ރިޕޯޓް / ލެފުން

ހޯރަފުއްޓާއި ތަކަންދޫން ގުދުރަތީ ބޮޑު ދެ ބަދަލެއްގެ މަންޒަރު

ހޯރަފުށީ އުތުރު ކޮޅުން ހުޅަނގު ފަރާތުގައި ކުރިން މުޅިން ވަކިން އޮތް ކުޑަފިނޮޅު، ހޯރަފުއްޓާ ގުޅިފައި: ކުރިން ފުން ވިލެއް އޮތް މޫދު ގުދުރަތީ ގޮތުން ގުޅުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެއް --މިހާރު ފޮޓޯ/ އަބްދުﷲ އައުރާފް

12 ފެބުރުއަރީ 2017 - 06:17

50 comments

މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ވެސް ހއ. ތަކަންދޫ އުތުރު ކޮޅު ކުޅި އޮތީ، ރަށު ރައްޔިތުންނަށް އޭގެ ކުރިން ވެސް ފެންނަ ހިތްގައިމު ސިފަތަކާ އެކު އެވެ. މޫދާއި ކުޅިއާ ދެމެދު، ކުރެދި ގަސްތަކުން ފުރިފައިވާ، ހޭޅިފަށެއް އޮވެ އެވެ. އެކަމަކު މިދިއަ އަހަރުގެ ޖޫން/ޖުލައިގައި ހޭޅިފަށް ގިރާލައި، ކުރެދިގަސްތައް ވެއްޓި، ކުޅި އާއި މޫދު ގުޅުނެވެ. މިހާ ހިސާބުން އެ ބަދަލު ނިމުނީކީ ނޫނެވެ. ރަށުގެ އުތުރު ކޮޅުން ހުޅަނގު ފަރާތުގައި އަބަދުވެސް އޮންނަ ބޮޑު ތުނޑި ގިރާލައި، އޭގެ ފަސްތައް ކުޅީގެ އުތުރު ފަރާތަށް އަރަން ފެށީ އެވެ. އެއީ އުތުރު ކޮޅު ކުޅިން މީގެ ކުރިން ދުވަހަކު ވެސް އެ ރަށު ރައްޔިތުންނަށް ފެނުނު މަންޒަރެއް ނޫނެވެ.

މިހާރު ކުޅި އޮތީ އެ ބޮޑު ފަސްގަނޑުން ބެދިފަ އެވެ. ތަކަންދޫގެ ހިތްގައިމު ތުނޑި ގިރާލުމުގެ އިތުރުން ހުޅަނގު ފަރާތު ގޮނޑުދޮށުން ވެސް ބޮޑު ބައެއް ވަނީ މޫދަށް ވެފަ އެވެ. ކުރިން ނަމަ ތުނޑި އާއި ކުޅިއަށް ރަށު މީހުން ދަނީ ހުޅަނގު ފަރާތު އަތިރިމަތިން ލައިފަ އެވެ. އެކަމަކު އެ ސަރަހައްދު މޫދަށް ވުމުން ރައްޔިތުން ވަނީ ކުޅި އަށް ދެވޭ ގޮތަށް ވައު ކޮށައިގެން، ރަށު ތެރެއިން މަގެއް ހަދައިފަ އެވެ.

ތަކަންދޫން ފުރައިގެން ލޯންޗެއްގައި ވިއްސަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ހއ. ގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ހޯރަފުށީގެެ ހުޅަނގު ކޮޅުން ވެސް ގުދުރަތީ ބޮޑު ބަދަލެއް ފެނެ އެވެ. ހޯރަފުއްޓާ 252 މީޓަރު (830 ފޫޓު) ދުރުގައި އޮތް ފަޅުރަށެއް ކަމަށްވާ ކުޑަފިނޮޅު މިހާރު ވަނީ ހޯރަފުއްޓާ ބިމުގެ ގޮތުން ގުޅި، ދެ ރަށް އެކުވެފަ އެވެ.

މިއީ ވެސް އެއްގޮތަކުން ބަލާ ނަމަ، އާދައިގެ ބަދަލެއް ނޫނެވެ. ދިގުމިނުގައި 573 މީޓަރު ހުރި ކުޑަފިނޮޅާއި ހޯރަފުއްޓާ ދެމެދު ކުރިން އޮތީ ފުން ވިލެވެ. ކުރީ ޒަމާނުގައި ހޯރަފުށީގެ އާންމު ކަނޑިންމަ އިން ދޯނިފަހަރަށް ނުވަދެވޭ ގޮތް ދިމާވެއްޖެ ނަމަ އުޅަނދުފަހަރު އެ ރަށަށް ވަންނަން ބޭނުންކުރީ ވެސް، "އަޑަވަރު"ގެ ނަމުން މަޝްހޫރު، އެ ދިމާލެވެ. އެހެންކަމުން އެއީ ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވެސް ފަސޭހަ، ފުން ތަނެއްކަން، ކުރީ ޒަމާނުންސުރެ ވެސް އޮތީ އެނގޭށެވެ.

ނަމަވެސް ދެ ރަށުގެ ދެމެދުގައި އޮތް އެ ފުން މޫދު ކުއްލިއަކަށް ތިލަވެ، ގުދުރަތީ ބޮޑު ބަދަލެއްގެ ނިޝާންތައް ދައްކާލި އެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވީ 2011 ގަ އެވެ. ބަލަބަލާ ތިއްބާ ލޮނުުގަނޑުން މައްޗަށް ފަސްގަނޑު އުފެދި، 2012 ގެ ފަހުކޮޅު ދެ ރަށް މުޅިން ގުޅުނެވެ. ކުޑަފިނޮޅަކީ ހޯރަފުށީގެ ބައެއް ކަމަށް، މިދިއަ އަހަރު ސަރުކާރުން ވަނީ ރަސްމީކޮށް ހަމަޖައްސައިފަ އެވެ.

ކުޅިއަށް ދިމާވި މަައްސަލަ އަކީ ކަންބޮޑުވުމެއް

ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަހީދު ވިދާޅުވި ގޮތުގައި ރަށުގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި ހިމެނޭ ކުޅިއަށް ދިމާވި އެ ބޮޑު ބަދަލާ އެކު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ކުޅިއަކީ ރަށަށް ލިބިފައިވާ ގުދުރަތީ ހިމާޔަތެއް ކަމަށް ބެލެވޭތީ އެފަދަ ބަދަލަކުން އެ ހިމާޔަތް ނެތިދިއުމަކީ އެންމެ ބޮޑު ނުތަނަވަސްކަމޭ ވެސް އޭނާ ވިދާޅުވި އެވެ.

ތަކަންދޫ ކުޅި ތެރެއަށް ވެލިގަނޑު ވަދެ، ބެދެމުން ދިޔަ އިރުގެ މަންޒަރެއް: މިއީ ކުރިން މި ކުޅިއަށް ވީ ގޮތެއް ނޫން

"އަޅުގަނޑުމެންނަށް އިވޭ ބުނާ އަޑު ކުޅިއަކީ ގުދުރަތީ ގޮތުން ރަށްރަށަށް ލިބިފައިވާ ހިމާޔަތެކޭ،" ޝަހީދު ވިދާޅުވި އެވެ.

"ސުނާމީގައި ވެސް މި ރަށަށް ޕްރޮޓެކްޝަން ލިބުނީ ކުޅި އޮތުމުންނޭ ވެސް ބައެއް މީހުން ބުނޭ."

ހަގީގަތުގައި މިއީ ތަކަންދޫ ރައްޔިތުން މީގެ ކުރިން ތަޖުރިބާ ނުކުރާ ބަދަލެއް ނޫނެވެ. ރަށުގެ ދެކުނު ފަރާތުން އިރުމަތީގައި ކުރިން އޮތް ކުޅިއަށް ވެސް މީގެ އަހަރުތަކެއް ކުރިން ދިމާވީ ހަމަ އެ ހާލަތެވެ. ކުރިން އެއީ ވެސް މޫދާ ސީދާ ގުޅުމެއް ނެތް ތަނެކެވެ. އެކަމަކު ކުއްލިއަކަށް ހޭޅިފަށް ވެއްޓި، ކުޅި ތެރެއަށް ފަސްގަނޑު ވަނީ އެވެ. މިހާރު އެ ކުޅީގެ ބޮޑު ބައި ވަނީ އެ ވަލިގަނޑާ އެކު ހިކިފަ އެވެ.

ދެ ކޮޅުގައި އޮތް ކުޅިއަކީ ތަކަންދޫ ރައްޔިތުންނަށް، ބައެއް ދުވަސްވަރު، ވަރަށް ޚާއްސަ ތަނެކެވެ. އެގޮތުން މަސް ވެރިކަން ދަށްވެ، ލޮނުކަމަށް ޖެހޭ ފަހަރުފަހަރު އެއީ އެންމެ ބޮޑު އެހީ އެވެ.

"ލޮނުކަމަށް ދަތިވެއްޖެއްޔާ ކުޅިއަށް އެރި ދާ އަޅައިގެން ބޭންގު ހިފައި ރައްޔިތުންނަށް ބަހާނެ،" ޝަހީދު ވިދާޅުވި އެވެ.

އެކަމަކު ދެ ކުޅި ވެސް މޫދަށް ހުޅުވުމާ އެކު ހުރިހާ ބޭންގުތައް ނުކުމެ، މޫދަށް ފައިބައިގެން ދިޔައީ އެވެ. އުތުރު ކޮޅު ކުޅީގައި އުޅުނު ބޭންގުތައް ވެސް ރަށުގެ ފަޅުތެރެއިން ބައިބަޔަށް ފެނުނެވެ. މިހާރު އެ ކުޅީގައި އުޅެނީ، އެއް ބަޔަކު ބުނާ ގޮތުގައި، ބޭންގުގެ ބަދަލުގައި، މަޑި ފަދަ މޫދުގެ ދިރުންތަކެވެ.

ރާއްޖޭގެ ރަށްރަށަށް ލިބިފައި ހުންނަ ގުދުރަތީ ސިފަތަކަށް މި އަންނަ ބަދަލުގެ ސީދާ ސަަބަބުތައް ބުނަން ދައްޗެވެ. އެކަމަކު ތިމާވެށީގެ މާހިރުން ކަމަށްވާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ މައިގަނޑު ސަބަބު ގުޅިފައި އޮންނާނީ "މޫސުމަށް އަންނަ ބަދަލުތަކާ" އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަކަންދޫގެ ކުޅިއަށް ދިމާވި ހާލަތާ ގުޅިގެން ރަނގަޅު ނަތީޖާއަކާއި ނުބައި ނަތީޖާއެއް ވެސް ނުކުންނާނެ އެވެ. ރަނގަޅު ނަތީޖާ އަކީ ގުދުރަތީ ގޮތުން ރަށުގެ ބައެއް އުފެދި، ބިމުގެ ސަރަހައްދު ބޮޑުވުމެވެ. ނުބައި ނަތީޖާއެއްގެ ގޮތުގައި ނެގޭނެ ކަންކަމުގެ ތެރޭގައި، ގުދުރަތީ ބައެއް ދިރުންތައް ނެތުމާއި ރަށުގެ ފެން ފަށަލައަށް އަތުވެދާނެ ބަދަލު ހިމެނެ އެވެ. ކުޅީގެ ފެންގަނޑުން ރަށުގެ ތާޒާ ފެން ފަށަލަ މަދު ނުވެ ހިފަހައްޓައިދެ އެވެ. އެކަމަކު ކުޅި ބެދި، ފަސް އެޅުމުން ގުދުރަތީ އެ ނިޒާމަށް ބުރޫއަރަ އެވެ.

ހއ. ތަކަންދޫ: ރަށުގެ އުތުރު ކޮޅުގައި އޮންނަ ކުޅިއަކީ ރަށަށް ލިބިފައިވާ ގުދުރަތީ ރީތި ކަމެއް

ހޯރަފުއްޓާއި ކުޑަފިނޮޅު ގުޅިފައި އޮތްލެއް ވަރުގަދަކަމާ އަޅާބަލާއިރު ތަކަންދޫ ކުޅި ތެރެއަށް ވަދެފައި އޮތް ފަސްގަނޑުގެ ހިފެހެއްޓުން ފެންނަނީ ތަންކޮޅެއް ނިކަމެތިކޮށެވެ. އެހެންކަމުން މި އަހަރުގެ ހުޅަނގު މޫސުމުގެ ތެރޭގައި އެ ފަސްގަނޑު ގިރާލައި، އެހެން ހިސާބެއްގައި އެފަސްތައް ވޮޑުން އެކަށީގެންވެ އެވެ. އެކަމަށް ބާރު ލިބޭ ބައެއް ނިޝާންތައް މިހާރު ވެސް ފެނެ އެވެ.

"އެ ހިސާބުން މިހާރު ވެލިގަނޑު ގިރަމުން އެބަ ދޭ،" ކުޅިއަށް ވަދެފައި އޮތް ވެލިގަނޑާ ބެހޭ ގޮތުން ޝަހީދު ވިދާޅުވި އެވެ.

އެ ވެލިގަނޑު ގިރާލައިފި ނަމަ އަނެއްކާވެސް ކުރީގެ ބޮޑު ތުނޑި އުފެދުމުގެ ފުރުސަތު އޮވެދާނެ އެވެ. އެއީ ކުޅީގެ ހިތްގައިމުކަމާ އެއްވަރަށް އެރަށަށް ލިބިފައި އޮންނަ ގުދުރަތީ ރީތިކަމެކެވެ.

ހޯރަފުއްޓަށް އާ ފުރުސަތެއް

އާންމުކޮށް ތިލަ ހިސާބުތަކަށް ފަސް އަރައިގެން އެކި ރަށްރަށް ގުޅުމަކީ، ރާއްޖެ އިން ފެންނަ ގުދުރަތީ ބަދަލުތަކުގައި ހިމެނޭ ކަމެކެވެ. ނަމަވެސް ކުޑަފިނޮޅާއި ހޯރަފުއްޓާ ދެމެދު ކުރިން އޮތް ފުން މޫދު އެހާ އަވަހަށް ތިލަވުމުން ހައިރާންވާ މީހުން މަދެއް ނޫނެވެ.

"އެ ހިސާބުގެ ފުންމިން ވިއްސަކަށް ފޫޓަށް ވުރެ ކުޑައެއް ނުވާނެ،" ހޯރަފުށީ މީހަކު ބުންޏެވެ.

ހއ. ހޯރަފުށި (ކ) އާއި ކުޑަފިނޮޅު (ވ) ގުޅިފައި އޮތް އިރު މެދުގައި އެ އޮތް ފަސްގަނޑު އުފެދިފައި ވަނީ ކުރިން 20 ފޫޓުގެ ފުން މިން ހުރި މޫދެއްގެ ތެރޭގައި

މީގެ ފަސް އަހަރު ކުރިން ސްކޫލް ކުއްޖަކު ވަނީ އެ ސަރަހައްދުގައި ގެނބިގެން މަރުވެފަ އެވެ. އަދި އޭގެ ކުރިން ވެސް އެކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. އޭގެ މާނައަކީ އެއީ ފުން އަދި ބައެއް ފަހަރަށް އޮއި ވެސް ގަދަ ހިސާބުގަނޑަކަށް ވުމެވެ.

އެކަމަކު މިހާރު އެ މޫދުގެ އަސަރު ވެސް ފެންނާކަށް ނެތެވެ. އެންމެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 830 ފޫޓުގެ މޫދު ހިކި، ހޯރަފުއްޓާ ގުޅިގެން ދިޔައީ އެވެ. އެއީ ކުރިން ދެ ރަށެއްކަމެއް، ހޯރަފުއްޓަށް އަލަށް ޒިޔާރަތްކުރާ މީހަކަށް ނޭނގޭނެ އެވެ.

މި ބަދަލަކީ އެ ރަށު ރައްޔިތުންނަށް އުފަލެކެވެ. އެއްވެސް ޚަރަދެއް ނުކޮށް ރަށުގެ ބިމަށް އިތުރުވި ބައެކެވެ. އެ ހިސާބުގަނޑުގެ މޫދު ވެސް ރީތިވުމާ އެކު، ރަށު ކައުންސިލުން ދެކެނީ، އެއީ ކުރިމަގުގައި ޓޫރިޒަމްގެ މަސައްކަތްތައް ފަށަން ވެސް ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.

"މި ރަށު މީހުންނަށް މޫދަށް އެރި، ދަތުރު ގޮސް، އުޅެން ފަހިވި ފުރުސަތެއް މިއީ،" ހޯރަފުށީ ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވި އެވެ.

"ދެ ރަށް ގުޅުމުން އެ ފުރުސަތު މި އޮތީ ބޮޑުވެފައި. އާއިލާތަކާއި ސްކޫލް ކުދިން ދަތުރު ގޮސް، ހިތްފަސޭހަކޮށްލަން ފަސޭހަވާނެ. އެއީ ނުލާހިކު ރީތި މޫދެއް އޮތް ތަނެއް."

ކުޑަފިނޮޅާ އެކު ރަށަށް ހޯދޭނެ އިގުތިސާދީ ފައިދާތަކެއް ވެސް އެބަ ހުރިކަން އާރިފް ފާހަގަކުރެއްވި އެވެ. އެގޮތުން ޓޫރިޒަމް ސަރަހައްދަކަށް އެ ހިސާބު ޚާއްސަކޮށްގެން ތަރައްގީކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުއްމީދުކުރަނީ މި އަހަރުގެ ތެރޭގައި އެކަމަށް ހުޅުވާލެވޭނެ ކަމަށް، ސަރުކާރުގެ ހުއްދައާ އެކު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށް ނާޒުކު ފަދައިން ގުދުރަތީ ގޮތުން އަންނަ ބަދަލުތައް ވެސް އެހާމެ ގިނަ އެވެ. އިއްޔެ ފެނުނު ބޮޑު ތުނޑި މާދަމާ ގިރާލަފާނެ އެވެ. އިއްޔެ ފުން ވިލަކަށް އޮތް މޫދު ތިލަވެ، ރަށެއް އުފެދިދާނެ އެވެ. ގިރުމާއި ވޮޑުމާއި، އަލުން ކުދިކުދި ރަށްރަށް ލޮނުގަނޑު މަތިން ދައްކާލުން ކަހަލަ އެތައް މަންޒަރެކެވެ.

50 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 21%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު

14 February 2017

ތިބަދަލުތަކަކީ ބަނދަރުހެމުގެ ސަބަބުން ރަށްވަށާ އެބުރޭ އޮޔަވަރަށް ބަަދަލުއައުމުގެ ސަބަބުންވާ ކަންކަން.

The name is already taken The name is available. Register?

ލޫކުދައިތަ

13 February 2017

ތިއަކީ އެއްވެސް މައްސަލައެއްނޫން ތިކަމަކީ ތަކަންދޫ ރަތްއިތުން އުފާކުރަންވީކަމެއް ސަބަބަކީ ގުދުރަތީގޮތުން ރަށަށް ބިންބޮޑުވީ މުސްތަގުބަލުގަ ރަށުން ގޯތިދޫކުރުމަށް ފަސޭހަވީ ރަށުގެ އާބާދީ ބޮޑުވުމަށް އިތުރު ހިތްވަރެއް ތިލިބުނީ

The name is already taken The name is available. Register?

މަސީ ޑުރައިވަރު

13 February 2017

ރާއްޖޭގެ ރަށްރަށަށް ލިބިފައި ހުންނަ ގުދުރަތީ ސިފަތަކަށް މި އަންނަ ބަދަލުގެ ސީދާ ސަަބަބުތައް ބުނަން ދައްޗެވެ. އެކަމަކު ތިމާވެށީގެ މާހިރުން ކަމަށްވާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ މައިގަނޑު ސަބަބު ގުޅިފައި އޮންނާނީ "މޫސުމަށް އަންނަ ބަދަލުތަކާ" އެވެ. ކޮންމެ ކަމަކަށް މޫސުމަށް އަންނަބަދަލޭކިޔާފަ ނިންމާނުލެއްވުން އެދެނީ؛ ރާއްޖެގެ ތިމާވެށި ހަލާކުކުރަމުން ފަޅުތަކާ އެތެރެވަރި ކޮނެ އުލުމާރު އަރުވަމުންދާއިރު ތިކަހަލަ ބަދަލުތަށް ނައިހެއްނުދާނެ. އައްޑޫގައި ކޮންނަ ފަޅުގެ އަސަރު ފުވަށްމުލަކަށްވެސް ކޮށްފާނެ. ތިމާމެން އަމިއްލައަށް ތަންތަން ހަލާކުކުރަނީ ޑޮލަރުހޯދަން. އޮޅުވާނުލެއްވުން އެދެން.

The name is already taken The name is available. Register?

ދިރާސާ

13 February 2017

ތަކަންދޫ ކުޅި ހިކި ތުނޑި ގިރިއަސް އެކަމުން ރަށަށް މާ ބޮޑު ގެލުމެއް ނުވާނެ. މިހާރު ވެލިވަދެފައި އޮތްބައި ގިރައި އަދި އިހުހުރި ގޮތަށް ބަދަލުވާނެ. އެހިސާބުގައި ގަސްހެދި އަދި އެތަން ބެދޭނެ. ކުޅި ހިކުނުކަމުގައި ވިޔަސް ރަށުގެމައި އާނު ހަލާކުނުވާނަމަ މީރުފެންފަށަލަ ތަޣައްޔަރުވެ ލޮނުވުން ވަރަށް ދުރު. ރަށުގެ ރައްޔިތުން ކަންބޮދުވެ ނުލައްވާ އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެތަންބެދި ކުޅިބޮޑުވާނެ.

The name is already taken The name is available. Register?

ރަފްސަންޖާނީ

12 February 2017

ގުދުރަތީ އައި ހެވަން އަަކަށް ބަދަލުވުމުގެ ކޮޅުމަތި ތިޔަހަރަ ފެންނަނީ ، ބޭރުން މިކަން ކުރަން އަންނާނެ ބަޔަކުނުވި

The name is already taken The name is available. Register?

ރަފްސަންޖާނީ

12 February 2017

ފޭން އައިލެންޑް ތަރައްގީ ކުރުމަށް ހޮވާފައިވާ ލާރި ގޯނި ކޮބާ

The name is already taken The name is available. Register?

ހަސަނު

12 February 2017

މޮޅަދޫ މީހުން ދިއްދޫ އަކަށް ނައި. ތަކަންދޫ މީހުން ގެންނަން އުޅޭ

The name is already taken The name is available. Register?

ފަންކާ

12 February 2017

ކަލޯ ހޯރަފުށީ ތުނޑި ވާހަކަ ލިޔާނެ ކަމެއްނެތް. ސައޫދީ ކޮންމެވެސް ޕްރިންސަކަށް ވިއްކަފާނެ. އެރަށު މީހުން ފްލެޓް ކޮށްލާފައި. މީގެ ފަހުން އެއްވެސް ދަތުރު ދާރަށެއް އަލަށް އުފެދޭ ރަށެއްގެ ވާހަކަ ނުލިއުން އެދެން. މާލެ މީހުންނަށް ވީހެން އަހަރމެެންނަށް ވާކަށް ބޭނުމެއް ނޫން.

The name is already taken The name is available. Register?

ބޭހޮއްކޮ އަލްތަކަންދޫއީ

12 February 2017

ތަކަންދޫ ކުޅިއަކީ ރައީސް ނަޝީދު ވެރިކަމުގަ 100އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ނިންމާ ރުއްގަހަށް ބަދަލުދީ ނިންމާފަ އަދި އިންވެސްޓަރާ ބިންހަވާލު ކުރުމުގެ ޖަލްސާ ރަށުގަ ބާއްވަން އޮތްދުވަހު ވެރިކަން ބަދަލުވީ ހުރިހިތާމައެއްގެ ބޮޑުކަމާ

The name is already taken The name is available. Register?

އަލިހޮއްކޮ އަލް މާރަންދޫ

13 February 2017

މަވާ ހީކުރީ މި ސަރުކާރުން ކަމަށް ރަށެއް ވިޔަސް ފަޅެއްވިޔަސް ވިއްކަނީ.. އެކަމަކު މިހާރު އިނގިއްޖެ ނަޝީދު ވެރިކަމުގަ ކުޅި ގަނޑެއް އޮތަސް ވިއްކާލާފަކަން އޮތީ.

The name is already taken The name is available. Register?

ސސ

12 February 2017

ދިވެހިރަށްތަކާއި ގެތަށް ވީރާނާކޮށް ފަޅު ކޮށްލުމުގައި އޭރަކުގެ ސަރުކާރެއްގެ އިހުމާލު ބޮޑު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454