ވީއައިއޭގެ އާ ރަންވޭ އަށް މިއަދު ފުރަތަމަ ޖެއްސި އެމިރޭޓްސްގެ މަތިންދާބޯޓަށް ވޯޓަ ސެލިއުޓެއް ދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
17 ޑިސެމްބަރ 2023 - 17:43
މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް، ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ވައިޑް-ބޮޑީ އެއާކްރާފްތުތަކެއް ގެންނަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ކެބިނެޓް ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީ އެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކަން ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަނަށް ދެ އެއާކްރާފްޓް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައިޑް-ބޮޑީ އެއާކްރާފްޓުތަކުން މި އޮޕަރޭޝަންތައް ފެށުމަށް އިންވެސްޓް ކުރަން ޖެހޭ ފައިސާގެ އަދަދު ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމައިފައި،" ޝަހީބު ވިދާޅުވި އެވެ.
ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ރައީސް ޑރ. މުއިއްޒު ކުރިއަށް ގެންދަވަނީ.
ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަކާ ބެހޭ އިންތިޒާމްތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަން ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި، އެންމެ އިސްކަމެއް ދޭނެ މަންޒިލެއް ގޮތުގައި ޗައިނާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން އާއި ނެވިގޭޝަން އަދި ޕާކިން އަށް އަގު ހެޔޮ ކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ހާއްސަ އިސްކަމެއް ދީގެން ހުށަހަޅުއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމާއި މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްދީގް މުހައްމަދު
18 December 2023
މިއީ ވެރިންނަކީ. އިގްތިސާދު ހަމަޔަކަށް އަޅުވަން ހުރިހާ ކަމެއް ރާވާފަ މިހުރީ.
އައްބާސް މުހައްމަދު
18 December 2023
މިވަރުގެ ކަމެއް ކުރުމުގެ ވިސްނުމެއްވެސް ކުރީގެ އެއްވެސް ސަރުކާރަކުން ނެތީމަ ހަމަ ހައިރާންވޭ
އާމިލާ މުހައްމަދު
18 December 2023
ޗައިނާއާ ޔޫރަޕް ހިމަނައިގެން ތިފަށާ މަސައްކަތް ވާނީ ހަމަ ޔަގީނުންވެސް ކާމިޔާބް ލިބޭނެ މަސައްކަތަކަށް. ގައުމަށް ފައިދާވާނެ.
ނޫރާ އަލީ
18 December 2023
ރަނގަޅު ޑެސްޓިނޭޝަންތަކަކަށް ތި ދަތުރު ފަށަނީ.
ރީމާ އަލީ
18 December 2023
ރާއްޖޭގެ އިގްތިސާދު ފުޅާކުރަން ރައީސް މުއިއްޒް ތިކުރާ މަސައްކަތްތަކަށް އިންޝާﷲ ކާމިޔާބް ވާނެ.
ޖައުޝަމް
18 December 2023
ވަރަށް ރަނގަޅު ނިންމުމެއް. އަދި ޗައިނާ އަށް ކުރާ ދަތުރު އިތުކުރުމަކީ މާ ރަނގަޅު ނިންމުމެއް،
ސައްދާމް ހުސެން
18 December 2023
ދެންވެސް ބަޔަކު ބުނާނެ ރައީސް މުއުިއްޒް އަށް ނުވާނެޔޭ އެއްވެސް ކަމެއް. ހެހެ. ދެން ކީކޭ ބުނާނީ؟
ރުގިއްޔާ އަލީ
18 December 2023
އިގްތިސާދު ދިރާސާ ކުރާ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ މިއީ މިގައުމުގެ ޓޫރިޒަމް އިން ވަންނަ ފައިސާ އިތުރުވެ ފައިސާގެ އަގު ހިފެހެއްޓި / މަތިވާނެ ވަރުގެ ކަމަކަށް ވާނެ. އަދި ކުފި ވިޔަފާރިތަކަށް ގިނަ ފައިދާ ވަނެ.
އޮނަރަބްލް އަފީފު ދީދީ
18 December 2023
ތަނުގެ އިސްރާފްކުޑަކުރަން Domestic operation ގެ ޑެއިލީޝެޑިއުލް ދަތުރަށް ބަދަލުގެނެސް އިފުރު، ދަރަވަންދޫ، ފުވައްމުލައް ނޫން ޑޮމެސްޓިކް އެހެން އެއަރޕޯޓްތަކަށް މާލެއިންކުރާ ޑިރެކްޓް ދަތުރުހުއްޓާލާފަ (ފުލްލޯޑް ލިބޭނަމަ ވީކެންޑް ދަތުރުއަޅަންވީ) މާލެ-ގޭން އަދި މާލެ-ހަނިމާދުއަށް އެއަރބަސް A-321 ބާއްވާފަ އުތުރުގެ ޑޮމެސްޓިކް ހަބަކަށް ހަނިމާދޫ ދެކުނު ހަބަކަށް ގޭން އެއަރޕޯޓް ކަޑައަޅާ އެތަންތަނުގައި ޓްރާންސިޓްވެފައި އެހެން މަންޒިލްތަކަށް ދާގޮތަށް ހަމަޖައްސާ.
އޮނަރަބްލް އަފީފު ދީދީ
18 December 2023
މަތީގައިދެންނެވި ބަދަލުގެސަބަބުން ޙާސިލްވާނެކަންކަމަކީ ޑޮމެސްޓިކް އަދި ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ Air Connectivity ހަމަޖެހި އިޤްތިސޯދަށް ފަހިވެއްޓެއްލިބުމާއި، ކ.މާލޭ އެއަރޕޯޓްގެ ޓްރެފިކްގެމައްސަލަ ހައްލުވުން (މިހާރު ޖާގަނުލިބިގެން މަތީގައި 15 ވަރަކަށް މިނެޓް ބުރުޖަހާލަ ޖަހާލަ އޮންނަންޖޭ) އަދި ގޭންއެއަރޕޯޓާއި ހަނިމާދޫގައި އަޅުވާފައިއޮތް "މަރުގެ ތަޅު" ނައްޓާން މަޖުބޫރުވެގެން ދިއުން. މިކަމުގެސަބަބުން ޔަޤީނަށް މިދެންނެވިބަދަލު އަންނާނެ.
އިސްމާއިލް އަނީސް
18 December 2023
މިކަން ވާނެ އިންގިލާބީ ބަދަލަކަށް. އެއްވެސް ޝައްކެއްނެތް.