
25 ޖުލައި 2025 - 09:31
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެ މި ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ. ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރުފުޅަކަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮރިން މިނިސްޓަރު ހަލީލްއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި އިންޑިއާގެ ދިދަ ޖަހައި ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ރައީސް މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މާދަމާގެ ނިޔަލަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ އިން ރަސްމީކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދުގެ މެންދުރު އެވެ. އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ.
މޯދީގެ ދަތުރުފުޅުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރިމެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވަނީ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ވަކި ހިސާބަކުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. ދެ ގައުމުގެ އެކި ފެންވަރުގެ ބޭފުޅުންގެ މެދުގައި ކޮންމެވެސް ބަރަކަށް ބަހުގެ ހަމަލާތައް ވެސް ގުޅުން ގޯސްވި ދުވަސްވަރު ބަދަލުކޮށްފައި ވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ރައީސް އޮފީސް
ހާއްސަކޮށް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ރައީސް މުއިއްޒު ނިންމެވުމުން އެ ގުޅުން ގޯސްވި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ވައުދާ އެކު ކަމަށް ވާއިރު، އެ މަނިކުފާނުގެ އެ ނިންމުން ފަހުން އިންޑިއާ ސަރުކާރުން ބަލައިގަނެ ވަނީ ހެލިކޮޕްޓަރުގ އޮޕަރޭޝަނަށް މަދަނީ މީހުން ގެނެސްފައި ކަމަށް ދެ ސަރުކާރުން ބުނެފައި ވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން އެ މަނިކުފާނަށް ކުޑަކުއްޖަކު މާބޮނޑިއެއް އެރުވުމުން އެ ކުއްޖާއާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް މިދިޔަ އަހަރުގެ ޖޫން މަހު އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފުރަމާނަދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
25 July 2025
މިއަދަކީ ދިވެހި ޤައުމަށް ލަދުވެތި ކަޅު ދުވަހެއް ހިތާމަހުރި
ޢަބްޑޫޅް +
25 July 2025
މިއީ މޯދީ އަކީ ހިންދޫ އިސްތާނުގެ ބީރައްޓެއްސެއް.
ނާމަދި ކާނޫ
25 July 2025
މިިިނިވަންދުވަހު ފެންނަނީ މުޅި މަގުމަތީގައި އެހެން ގައުމެއްގެ ދިދަ! މިހާރު އެގަުމުން ލޯނު ނަގާ ނަގާ ގޮސް އެމީހުން ގެ ދަށުވީތޯ؟؟؟
ލޮލއސް
25 July 2025
މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ." ބަލަ މޯދީ އަކީ ދުނިޔޭގެ ހުރިހާ ލީޑަރުންނާއި އެގޮތަށް ބައްދާ ހިޔަޅެއް.
މަ ބުނީ
25 July 2025
ދުނިޔޭގެ އެއްވެސް ޤައުމެންގައި މިލިޓަރީ މަތިންތާބޯޓާއި ހެލްކޮޕްޓަރު މަދަނީ ޕައިލެޓުން ދުއްވާތީ ؟
ބަބްސް
25 July 2025
މިއީ ޤައުމައްޓަކާ ރައީސް ވެވަޑައިގެންނެވީ ޤުރުބާނީއެއް. ޤައުމުގެ އިޤްތިސޯދު އޮތީ އިންޑިޔާއާއި ނުލައި އުޅެވޭހިސާބެއްގައި ނޫންކަން ރައީސް ދެކެވަޑައިގަންނަވާ. މޫނުފުޅުން އެކަން ދޭހަވޭ. ދެންވެސް ޓީޝާޓް ތުރުކުރަން ޖެހިއްޖެ ހާލަތެއްއައިސްފިނަމަ އެކަން ކުރައްވާނެކަން ޔަޤީން.
ވާނެއޭދޯ
25 July 2025
އިންޑިއާ ގެ އެހީގައި އެބަޖެހޭ ފޭދޫ ފިނޮޅު އިރުން އޮތް ފަޅު ހިއްކާ އެތަނުގައި އިންޑިއަން އިންޑަސްޓްރިއަލް ޕާރކެއް ތަރައްގީ ކުރަން އެއިރުން އިންޑިއާ އިން މިހާރު ގަނެގެން ގެންނަ ހުރިހާ މުދަލެއް އެތަނުން ލިބެން ހުރުމުން ރާއްޖޭގެ ވިޔާފާރި ތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއޭ އަދި އެތަނުގައި އިންޑިއާގެ ހޮސްޕިޓާ ތައް ވެސް ބިނާ ކޮށް ހަދާ މެޑިކަލް ޔުނިވަރސިޓީ ތަކާއި އިންޖިނިއަރިންގް ޔުނިވަރސިޓީ ތައް ބިނާ ކުރުމުން ދެން ރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު ދަށް
×ޒ
25 July 2025
މަ ނެތިން އެއްޗެއް ބުނާކަށް.
ދިދަ އަހަންމަދު
25 July 2025
ގައުމުތަކުގެ ވެރިންނަށް މެހްމާންދާރީ އާއި އިހްތިރާމް އަދާކުރަން ޖެހޭނެ. ޢެކަމަކު ދިވެހި ގައުމުގެ މިނިވަން ދުވަހު ދިވެހި ދިދައަށް ވުރެ މާލޭގައި އިންޑިއާ ދިދަ ގިނަވީމަ ކަމަކު ނުދޭ.. މިނިވަންކަމަށް ޓަކައި ގުރުބާން ވި ދިވެހި ދަރިންގެ ފޮޓޯ ގެ ބަދަލުގައި މޯދީ ގެ ބޮޑު ފޮޓޯ ބެހެއްޓުން ގޯސް..
ސިވިލިއަން
25 July 2025
މޯދީ އަކީ ބަރާބަރު ބޭފުޅެއް ! ހިންދޫންގެ ސަޕޯރޓް ހޮޢްދަވަން ކޮންނއ ޖަނެއް ކުރެއްވިޔަސް މޯދީ އަކީ މުސްލިމުން ނަށް ވެސް އަސްލު ގޯސް ބޭފުޅެއް ނުން!ދުނިޔޭގެ މަގުބޫލް ވެރިޔެއް!
ޝޮކްތެރަޕީ
25 July 2025
އިންޑިޔާގެ މަސްސަލައަކީ މުޅި މިސަރަހައްދުގެ ޤައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެޔައް ވަންްނާތީ. އެމްޑީޕީ ސަރުކާރުން ދިވެހި ރާއްޖޭގެ ދާހިލީކަންކަމާ ބެހެން ވުރުސަތުދިން. އަދިވެސް މިއުޅެނީ މިކަމުން އަރައިނުގަނެވިގެން.