މެޓްރޯފްލެކްސް ޖިމްގައި ބަހައްޓާފައި ހުރި ޓްރެޑްމިލްތަކެއް.-- ފޮޓޯ: މެޓްރޯފްލެކްސް
10 ފެބުރުއަރީ 2017 - 19:44
ދަރިވަރުންނަށް ހާއްސަކޮށް، ވަރަށް ހެޔޮ އަގުތަކެއްގެ ދެ ޕެކޭޖެއް މެޓްރޯފްލެކްސް ޖިމް އިން މިއަދު ތައާރަފްކޮށްފި އެވެ.
މ. އައިލެކްސް ގޭގެ ފުރަތަމަ ބުރީގައި ހުންނަ މި ޖިމް އިން ތައާރަފް ކުރީ ސްކޫލު ދަރިވަރުންނަށް ހާއްސަ ޕެކޭޖަކާއި ކޮލެޖު އަދި ޔުނިވަސިޓީތަކުގައި ކިޔަވާ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. މީގެ ތެރޭން، ޕްރައިމަރީ އަދި ސެކަންޑްރީގެ އިތުރުން އޭލެވެލް ހަދާ ކުދިންނަށް ހާއްސަ ޕެކޭޖު 650 ރުފިޔާ އަށް ލިބޭއިރު، ކޮލެޖު އަދި ޔުނިވަސިޓީތަކުގެ ދަރިވަރުންނަށް ހާއްސަ ޕެކޭޖުގެ އަގަކީ 750 ރުފިޔާ އެވެ.
މެޓްރޮފްލެކްސްގެ އޮފިޝަލަކު ވިދާޅުވީ މި ދެ ޕެކޭޖުން ވެސް ޖިމްގެ ހުރިހާ އެއްޗެއް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ފަށައިގަންނަ ފަރާތްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކަސްރަތު ޕްރޮގްރާމެއް ކޮންމެ ކުއްޖަކަށް ވެސް ދީ، އިންސްޓްރަކްޓަރެއްގެ އިރުޝާދުގެ ދަށުން ކަސްރަތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކިޔެވުމާއި އެއާ ގުޅުން ހުރި ކަންކަމަށް ހަރަދުކޮށްފައި ޖިމަކަށް ދާން ބޮޑު އަގެއް ދައްކަން ޖެހުނީމަ ގިނަ ކުދިންނަށް ބޮޑު ހަރަދަކަށް މި ވަނީ. މިހާ ބޮޑު ޑިސްކައުންޓެއް ހިމެނޭ ދެ ޕެކޭޖު ތައާރަފް ކުރީ، ދަރިވަރުންނަށް ވެސް ރަނގަޅު ސިއްހަތެއްގައި ތިބެވޭނެ ގޮތް ފަހިކޮށް ދިނުމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ދަރިވަރުންނަށް ހާއްސަ ދެ ޕެކޭޖާ ބެހޭ މައުލޫމާތު ހިމެނޭ ފޭސްބުކް ޕޯސްޓެއް.
މެޓްރޯ ފިޓްނަސް ގްރޫޕް (އެމްއެފްޖީ) އިން މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވި ޖިމްގައި ބޭނުން ކުރަނީ މަޝްހޫރު "ލައިފް ފިޓްނަސް" އާއި "ޓެކްނޯޖިމް" ބްރޭންޑުގެ އާލާތްތަކެވެ. އޭގެ ތެރޭގައި ރާއްޖެ އަށް މުޅިން އާ ބައެއް ތަކެތި ވެސް ހިމެނެ އެވެ.
މި ޖިމް އިން ވަނީ އެކި ފަރާތްތަކަށް ހާއްސަ ޕްކޭޖުތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އާ އަހަރުގެ ތެރޭގައި ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ، "ނިއު އިޔާ ރެޒޮލިއުޝަން"ގެ ނަން ދީފައިވާ ޕެކޭޖަކާއި ކައިވެންޏަށް ފިޓުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ، "ވެޑިން ޓްރާންސްފޯމޭޝަން"ގެ ނަން ދީފައިވާ ޕެކޭޖެއް މިދިޔަ މަހު ވަނީ ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަިަަަިއިމްތި
15 February 2017
ޙަމައެކަނި ފިރިހެން ކުދިންނަށް އެކަނިތަ؟
ކިލާ
12 February 2017
އެންމެ ޒުވާން ޓްރެއިނަރުން ތިބި ޖިމް ތިއީ! މާކެޓިން އަދި ހިދުމަތް ވަރަށް ސަޅި
ޢައިށާ
11 February 2017
ޖިމްތަކުގެ ބޭނުންކުރަން ނުޖެހޭނެ އިސްލާމްދީން ގައި އަންގަވާފައވާ ގޮތަށް ކެއުމާއި އުޅުން ބަހައްޓާނަމަ
ވާސިފް
10 February 2017
މާލޭގައި މިވަގުތު ހުރި އެންމެ ހިދުމަތް ރަގަޅު ޖިމް. ވަރަށް ހަބޭސް
ޝާޙް
10 February 2017
ހަބޭސް ޖިމެއް
ލަބީދް އެންޑް ކަބީރް
10 February 2017
މާސްޓާސް ނުވަތަ ޕީއެޗްޑީ ހެދިޔަސް އެ ބަލާނީ ދަރިވަރެއް ކަމައްތަ؟
ޔާމްބެ
10 February 2017
ވަރަށް ސަޅި