11 ޑިސެމްބަރ 2023 - 18:41
އުރީދު އާއި މައިކްރޮސޮފްޓްގެ ޕާޓްނާޝިޕްގެ ދަށުން މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫ ހެޑް އޮފީހުގައި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ތައާރަފްކުރުމަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ ޒާހިރު ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ސޮލިއުޝަންތަކަކީ ހަރަދުކުޑަ ގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި، މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓާޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްތައް ހިމެނޭ ފުރިހަމަ ސުއިޓެއް ކަމަށެވެ. އަދި މި ސޮލިއުޝަންތައް އުރީދޫން ހެޔޮ އަގުތަކެއްގައި ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސްގެ ހިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ޕާ-ޔޫޒާ މަންތްލީ ސަބްސްކްރިޕްޝަނެއް ލިބޭނެ. އެ ކަސްޓަމަރަކު ހިޔާރު ކުރާ ޕެކޭޖުތަކަށް އަގުތައް ޑިޕެންޑު ވާނީ. އަޅުގަނޑުމެންގެ ސަބްސްކްރިޕްޝަނުގައި ދިވެހި ރުފިޔާއިން ފައިސާ ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދެއްކޭނެ. އެއީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެއް." ނޫރާ ވިދާޅުވި އެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ތައާރަފް ކުރި މި ސޮލިއުޝަންތަކަކީ އެ ކުންފުނިން ރާއްޖެ ޑިޖިޓަައިޒްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
އުރީދޫން ތައާރަފް ކުރި މޮޑަން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ތެރޭގައި ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި ކްލައުޑް ވެސް ހިމެނެ އެވެ. އުރީދޫ މެދުވެރިކޮށް މި ހިދުމަތް ހޯދާ ފަރާތްތަކަށް 24 ގަޑިއިރު ދިވެހި ބަހުން ސަޕޯޓް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy