ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭނާ ވިދާޅުވީ، ކްރޫޒްޝިޕްތަކަށް ދިމާވެފަިއވާ މައްސަލަ ހައްލު ކުރާނެ ކަމަށް -- ފޮޓޯ: މިހާރު
16 ޑިސެމްބަރ 2023 - 16:26
ކުރީ ސަރުކާރުން ހެދި ގަވާއިދެއްގެ ދަށުން، ކްރޫޒްލައިނާތަކުގެ ވަކި ކޮޓަރިއަކުން ޓެކްސް ނަގަން ފެށުމުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އާންމު ކުރި ގަވާއިދާ ގުޅިގެން ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ޖީއެސްޓީ ނަގަން ފެށުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އޭގެ ސަބަބުން ކްރޫލައިނާތަކަށް ރާއްޖެ ނައިސް އެހެން ގައުމުތަކަށް ދާން ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ. އެކަމާ ފައިސަލް ޓްވިޓާގައި ވިދާޅުވީ އެ ގަވާއިދު އިސްލާހުކޮށް، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.
ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް މިދަނީކުރަމުން. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން https://t.co/Hzat3AusK9
— Ibrahim Faisal (@lasiaF969) December 16, 2023
ފައިސަލް ޓްވީޓް
މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވާއިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓު ދައްކަން ޖެހެ އެވެ. ކޮންމެ ޗާޓާއަކުން ވަކިވަކި ޓެކްސް ނެގަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް މާޔާ އިން ބުންޏެވެ. އަދި ޖުމްލަ ފީގެ ބަދަލުގައި މިގޮތަށް ޖީއެސްޓީ ނެގުމަކީ ކަންބޮޑުވާ ކަމެއް އެ ޖަމްއިއްޔާއިން ބުނެ އެވެ. ކުރިއަށް އޮތް ޖެނުއަރީގައި ވެސް ބޮޑެތި ކްރޫޒް ޝިޕްތަކެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތައް އަންނަމުން ދިޔަ އެވެ. އެ ބޯޓު ފަހަރުތަކުގެ އަންނަ ޓޫރިސްޓުންގެ ސަބަބުން މާލެ ކައިރީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި މާލޭގެ ރެސްޓޯރެންޓްތަކުގެ އިތުރުން ސުވެނިޔާ ފިހާރަތަކަށް ވެސް ފައިދާ ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމާމު އައްސި
17 December 2023
ތިކަމުގެ ހައްލަކީ މާޔާ އެދޭ ގޮތަށް މި ދިޔަ 12 އަހަރުވެސް ޓީ.ޖީ.އެސް.ޓީ. އެ މީހުން ނުދެއްކި ގޮތަށް ބޭއްވުން. އެކަމަކު ރައްޓެއްސަކު ބުނި މި މާޔާ ހަދައިގެން މިއުޅޭ އެޖެންޓުންތައް ބޭރު މީހުން އަތުން ޓީ.ޖީ.އެސް.ޓީ ނަގާ ކަމަށް. އަޅެ ކެރެންޏާ މާޔާ މީހުން މި ޔޮޓް މީހުންނަށް ފޮނުވި އިންވޮއިސް ހިއްސާ ކޮށްބަލަ.
ފިރުޝާން އަލީ
17 December 2023
ނިމިދިޔަ ސަރުކާރުން ކޮށްފަ ހުރިހާ ކަމެއް ހައްލު ކުރަން މިޖެހެނީ މިސަރުކާރުން. ރައްޔިތުންނަށް ވަރަށް ބޮޑަށް ގައްދާރު ވެފަ އިބޫ އިނީ
ސައްދާމް އަލީ
17 December 2023
އަވަހަށް ކުރަންޖެހޭ ކަމެއް. ސީޒަންގަ ގެއްލުން މިލުބުނީ.
ސާނިމް ހައްމާދު
17 December 2023
އުފާވެރި ހަބަރެއް.
ރިފައަތް އަލީ
17 December 2023
ކުރީ ސަރުކާރުގެ ކުރި ވަރަށް ގޯސް ވަރަށް ގެއްލުން ލިބޭ ނިންމުމެއް މިއީ.
އަހަންމަދާ
17 December 2023
ތިޔަ ގަވާއިދު ރަނގަޅު. އެންމެ މުއްސަދި ސުޕާރޔޮޓްތަކުންވެސް ޖީއެސްޓީ ނެގިގެން ނުވާނެ އެހެންވިއްޔާ އެއީ އެމީހުންވެސް އަންނަނީ ރާއްޖެ ބަލާލަން. ކުރޫޒު ލައިންތައްވެސް އަންނަނީ ހަމަ މިކަމުގަ. އެންމެން ހަމަ ކުރަން ތިޔަ ނިންމުން ރަނގަޅު އެކަމު މުއްސަދިންގެ ވިޔަފާރި ވީމަ ޖީއެސްޓީ ނުނަގާ ކުޑަ ފީ އެއް ނަގަން އެޖެހުނީ.
ރާފިއު
17 December 2023
ބަލާލުމެއްނެތި އިބޫ ހެދި ގަވާއިދުތަށް ރަނގަޅުކުރަން ޖެހޭ. ވަރަށް ބޮޑު ގެއްލުމެއް މި ލިބެނީ
ލަބީނާ
17 December 2023
ކަލޯ އިބޫ މި ދިއީ މި ގައުމު އިދަ ޖައްސަަލައިފައި މިކަމުންވެސް.
ފަރީޝް
17 December 2023
އިބޫ ގެ ސަރުކާރުން ހެދި ކިކަހަލަ މޮޅެތި ގަވާއިދުތަކުގެ ސަބަބަބުން ހުރިހާ އުނދަގުލެއް ރައްޔިތުންނަށް
ފޮނިޓައްޕު ހަސަނު
17 December 2023
އަލީ ވަހީދު (ބަލަކު)، ފައިސަލު ގެ އެބަހުރި ލީޑަރ ޝިޕް ކޮލިޓީ ފައިސަލުއަށް މިނިސްޓްރީ ހިންގޭނެ، އަދި ހިންގާނެ ވެސްމެ. އިނގިރޭސި ޓީޗަރަކަށް އުޅުނު ޕޮއެމް ހެދުމުން ޕީއެޗްޑީ ނަގާފައިވާ މީހަކާއި، އަދި ހޮޓެލް ސްކޫލުގެ ޓީޗަރަކަށް އުޅުނު، މީރުކޮށް ކެެއްކުމުން ޕީއެޗްޑި ނަގާފައިވާ މީހަކު ޓޫރިޒަމް މިނިސްޓަރުކަން ދިނުމުން އެތަކެއް ކަމެއް އެ މިނިސްޓްރީގައި ބޮއްސުން ލައިގެން ދިޔަ.
އަސޭލ
17 December 2023
ރި ގޮތައް ތިބުނަނީ ފާލެއް ބަލައިގެންތޯ ނޫނީ ރަމަލެއްޖަހައިގެންތޯ، ނޫނީ ތަޖުރިބާއާ ހިންގުންތެރިކަމުގެ ރެކޯޑެއް ފެނިގެންތޯ؟ ނޫނީ ވަކިމީހެއް އާއިލީ ބޭފުޅަކައް ވީމަތޯ؟
ހައްޕުމާ
17 December 2023
ތިކަން ވަރަށް ރަންގަޅަށް މިނިސްޓްރީ އިން އެބަފެނޭ.