ދުނިޔެ / އަގްސާ ތޫފާން

އެންމެ ރަހީނަކު ވެސް ދިރިހުއްޓާ ސަލާމަތް ނުކުރެވޭނެ: ހަމާސް

ހަމާސް ސަފައިން: އިޒްރޭލުގެ ރަހީނުން ސަލާމަތްކޮށްގެން ގެންދިއުމަކީ އިޒްރޭލުން ކިތަންމެ މަސައްކަތެއް ކުރިޔަސް ކާމިޔާބުވާނެ ކަމެއް ނޫން.

11 ޑިސެމްބަރ 2023 - 11:41

3 comments

ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން އެންމެ މީހަކު ވެސް، ފުރަނާޔާ އެކު ސަލާމަތްކޮށްގެން ގެންދިއުމަކީ އިޒްރޭލުން ކިތަންމެ މަސައްކަތެއް ކުރިޔަސް ކާމިޔާބުވާނެ ކަމެއް ނޫން ކަމަށް ހަމާސް އިން ބުނެފި އެވެ.

ހަމާސްގެ އަސްކަރީ ގޮފި އަލް ގައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ އާންމު ކުރެއްވި ބަޔާނެއްގައި އިއްޔެ ވިދާޅުވީ ރަހީނުން ބަދަލުކުރުމާ ބެހޭ ގޮތުން ހަމާސް އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުކޮށް، އިޒްރޭލުގެ ރަހީނުން މިނިވަންކުރަން އުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ރަހީނުން މިނިވަންކުރަން އުޅެގެން، އެންމެ ރަހީނަކު ވެސް ދިރި ހުއްޓައި ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބޫ އުބައިދާ މި މޭރުމުން އިޒްރޭލަށް އިންޒާރު ކުރެއްވީ ހަމާސްގެ ބެލުމުގެ ދަށުގައި ހުރި އިޒްރޭލުގެ ރަހީނަކު ސަލާމަތްކުރުމަށް، މިމަހުގެ 8 ވަނަ ދުވަހު އިޒްރޭލު ސިފައިން ކުރި މަސައްކަތް ހަމާސްގެ ހަނގުރާމަވެރިން ނާކާމިޔާބު ކޮށްލާފައި ވަނިކޮށެވެ. ހަމާސް އިން ރަހީނު ކޮށްފައި ހުރި އިޒްރޭލު ސިފައިންގެ މީހަކު މިނިވަންކުރުމަށް، އިޒްރޭލުގެ ޚާއްސަ ފައުޖުގެ ސިފައިން އެ ދުވަހު ކުރި މަސައްކަތުގެ ތެރޭގައި، ހަމާސްގެ މުޖާހިދުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި އެ ރަހީނު ވަނީ މަރުވެފަ އެވެ.

"އަސީރުން ބަދަލުނުކޮށް އަދި މަޝްވަރާ ނުކޮށް އަދި މުޖާހިދުންގެ ޝަރުތުތައް ފުރިހަމަކޮށްނުދީ، އެމީހުންގެ އެންމެ ރަހީނަކު ވެސް ސަލާމަތްކޮށްގެން ގެންދިއުމަކީ، މި އަނިޔާވެރި އަދުއްވުންނަށް އަދި އެމީހުންގެ ބައިވެރިންނަށް ވެސް ކުރެވޭނެ ކަމެއް ނޫން،" އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް އިޝާރާތް ކުރައްވައި އަބޫ އުބައިދާ ވިދާޅުވި އެވެ.

ހަމާސް ޖަމާއަތާއި އިޒްރޭލު ސަރުކާރާ ދެމެދު، ގަތަރު މެދުވެރިވެގެން ގާއިމުކުރި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ހަތް ދުވަހަށް ހަމަލާތައް މެދުކަނޑައިލުމަށް ފަހު، ދެ ފަރާތުން ވަނީ އަސީރުން ބަދަލުކޮށްފަ އެވެ. ނޮވެމްބަރު 24 ން 30 ށް ހަމަލާތައް މެދުކަނޑައިލުމަށް ފަހު، އިޒްރޭލުން ފަލަސްތީނުގެ 240 އަސީރުން މިނިވަންކުރުމުން ހަމާސް އިން ވަނީ 105 ރަހީނުން މިނިވަންކޮށްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ 80 މީހުން ވެސް ހިމެނެ އެވެ.

ހަމަލާތައް މެދުކަނޑައިލުމަށް ފަހު ޑިސެމްބަރު 1 ގައި އިޒްރޭލުން އަލުން ހަނގުރާމަ ފެށިއިރު، ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ 137 ރަހީނަކު އެބަތިއްބެވެ. އެއީ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ ސިފައިންނެވެ.

އަބޫ އުބައިދާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު، ހަތިޔާރުގެ ކުރިމަތިލުން ނޫން ބަހުރުވައެއް އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރަކަށް ދޭހައެއް ނުވެ އެވެ.

"މި އަނިޔާވެރި ޚުދުމުޚުތާރު އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ފަލަސްތީނުގެ ކޮންމެ އަވަށެއްގައި އަދި ކޮންމެ މަގެއްގަޔާއި ކޮންމެ ވާދީއެއްގައި ހަނގުރާމަ ކުރުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް. އަދުއްވުން އެހިންގާ ގަތުލުއާންމުގެ އަމާޒަކީ އަހަރެމެން މިކުރާ ޖިހާދުގެ ބާރު ކަނޑުވައިލުން. އެކަމަކު އަހަރެމެން މިކުރާ ޖިހާދަކީ އަހަރެމެންގެ އަމިއްލަ ބިމުގައި ތިބެގެން ކުރާ މުގައްދަސް ޖިހާދެއް."

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 66 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 17900 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 49000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8600 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 89%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަނާހު

11 December 2023

ﷲގެ ވާގިފުޅާއެކު އަހަ ހަރެމެން މުސްލިމުންނަށް ނަޞްރު ދެއްވާނެ. ޢަދުއްވުން ބަލިވާނެ.

The name is already taken The name is available. Register?

ބަރަބޯ.

11 December 2023

އިޒްރޭލު މިހަނގުރާމައިން ބަލިވެދާނެތީ ސަޢުދީ މިޞްރު ގަލްފުގެ ޢަރަބި ވެރިން ވަރަށް ބިރުގަނޭ. ސަބަބަކީ އިޒްރޭލަށްފަހު ހަމާސް އާއި ޔަމަނުގެ ހޫސީންނާއި ހިޒްބު الله ގުޅިގެން އިރާނުގެ މަދަދާއެކު އެގައުމުތަކުގެ ވެރިކަން ވައްޓާލާނެކަން އެނގޭތީ. މިއީ މަ ހަނގުރާމައިގެ އަނދިރި ފަރާތް.

The name is already taken The name is available. Register?

އައިމިނާ

11 December 2023

ބަރާބަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454