ރިޕޯޓް

މަރުގެ އަދަބަށް ގާނޫނުން އެޅި ހުރަސް ސުޕްރީމް ކޯޓުން ނިމުމަކަށް!

މީހަކު މަރާލި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މަރުގެ އަދަބަށް ހުރަސް އެޅޭގޮތަށް ގާނޫނުގައި އޮތް ބައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި --- ފޮޓޯ/މިހާރު

ކުށްކުރުމުގެ ވައްޓަފާޅި އާއި ކުށްކުރަން ބޭނުންކުރާ އުކުޅުތައް ތަފާތުވެއްޖެ އެވެ. ކުށްވެރިންނާ ދެކޮޅަށް ސައްތައިން ސައްތަ ފުރިހަމަ ހެކި ހޯދުމަކީ ދޫދޫމަތިން އައިސްފައިވާ ހިޔާލީ ވާހަކައަކަށް ވެއްޖެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހެދިފައި ހުރީ ކުށްވެރިންނަށް ސަލާމަތްވެވޭނެ ބޮޑެތި ބާގަނޑުތަކާ އެކު އެވެ.

ވަކިން ހާއްސަކޮށް މަރުގެ އަދަބު ދިނުމުގެ މައްސަލާގަ އެވެ. ވޭތުވެދިޔަ 70 އަހަރު ތެރޭގައި ރާއްޖޭގައި މަރުގެ އަދަބު ދީފައި ނުވިޔަސް، މަރުގެ އަދަބަކީ މިހާތަނަށް ރާއްޖޭގެ ގާނޫނު ދަންނަ އަދަބެކެވެ. ނަމަވެސް މަރުގެ އަދަބު ކަނޑައެޅުމުގައި އެކި ގާނޫނުތަކުން ވަރަށް ގިނަ ހުރަސްތައް ކުރިމަތިކޮށްފައި ހުއްޓެވެ.

އޭގެ ތެރެއިން އެއް ގާނޫނަކީ ގާނޫނުލް އުގޫބާތެވެ. ގާނޫނުލް އުގޫބާތު 2015 ވަނަ އަހަރު ވުޖޫދަށް އައިއިރު ވަރަށް "ނުރައްކާތެރި މާއްދާއެއް" ލިޔެފައި އޮތެވެ. ގާނޫނުގެ އެ މާއްދާއާ މެދު މާ ބޮޑެތި ބަހުސްތަކެއް ކުރެވިފައި ނެތަސް، މިއީ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ކުރިމަތިކޮށްފައި އޮތް ހަރުކަށި މިންގަނޑެކެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގިސާސް (މަރުގެ އަދަބު) ކަނޑައެޅުމުގައި ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގައިވާ ގޮތުން ތުހުމަަތު ކުރެވޭ މީހާގެ ބަޔާނާއި ހެކިންގެ ބަޔާންތައް ހިމެނޭ ގޮތުން އެއްވެސް ހެއްކެއްގެ ބަޔާނެއްގައި ކުޑަ ނަމަވެސް ފުށުއެރުމެއް ހުއްޓަސް މަރުގެ އަދަބު ދީގެން ނުވާނެ އެވެ. މި ޒަމާނުގައި ކުށްކުރާ ވައްޓަފާޅިއަށް ބަލާއިރު، މިހާ ފުރިހަމަކޮށް ހެކިބަސް ލިބުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ، މަރުގެ އަދަބު ނުދެވޭ މިންވަރަށް ގާނޫނު އޮތީ ހަރުކަށިކޮށްފަ އެވެ.

ދާދިފަހުން ސުޕްރީމް ކޯޓުން ނިންމި މަރުގެ މައްސަލައެއްގައި އެ މާއްދާގެ އެ އަކުރު ބާތިލްކުރީ އިސްލާމީ ޝަރީއަތާ ހިލާފް މާއްދާއެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ގާނޫނުލް އުގޫބާތުގެ އެ މާއްދާ ލިޔެފައި އޮތީ ޝަރީއަތުގައި ކަންކަން ސާބިތު ކުރުމުގެ މިންގަނޑަށް ވުރެ މާ ހަރުކަށިކޮށެވެ. ކަމެއް ސާބިތުކުރަން އިންސާނުންނަށް "ކެރި ކުޅަދާނަ ނުވާ މިންވަރަށް" ގާނޫނުލް އުގޫބާތުގައި ލިޔެފައި އޮތީ ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ކަން ހުކުމުގައި ފާހަގަކުރި އެވެ.

"މި މާއްދާ އޮތްގޮތުން އަހުރެންނަށް ދޭހަވަނީ މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލްކުރުން މުސްތަހީލް ޝަރުތުތަކެއް ޝަރީއަތަށް ކުރިމަތިކޮށް، ދިވެހިރާއްޖޭގައި މަރުގެ މައްސަލަތަކުގައި ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް." ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓް --- ފޮޓޯ/މިހާރު

މިއީ ޖިނާއީ މައްސަލައެއްގެ ތެރެއިން ގާނޫނެއްގެ މާއްދާއެއް ކޯޓަކުން ބާތިލްކުރި ފުރަތަމަ ފަހަރެވެ.

އިސްލާމީ ޝަރީއަތުގެ ދަށުން ހައްދު ކަނޑައެޅޭ ކުށްތަކާއި ގިސާސްގެ ކުށްތައް ސާބިތުވާން ޖެހޭ މިންގަނޑަކީ އެއްވެސް ޝައްކެއް ނެތް މިންގަނޑެވެ. ވަކިން ހާއްސަކޮށް މަރުގެ އަދަބު ދޭ މައްސަލަތަކުގައި މި މިންގަނޑު ހިފަހައްޓަން ޖެހޭ ކަމާ މެދު ސުޕްރީމް ކޯޓުން ވެސް އެއްބަހެވެ. ނަމަވެސް މައްސަލައަކަށް ވީ "އެއްވެސް ޝައްކެއް ނެތް މިންގަނޑު" ކަމަށް ބުނެ ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައި އޮތް ހަރުކަށި މިންގަނޑުގެ ސަބަބުން ދުވަހަކު ވެސް މަރުގެ އަދަބު ނުދެވޭނެ މިންވަރަށް އެކަން ހަރުކަށިވެފައި އޮތުމުންނެވެ.

ސުޕްރީމް ކޯޓުން ވެސް ފާހަގަކުރި ކަމަކީ ޖިނާއީ މައްސަލަތަކުގައި އަކުރުން އަކުރަށް ހުރިހާ ހެކިތައް ދިމާވުމަކީ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން ކަމެވެ. މިސާލަކަށް، މީހެއްގެ ވަޅި ހެރިތަން ދެ މީހަކަށް އެއް ވަގުތެއްގައި ފެނުނަސް، ހެކިވެރިން އެކަން ސިފަކޮށްދޭއިރު ކުޑަ ތަފާތެއް އައުމަކީ ވެދާނެ ކަމެއް ކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އެފަދަ ކުދި ފުށުއެރުންތަކަކީ މަރުގެ އަދަބު ދިނުމަށް އޮތް ހުރަހަކަށް ނެހެދޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"ކަމެއް ހިނގިއިރު އެއް ތަނެއްގައި އެއް ވަގުތެއްގައި ތިބި ބަޔަކު އެކަމެއް ހިނގި ގޮތް އެއް އިބާރާތަކުން އެއްގޮތަކަށް ވެސް ކިޔައެއް ނުދެވޭނެ އެވެ. ކޮންމެ މީހަކު ވެސް އެކަމެއް ހިނގި ގޮތް ކިޔައި ދިނުމުގައި އެކަމެއް ހިނގި ތަނުގައި އެ މީހަކު ހުރި ދިމާލުން އަދި ކައިރި ދުރުމިނުން އެކަމެއް އެ މީހަކަށް ފެނުނު ގޮތް ކިޔައިދޭ ގޮތް ތަފާތު ވެދާނެ އެވެ." ޑީއެންއޭ އާއި އެ ނޫން ވެސް އިތުބާރު ހިފޭ ގަރީނާތައް މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި ބޭނުން ކުރެވިދާނެ ކަން ވެސް ކަނޑައެޅި އެ ހުކުމުގައި ބުނެފައިވެ އެވެ.

ނަމަވެސް ގާނޫނު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބު ދިނުމަށް ހަރުކަށި މިންގަނޑެއް ގެނެސްފައި އޮތީ މަރުގެ އަދަބެއް މީހެއްގެ މައްޗަށް ކަނޑައެޅުމުގައި ގާނޫނުތަކުން ވަރަށް ބޮޑު ރައްކާތެރިކަމެއް ދޭން ޖެހޭތީ އެވެ.

"އެއީ ފުރާނައެއްގެ ބަދަލުގައި ފުރާނައެއް ހިފާއިރު ގާނޫނުތަކުން ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ. އެހެންވީމަ އަސްލު އެ ހުރަސް ކުރިމަތިކޮށްފައި އެ އޮތީ ކޮންމެހެން މަރުގެ އަދަބު ދިނުމަށް ހުރަސް އެޅުމަށޭ ބުނެވޭނެ ކަމަކަށް ނުފެނޭ." މަރުގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.

ގާނޫނުތަކެއް --- ފޮޓޯ/މިހާރު

ނަމަވެސް އެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ހެކި ވަޒަން ކުރުމުގައި ކޯޓުތަކުގެ އިހްތިޔާރަށް ދޫކޮށްލަން ޖެހޭ ކަންކަމުގެ ތެރެއަށް ގާނޫނުތަކުން ވަދެފައި އެބަހުއްޓެވެ. ސުޕްރީމް ކޯޓުގެ ނިންމުން ވެސް އެގޮތަށް އައީ އެ ސަބަބާ ހެދި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިވެނި ހެއްކެއް ލިބިއްޖެއްޔާ ދެވޭނީ މިހާ މިންވަރުގެ ބުރަދަނޭ ލިޔެފައި މިގޮތަށް ފަނޑިޔާރުންގެ ބާރުގެ ތެރެއަށް ގާނޫނުތަކުން ވަދެފައި އެބަހުރޭ. އެހެންވީމަ ބެލެވެނީ އެކަހަލަ ކަންތައްތަކެއް ފާހަގަވީމަ ކަމަކަށް އެ ނިންމުން އެ އައީ." އޭނާ ވިދާޅުވި އެވެ.

އެކަމަކު ޖިނާއީ މައްސަލައެއްގެ ތެރެއިން އެގޮތަށް ގާނޫނެއްގެ ބައެއް ބާތިލްކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވަނީ ގާނޫނެއްގެ ބައެއް ބާތިލް ކުރުމަކީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެކަނި ކުރެވޭ ކަމަކަށް ވާތީ އެވެ.

"ހެކިބަސް އެއްވެސް ތަފާތެއް ނުވާ މިންވަރަށް އެއްގޮތް ނުވާނެކަން އެއީ ހުރިހާ ނިޒާމެއްގައި އެންމެން ވެސް ގަބޫލު ކުރާ ކަމެއް. އެކަމަކު ގާނޫނުގައި އެބުނާ ފުށުއެރުމަކީ ކޮބައިކަން ސުޕްރީމް ކޯޓުން މާނަކޮށް ދިނުމުގެ ބަދަލުގައި ސީދާ އެ މާއްދާ ބާތިލްކޮށްލުން އެއީ ހަމަ ވިސްނާލަން ޖެހޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

މަރުގެ އަދަބު ދިނުމަށް ގާނޫނުން ކުރިމަތިކުރި ބޮޑު ހުރަހަކަށް ސުޕްރީމް ކޯޓުން ނިމުން ގެނެސް ދީ، އެތައް ގާތިލުންނެއްގެ މަރުގެ ހުކުމް އެ ކޯޓުން ދަމަހައްޓައި ދީފި އެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރުމާއި ނުކުރުމަކީ އެ ކޯޓުގެ އަތްމަތީގައި އޮތް ކަމެއް ނޫނެވެ. އެއީ އަދިވެސް ޖަވާބު ނުލިބި އޮތް ބޮޑު ސުވާލެވެ.

7 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮބައިތަ 100 ދީނީ ޢިލްމުވެރިން؟

13 December 2023

ފަހު ބުރުގައި ރ. މުޢިއްޒަށް ތާޢީދުކޮށް ނޫސްތަކުގައި އިޝްތިހާރުވި 100 ދީނީ ޢިލްމުވެރިން (ރ. މުޢިއްޒަށް ހުރިހައި މަރުހަލާއެއް ނިމި، މަރާލަން ވެފައިތިބި ޤާތިލުން މާރާލުމަށް ދަންނަވައި ދެއްވާށެވެ!)

The name is already taken The name is available. Register?

އިހްސާސް

13 December 2023

ކޮންމެވެސް ނޫސްވެރިޔަކު ރައީސްގެ އަރިހުން މަރުގެ އަދަބު ތަންފީޒުކުރާނަންތޯ އަހާލަދިނުން ވަރަށް ބޮޑަށް އެދެވިގެންވެ.

The name is already taken The name is available. Register?

ބަސްތާ

13 December 2023

މަރުގެ އަދަބު ދޭން ހުކުމް ކުރިޔަސް، އެ ހުކުމް ސަރުކާރުން ތަންފީޒު ނުކުރަންޏާ އެއީ ބޭކާރު ހުކުމެއް. ދިވެހިން ގާނޫނު ތަންފީޒު ކުރަން އެދެންޏާ ސަރުކާރުތަކަށް ޕްރެޝަރ ކުރަން ޖެހޭ. ވޯޓު ދިނުމުގައި މިކަމަށް ވިސްނަން ޖެހޭ. ގޭގަ ތިބެގެން ހުސް އަނގަ ތެޅިޔަސް ކަމެއް ނުވާނެ.

The name is already taken The name is available. Register?

ހެއްކާބެހޭ އައު ޤާނޫނު

13 December 2023

މާއްދާ 140، (ނ) ޒިނޭގެ ކުށް ފިޔަވައި، އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ 2 (ދޭއް) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ އަމިއްލަ އިޢުތިރާފުންނެވެ.

The name is already taken The name is available. Register?

ބަދަ

13 December 2023

ޒަމާނީ ޓެކްނޮލޮޖީގެ އެވިޑެންސް ހުރެފަ ދެފިރިހެނުންގެ ހެކިބަސްނުލިބި ކުށުން ބަރީއަވެވޭ. އަދި ދެފިރިހެނުންގެ ހެކި ލިބި ޒަމާނީ ޓެކްނޮލޮޖީގެ އެވިޑެންސް ނެތަސް ކުށް ސާބިތުވޭ. ނޯޓް: ދެފިރިހެނުންގެ ހެއްކަކީ މިގައުމުގަ 200 ރުފިޔާއަށް ގަނެލެވޭ އެއްޗެއް.އަދި ގިނައީ ފާސިގުން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

13 December 2023

މިގައުމުގާ އެންމެ ހައްގު ގިނަ ބަޔަކީ މީހުން މަރާ މީހުން. ދެން ވިސާނެތި ދިރިއުޅޭ ބަނގުލަދޭޝްމީހުން.

The name is already taken The name is available. Register?

ހެއްކާބެހޭ ޤާނޫނު

13 December 2023

މާއްދާ 140،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454