ދިރާގު ހެޑް އޮފީސް ބިލްޑިން: އާ އަހަރަށް ދިރާގުން ވަނީ އާ އޮފާތަކެއް ތައާރަފްކޮށްފައި.
24 ޑިސެމްބަރ 2023 - 10:29
އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދިރާގުން އާ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އާ އަހަރަށް ހާއްސަކޮށް ދިރާގުން ތިން އޮފާއެއް ތައާރަފްކުރި އެވެ. އެއީ "ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ"، "ލިމިޓްލެސް ސޯޝަލް މީޑިއާ" ޕްރޮމޯޝަނާއި "ހިލޭ މައިފައި ޑިވައިސް" ދޭ ޕްރޮމޯޝަނެވެ.
"ސަޅި އެނުއަލް" އަދި ސަޅި 180 ޑޭސް ޕްރޮމޯ"ގައި ކަސްޓަމަރުންނަށް 2024ރ. އަށް "ސަޅި އެނުއަލް" އަދި "ސަޅި 180 ޑޭސް"އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. "ސަޅި އެނުއަލް" ޕްލޭނާ އެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1ޖީބީ ލިބޭނެ އެވެ. އަދި "ސަޅި 180 ޑޭސް" ޕްލޭނާ އެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެ އެވެ.
"ލިމިޓްލެސް ސޯޝަލް މީޑިއާ" ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެ އެވެ.
"ހިލޭ މައިފައި ޑިވައިސް" ދޭ ޕްރޮމޯޝަނުގައި 749ރ. އިން ފެށިގެން މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ލިބޭނެ އެވެ.
އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުން ތައާރަފްކޮށްފައިވާ މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓު ކުރެވޭނެ އެވެ.
ދިރާގުން އާ އަހަރަށް އަމާޒުކޮށް މި މަހުގެ 31 ވަނަ ދުވަހުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެރރަދަ
25 December 2023
ތީގެ އަގުވެސް "ސަޅި"ވާނެ ކަމަށް މި ބަލަނީ.