ފުލުހުންގެ ދިދަ: ފުލުހުންނަށް ޕްރޮމޯޝަން ދޭން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
19 ޑިސެމްބަރ 2023 - 22:36
ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފުލުހުންނަށް ދޭން ނިންމި ޕްރޮމޯޝަންތައް މަޑުޖައްސާލަން މިދިޔަ އޮކްޓޫބަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ނަމަވެސް ފުލުހުން ވަނީ އެ އެންގުމަށް އަމަލުކުރަން ދެކޮޅު ހެދުމަށްފަހު ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދީފަ އެވެ.
އެހެންވެ، އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ މައްސަލަ ނިމެންދެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދުނެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ.
ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އޭސީސީގެ ގާނޫނުން އެ ކޮމިޝަންގެ ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށާއި އަދި އެ ކޮމިޝަންގެ އެންގުމަށް ފުލުހުން އަމަލު ނުކުރުމަކީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކަށް ހުރަސް އެޅިގެންދާނެ ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރެދޭން އެދޭ ކަންކަމަކީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭ ޝަރުތު ފުރިހަމަވާ ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އޭސީސީން އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ކޯޓަށް ހުށަހެޅިއިރު، އާ ސަރުކާރާ އެކު ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް ބޭފުޅުންތަކެއް ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާވެ ވަޑައިގެންފަ އެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެލްސް
20 December 2023
ޕްރޮމޯޝަނޭ ނުކިޔާ އެއީ ހާއްސަ ޕްރޮމޯޝަން.
އަފްރާސިޔާބު
19 December 2023
އާ ސަރުކާރަށް ވައިޖަހަން ވެގެން ކުރަން އުޅުނު ކަމެއް. އަތަށް ގޮވީ.
ދޫނިދޫ
20 December 2023
ބައްލަވާ. އޭޖީ އޮފީހުން އެއޮތީ ސަރުކާރުގެ ސްޓޭންޑް ބުނެފަ ނޫންތޯ. އޭސީސީއާ ދެކޮޅަށް އޭޖީ އޮފީހުން ވާހަކަދެއްކި ކަމަށް އެ އޮތީ. އެހެންވީމާ މީ ސަރުކާރަށް ވައިޖަހާން ކުރި ކަމަކަށް ނުވެއެއްނު
ޑޮކްޓާރ. ބަނާނާ
19 December 2023
ވަޓް!! ފުލުހުންނަށް ދޭ ޕްރޮމޯޝަން ހުއްޓުވަން ޢޭ ސީ ސީ އިން ކޯޓަށް... ނިދިން ހޭފުޅު ލެވުނީތޯ ؟؟؟ ވ ވެދުން!!