ފުށިދިއްގަރު ފަޅު. އެތަނުގައި ބޯހިޔާވަހިކަމުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާނެ --
13 ޑިސެމްބަރ 2023 - 23:20
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން މި ސަރުކާރުން މަޝްވަރާކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން މިރޭ ދޮގުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރި ފަޒުލް ރަޝީދު އެ ވާހަކަތައް ދޮގުކުރެއްވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ޕްލޭން ކުރަމުންދާ ކަމަށް ބުނެ ފެތުރި ޚަބަރާ ގުޅިގެންނެވެ.
ފަޒުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރަށް ބަދަލު ކުރި ކަމަށް ބުނެ ދެއްކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ފަޒުލް އެހެން ވިދާޅުވިއިރު، ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޔަކާ ހަވާލުކުރި ކަމަށް ވެސް މިއަދު ވަނީ އަޑު ފެތުރިފަ އެވެ. އެކަން ސަރުކާރުން ދޮގެއް ނުކުރެ އެވެ.
"މިހާރު" އިން މިއަދު ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ އަށް ވުރެ އިތުރަށް އެ ވާހަކަ މި ވަގުތު ދެއްކެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
HDC inn hulhumale 3 akun bin libunu farai thaku ge bin fushidhihgaru falhah badhalu kurumah ninmi vaahaka akee hageegathaa khilaafu vaahaka eh. pic.twitter.com/r2yFtWXhcm
— Fazul Rashyd (@FaZuLRaShYd) December 13, 2023
ފުށިދިއްގަރު ފަޅުގައި 65،000 ހައުސިން ޔުނިޓް އިމާރާތްކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ހިމެނި ނަމަވެސް ބަޖެޓު ކޮމިޓީގެ މަރުހަލާގައި އެ ޕްރޮޖެކްޓަށް ބަޖެޓުގައި ކަނޑައެޅި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެމްބަރުންގެ ބާރުން ވަނީ އުނިކޮށްފަ އެވެ.
ބަޖެޓު ކޮމިޓީގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕްރޮޖެކްޓަށްވި ފައިސާ އުނިކުރުމަށް ފަހު ވަނީ އެހެން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައެޅީ އެވެ.
ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށަން އޮތީ ތާވަލު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ.
31 December 2023
މުއިއްޒު ކުރިން ދެއްވި ފްލެޓްތަކުން ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން ފުށިދިއްގަރު ފަޅުން ގޯއްޗަށް ބަދަލުކުރަން އެދޭ މީހުންނަށް އެފުރުސަތު ތަނަވަސް ވާނެ ކަމަށް އުންމީދު ކުރަން. ބަދަލުވާން މަޖުބޫރު ނުކުރިޔަސް ފުރުސަތު ލިބުމުން އެގޮތަށް ރުހޭނެ މީހުން މަދެއް ނުވާނެ. ގިނަ ބަޔަކަށް އެފުރުސަތު ދީފިނަމަ، އެ އެންމެން ތިޔަތަނުގެ ތަރައްގީ ހުއްޓުނަ ނުދިނުމަށްވެސް 2 ވަނަ ދައުރަށް ވޯޓުދޭނެ.
އަރިދަފުސް
14 December 2023
އެތާގެ މަސައްކަތެއް ނުކުރާތާކު އެކަމުގެ ވާހަކައެއްވެސް މި މީހުން ނުދައްކާ... ދޮގުހަދާ ބައެއް މުއިއްޒު ސަރުކާރު މީ
ހާސަރު
14 December 2023
ދޮގުކޮށްފަ ޚަބަރެއް ނެރުނަކަސް ނުނިމޭ! އަމަލީ ގޮތުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް މިސަރުކާރު އައި ފަހުން ނުކުރޭ! ސަރުކާރު ބަދަލުވިއަސް ހިގަހިގާ ހުރިކަންތައް ހިގާނަމަ މިކަހަލަ ވާހަކަ މީހުން ނުދައްކާނެ. އަދިވެސް އެއްވެސް ގޯއްޗެއްގާއި ވަށާފާރު ރާނަން ހުއްދަވެސް ނުދޭ. ހަވާލުނުކޮށް ހުރި ރަޖިސްޓްރީތައްވެސް ހަވާލެއް ނުކުރޭ. އެހެންވީމަ ޝައްކުއުފެދޭނެ. އަދި ފާޑުފާޑު ވާހަކަ ދައްކާނެ.
ހަލީމާ.
14 December 2023
ނުޖެހޭ މަސައްކަތް ކުރާކަށް އިބުރާހިމް ބަހާލި ގޯތިތައް ޖެހޭނީ ނަގަން.
ޒަރީނާ
14 December 2023
އެމްޑީޕީ އަކީ އަބަދުވެސް ފިތުނަފަސާދަ އުފައްދާ ރައްޔިތުންގެތެރެ ހަލަބޮލި ކޮށްލަން އުޅޭ ބަޔެއް.
ފުށިދިއްގަރު މޭޔަރު
14 December 2023
އެމްޑީޕީއަކުން ނޫން ދޮގާ ފިތުނަޔާ އަނެކައްޗަކާ ވިއްކައިގެން ވެރިކަމަށް އައިސް ތިބީ! އެކަން ކުރީ ވެރިކަމުގަ ހުރި މުއިއްޒު!
ވާފިގު
14 December 2023
މީހުންގެ ގޯއްޗެއް މުއިއްޒުއެއް އަތެއް ނުލާނެ. ފިތުނަ އުފެއްދުން ހުއްޓާލާ
ފުށިދިއްގަރު މޭޔަރު
14 December 2023
އަތުލާނެ! ފްލެޓުވެސް އަތުލާނެ! ގޯތި ވެސް އަތުލާނެ! ހުރިހާ އެއްޗެއްް އަތުލާނެ! ޔާމީނު މިނިވަންކުރިތަ؟!
ނިމާލްް
14 December 2023
ދޮގު ހެދުމުން ވެރިކަން ވެއްޓުނީ. އަދިވެސް ވިސްނޭކަށް ނުވޭތަ މި ބައިގަނޑަށް.
ފުށިދިއްގަރު މޭޔަރު
14 December 2023
އަސްތާ! މިހާ އަވަހަށް ރަހަލީ ދޯ! އަދިވެސް ދޮގު ހަދައިގެން ވެރިކަމަށް އަންނާތި! ދެން ޖެހޭނީ ފަހަތަށް ކުޅެން!
ހާއިން
14 December 2023
އެމްޑީޕީއިން ކިތަންމެ ބޭނުން ނުވިޔަސް ފުށިދިއްގަރުފަޅު މަޝްރޫއު މުއިއްޒު ހިންގާނެ
މަނާސިގް
14 December 2023
އަގުވައްޓަލަން ކިތަންމެ މަސައްކަތެއް ކުރިޔަސް ދެން ރައްޔިތުން ގުނބޯ ނުހެއްދޭނެ. ގުނބޯ ހެއްދި ދުވަސް މާޒީވެ ހިގައްޖެ.
ފުށިދިއްގަރު މޭޔަރު
14 December 2023
އަދިވެސް ވެއްޓޭނެ ކުރިއަށް އޮތް ދުވަސްތަކުގަ! ނިކަން ރަގަޅަށް މިފަހަރު ތިވެރިން ހެދިހާ ދޮގުތަކާ ފިތުނަތައް އަތަށް ގޮވާތަން ދިވެހިންނަށް ފެންނާނެ!
ލާކިން
14 December 2023
އެމްޑީޕީ މީހުން ފިތުނަ އުފެއްދުން ހުއްޓާލަން ޖެހޭ
ބިޝާރް
14 December 2023
މުޖުތަމައުގެ ކަރާމަތާއި އިއްޒަތް މި ނަގާލަނީ ކޮންބޭނުމެއްގަހެއްޔެވެ. ފްލެޓާއި ބިންވެސް ދޭނެ. ހަޖަމްކުރޭ.