12 ޑިސެމްބަރ 2023 - 21:03
އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕެއްގެ ގޮތުގައި އެކަން ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.
މިއަދު އެސްއޯއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕެއްގެ ތެރެއިން އެކްސްރޭ ފަދަ ތަކެތި ނަގަން ޖެހޭ އިރު އެއީ ބަލި މީހަކު މާގިނައިން އެކްސްޕޯސް ކުރަން ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ.
"މީގެ ތަންކޮޅެއް ކުރިން ވެސް މެޑިކަލް ޗެކްއަޕް ފަށަން ވެގެން، ޕެކޭޖުތައް ހެދި އިރު ވެސް އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ޓެސްޓުތައް ވެސް ލާފަ ޗެކްއަޕްތަކެއް ހަދަން ހިމެނީ. އަޅުގަނޑުމެން އެ މައުލޫމާތު އެންސްޕާއާ ހިއްސާކޮށްފައިވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕް ކީ ކަމުގައިވީ ނަމަވެސް، ވަރަށް ބޭސިކް ސްކްރީނިންތަކެއް ހެދުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބްލަޑް އަދި ޔޫރިން ޓެސްޓްތަކެއް ހެދުމަށް ފަހު، އިތުރަށް ކަންކަން ޗެކް ކުރާނީ ޓެސްޓްތަކުގެ ނަތީޖާއިން ކަމެއް ފާހަގަކުރެވޭ ކަމުގައިވާ ނަމަ ކަމަށެވެ.
އޭނާ ވިދާޅުވީ، މެޑިކަލް ޗެކަޕްގެ ކަންކަން ކުރިއަށް ދާނެ ގޮތް ނިންމާނީ އެންސްޕާއިން ކަމަށެވެ
އާސަންދަ ފެށުނީއްސުރެ އެތަނުގައި މަސައްކަތް ކުރާ ޒީނިއާ އެހެން ވިދާޅުވި އިރު މިދިޔަ ހަފްތާގައި ރައީސް ވަނީ އަހަރަކު ދެ ފަހަރު އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެއްދޭނެ ގޮތް ހަމަޖައްސަވާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންދަ
13 December 2023
އަހަރަކު 2ފަހަރު ހެލްތުޗެކުހަދަންޖެހޭނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނަމުގައި ބޮޑެތިމުސާރަނަގާ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީދާއިރާގެ ފަނޑިޔާރުންނާއި ދެންވެސް ދައުލަތުގެ މަތިފަޑީގައިތިބޭބަޔަކު. ޢާންމުންނާއި ދަށުފެންވަރުގެ ސަރުކާރު މުވައްޒިފުން ހެލްތުޗެކު ކޮންމެހެން ހަދާކަށް ނުޖެހޭނެ. ތިކަހަލަ ހުރިހައިކަމެއްގެ ޙައްޤުވެރިންނަކީ ރައްޔިތުންފެލައިގެން ބޮޑުމުސާރަހޯދާ މަތިފަޑީގެ ބޭޅުން. މިބޭޅާ އަހަރަކު 5 ފަހަރު ހަދަންޖެހޭނެ.
ޗޯރުގެ އެޖެންޓެއް
13 December 2023
މީނަ ބޭރުކުރޭ! އަހަރަކު ފެފަހަރު ހަދހަން އޮތަސް ގަވަިދެއް މިކަމުގަ ހަދައިގެން މިކަން ކުރެވޭނެ. 2 ފަހަރު ހެދޭގޮތަށް އޮތަސް
ހާސަރު
13 December 2023
އާސަންދައިގެ އެމްޑީ ޓީވީއަށް އަރާ ވަރަށް ރަގަޅަށް އާސަންދަ ރިފޯމްކުރާނެ ގޮތާއި މިހާރު ޚަރަދުތައް މާ ބޮޑުވަނީކީއްވެކަން ވަރަށް ތަފްސީލްކޮށް ކިޔާދިނީމަ ޖެހިގެން އައި ދުވަހު ރައީސް ދެއްކީ އެޔާ މުޅިން އިދިކޮޅުވާހަކަ ތަކެއް! ހުރިހާ ކަމެއް މިވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި.
މެލޭސިޔާ ހުސޭނު
13 December 2023
އާސަނަދަ ޚަރަދު ބޮޑުވެގެން އުޅެނީ ތިކަމާހެދިތަ؟ %50 އަށް ވުރެ ބޮޑުބައި ދަނީ މެޑިކަލް މާފިޔާ އަށް. ބޭސް ފިހާރަތަކަށާ އޭތިމީތި ސަޕްލައިކުރާ ކުންފުނިތަކަށް. މި މާފިޔާ ނުހުައްޓުވާ ޚަރަދުކުޑަވާނެ އެއްވެސްގޮތެއްނެތް. މިކަން ކުރާކަށް ނުވެސް ކެރޭނެ. އަޑީގައި ތިބި ޑޮކްޓަރުންނާ ހޮސްޕިަޓަލްތަކުގެ ވެރިންނާ މެންބަރުން ގުލިފަ. މިއީ ޙަޤީޤަތް.
ނަމޭ
13 December 2023
ތީ ހުސް ހޮޅި ވާހަކަ.. މި ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު ބަޔަކު ތި ބުނާ މެޑިކަލް ޗެކްއަޕެއް ހަދާނީ.. އެވެސް ކޮންމެވެސް ބަލިކަމެއް ތަހައްމަލްކުރަމުން ދާ މީހެއް.. ހަމަ ކަމާކަން ފަށާފަ އެއްވެސް ސަބަބެއް ނެތި މެޑިކަލް ޗެކްއަޕް ނުހަދާނެ ގިނަ މީހުން.
ގުއިއްޒު
13 December 2023
މިސަރުކާރުގަ ރައީސް ދައްކާ ވާހަކަޔަކާ ތަންތަން ހިންގަން ތިބޭ މީހުން ދައްކާ ވާހަކަޔަކާ ދިމައެއްނުވޭ. މިކަން އިސްލާޙްކޮށްގެންނޫނީ މަގްބޫލު ސަރުކާރަކަށް ނުހެދޭނެ.
ބޮޑުރިޔާ
13 December 2023
ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދޭނޭ ދެން ޑރ އެހެން ވިދާޅުވެފައި އޮއްވާ ދެންކިހިނެއްވެގެންތޯ ނަރުހުން އެކަން ނުކުރަންތިއަ އުޅެނީ
ދުޅަހެޔޮ
13 December 2023
ވ ގާބިލުކަން ދަށްކާވާހަކަ އިން އެބަ އެނގޭ،އާސަންދަ އެއްވެސް ބާސަންދަ ގަނޑެއްވެސް ދޭނެ ކަމެއްނެތް،ތި އަކީ ބަޔަކު މުއްސަނދި ވާން ކަޓް ނަގަން ހަދައިގެން ކުޅޭ ގޭމެއް،ކޮށްމެހެން ޕްރެސް ކޮންފެރެންސް ބާއްވާ ރައްޔިތުން ލޮލުގަ އަނދުން އަޅުވާނެ ކަމެއްނެތް މާމޮޅަށް ކަންކަން ކުރެވޭ ބަޔަކަށް ވެގެން،މިވީހާ ތަނަށް ކުރީ ވައްކަން އަދިވެސް ކުރާނީ ވައްކަން ތިއިން،ތި ބޭފުޅުންގެ އާއިލާ ސަރުކާރުން ޙަރަދުގައި އިންޝިއުރެންސް ކޮށްފަ ބަޖެޓް ހުސްކޮށްލީމަ ރަނގަޅުވާނެ،ވސަލން
ޒިމްނާރ
13 December 2023
ސައުދާ ބުނާހާ އެއްޗެއް ޕޮލިސީ އަށް ހެދީމަ ވާނެ ފަހެތި.
ކަތްދާ
13 December 2023
މަންޖޭ ޑަކްޓަރުވިދާޅުވަނީ 3 މަހުން ޓެސްޓްްތައްހަދާ އަހަރަކު ތިންފަހަރު ޗެކަޕްހަދަން މަންޖެތިބުނަނީ ނަހަދާށޭ