ކެބިނެޓު ބައްދަލުވުމެއްގައި، ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސެއިން (މ) އަދި ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 ޑިސެމްބަރ 2023 - 11:23
މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
އެ މަނިކުފާނު، "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ބޭނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އެ ބޭފުޅުން ނިންމާފައިވާ ކަމަށެވެ.
ކުރިން ވެރިކަންކުރި ޕާޓީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން، ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މި ދަނޑުވަޅުގައި މުސާރަތައް ބޮޑުކުރުމެވެ.
Raees, naib raees, vazeerunge musaara bodu kuran sarukaarun edhifa nuvaane. Adhi bodu kuraakah beynumevves noon. Evves mashwara eh kurumehnethi mi genai badhaluge sababun libey musaaraige kuri erun kudakudhinge hiyaa fadha ijthimaaee fund akah hadhiyaa kuran alhugandumen…
— Dr Mohamed Muizzu (@MMuizzu) December 20, 2023
ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރާށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވިޔަސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާއެކު މަހު މުސާރަ 93،000ރ. އަށް އަރާނެ އެވެ. މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރައީސާއި ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރާ މެދު ނަފްތަރު އުފައްދާށެވެ.
"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ވެސް ހޯއްދެވުމަކާ ނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން." ޝަހީބު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާއިން
20 December 2023
އެންމެ ފަހު ވަގުތުވެސް އެމްޑީޕީ މެންބަރުން މި އުޅެނީ ގައުމު ދަރުވާލެވޭތޯ
އަސީލު
20 December 2023
ވަރަށް ރަނގަޅު ނިންމުމެއް ރައީސް
އަފީލް
20 December 2023
ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމް ކުރާ ރައީސް އެއް މުއިއްޒުއަކީ
އަލީ ހާފިޒު
20 December 2023
އާއްމު ރައްޔިތުން އަނގައާ އަތާ ދިމާ ނުވާއިރު އަދުވެސް އެމްޑީޕީ މެންބަރުން މި އުޅެނީ އެމީހުންގެ މުސާރަ ބިޑު ކުރުމުގަ
ަހަފީޒު
20 December 2023
ސަރުކާރަށަ ޖެއްސުން ކުރަން އެމްޑީޕީ މެންބަރުން ކުރާ ކަންތަށް މިއަކީ ހަމަ
އުސާމް
20 December 2023
ދެން މަޖިލީހަށް ނުހޮވޭނެކަން އެގޭތީ އޭގެކުރިން ބޮޑުކޮއްލަނީދޯ. އޭރުންތާ ނުހޮވުނަސް މިހާރުލިބޭ މުސާރަ އުމުރަށް ލިބޭނީ. ނޫނޭ ހަރާންކޯރުބައެއް. މީ ހައްތާ އަންނިގެ ނުހޮރުއްޕާން. ޚޮންމެހެން ޖެހޭތަ މެމްބަރުކަން ކޮއްފިއްޔާ އުމުރަށް މުސާރަލިބެން. ވިއްސަކަށް އަހަރުފަހުން މަޖިލިސް މެމްބަރެއްގެ މުސާރަ ރާއްޖޭގެ މިހާރުގެ އާބާދީއަށްވުރެ ގިނަ ބަޔަކަށް ލިބޭނެތާ.
ތުނިޔަ
20 December 2023
ރައީސް ވިދާޅުވާންވީ musaara ބޮޑުކޮށްގެން ނުވާނޭ، އިތުރުވާބައި ޑޮނޭޓް ކުރާނީ އޭގެ ފަހުން.
ނޫރާާ
20 December 2023
މިއީ މިބުނާ ދިވެހިން އިސްކުރާ ރައީސަކީ.
ޒޫނާ
20 December 2023
ރައީސް މުއިއްޒުގެ މި ނިންމެވުމުން ވަރަށް އުފާވެއްޖެ.
ދާއިން
20 December 2023
މިއީ ހާދަހާވާ އޯގާތެރި ވެރިޔެކޭ.