ރައީސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކުރީގެ ސަރުކާރުން ދޫކުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން އުޅޭ ވާހަކަ އެމަނިކުފާނު ދޮގު ކުރެއްވި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
28 ޑިސެމްބަރ 2023 - 23:13
ނިމިދިޔަ ސަރުކާރުގައި މާލެ ސަރަހައްދުން ދޫކޮށްފައިވާ ބައެއް ގޯތިތައް ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއަށް ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދޮގު ކުރައްވައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރަން ދަރުބާރު ގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ އެ ދޮގު ވާހަކަތަކާ މެދު ކަންބޮޑުވެގެން ބައެއް ރައްޔިތުން އެބަ ތިބި ކަމަށެވެ.
އެހެން ނަމަވެސް އެއީ އެމްޑީޕީއަށް ވެރިކަން ގެއްލުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ދައްކާ ވާހަކައެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.
"ރައްޔިތުންނަށް އިހުލާސްތެރިކަމެއް ނުކޮށްދެވުނީމާ އޮޅުވާލުމަކީ ދެރަ ކަމެއް. ދޮގުގެ މައްޗަށް ދޮގު. އެއަށް ކިޔަނީ ބުހުތާނު ދޮގު ކަންނޭނެ. ދޮގު ހެދުމަކީ ކޮން ބަޔަކު ބަލައިގަންނާނެ ކަމެއްތޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޮޅުވާލުމަށް ފުރަތަަމަ ދެއްކީ މާލެ ސަރަަހައްދު އެކަނި މި ސަރުކާރުން ތަރައްގީ ކުރާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒު އޮތީ ފުރަތަމަ ދުވަހު ވެސް އިއުލާނުކުރި ގޮތަށް އެންމެ އުތުރުގައި އިންޓަގްރޭޓެޑް ފެންވަރަަށް ތަރައްގީކޮށް އަދި ރާއްޖޭގެ ހަތް ސަރަަހައްދެއްގައި އާބަން ސެންޓަރުތަކެއް ތަރައްގީ ކުރުމަށް ފަހު މާލެ ތަރައްގީ ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
"އޮޅުވާލަން ކީކޭތޯ މި ކިޔަނީ. ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީނުކުރާ ގޮތަށް ނިންމައިފިޔޭ. މާލެ ސަރަހައްދު އެކަންޏޭ ތަރައްގީ ކުރަނީ. އެއްވެސް ރައްޔިތެއް އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީ ކުރާނެ ކަން އެއީ އަޅުގަނޑު ވީ ވައުދު،" ރައީސް ވިދާޅުވި އެވެ.
އެކަން ރައްޔިތުން ގަބޫލު ނުކުރުމުން، ދެން ދައްކަން ފެށީ ފުށިދިއްގަރު ފަޅަށް ގޯތިތައް ބަދަލުކުރާނެ ކަމުގެ ވާހަކަ ކަމަށާއި އެ ވާހަކަ ދައްކަން ފެށީ ފުށިދިއްގަރު ޕްރޮޖެކްޓުގެ "ބަޖެޓު ކަނޑާލުމުން މަސް ދުވަސް ތެރޭ ފެށުމުން" ކަމަށް ރައީސް ސިފަ ކުރެއްވި އެވެ.
ފުށިދިއްގަރަށް ގޯތި ބަދަލު ކުރުމަކީ މިހާތަނަށް މަޝްވަރާ ކުރެވުނު އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ގިރާވަޅު ފަޅު، ގުޅިފަޅުން އަދި ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ގޯތިތައް ރަސްމާލެއަކަށް ބަދަލެއް ނުކުރާނަން. އޭގެ ބަދަލުގައި ގިރާވަޅު ފަޅުން މިދިޔަ ސަރުކާރުގައި ހިއްކަން ނިންމާފައި އޮތް ވަރަށް ވުރެ ވެސް ބޮޑުކޮށް 50 އަކަށް ހެކްޓަރު އިތުރުކޮށްފައޭ އަޅުގަނޑު ހިއްކާނީ. ގުޅީފަޅުގައި ވެސް މިދިޔަ ސަރުކާރުން ހިއްކަން ހަވާލުކޮށްފައި އޮތް ވަރު އިތުރު ކޮށްފައޭ ނިންމާލާނީ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި ހިއްކާ ސަރަހައްދު އިތުރުކުރި ނަމަވެސް، ޕްލޭނާ އެއްގޮތަށް ދާދި އަވަހަށް ހިއްކާ ނިންމާލެވޭނެ ކަމަށް ރަައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެރިކަން ނިމެން މަހެއްހާ ދުވަހަށް ވުމުން މަހާޖައްރާފު ގެންގޮސް ބިން ހިއްކާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ބަހާއި އަމަލުން ރައްޔިތުންނަށް އިހުލާސްތެރިވާނެ ވެރިއެއް ކަމަށެވެ. އަދި ކަންކަން ކުރައްވަނީ އޮޅުވާލުމެއް ނެތި ދުވާލުގެ އަލިކަން ހާ ސާފުކޮށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސްތައް
30 December 2023
މީކުރަންޖެހޭ ކަމެއް ، ހުޅުމާލެއިން ގޯތިހުރީ ވަކިބަޔަކަށް ހޯދަދީފަ. މަދުބަޔަކުއޭގަ ރަނގަޅަށް ހިމަނާލީ އޮޅުވާލަން ވާހަކަދައްކާނެ ގޮތެއްހޯދުމަށް ، ރަނގަޅަށް ތިބޭނީ 15 ވަރަކަށްމީހުން . ހުޅުމާލެ ކަރުދާހުގަ 2 ހީރަސްޖަހައިގެން އެކަންބުނެދީގެންވެސް ގުރުއަތުނެގި. ވަކިދުވަހަކު ވަކިގަޑިޔަކަށް ގޮސް ވަކިމީހަކާއެކު އެތެރެއަށް ވަދެވެސް ހުޅުމާލެ ގޯތިހޯދަދިން . ވަކި ނަމްބަރެއްގެ ވޮޓުފޮއްޓާށް އެމެން ވައްދައިގެން އެންމެނަށްވެސް ހޯދަދިން. މީ ރޯމާދުވާލު ހިންގިކަމެއް.
ދަނޑިމޯ
29 December 2023
ސާބަހޭ ރައީސް، މިމީހުން މިކިޔާ ބޭކާރު ވާހަކައަށް ރިއެކްޓް ކުރާނެ ކަމެއް ނެއް. ކުރިއަށް ވަޑައިގަންނަވާ
ހައްޕު
29 December 2023
ބޮޑުރަސްގެފާނު ނުހައްދަވާނެ "އިތުރުފުޅެއް"
ގެދޮރުވެރިޔާ
29 December 2023
ބޭއިންސާފުން ހުޅުމާލެއިން ގޯތިތައް ދީފައިވާތީ(ގުރު ނެގުމުގައި) ހުރިހާ އެންމެންނަށް ހަމަ ހަމަ ފުރުޞަތު އޮންނަގޮތަށް އަލުން ގުރުއަތަށް ނުދާންވީ ކީއްވެ? ގޯސް ކޮށް ކޮށްފަ އޮތް ކަމެއް ރަނގަޅު ނުކުރަން ވީ ސަބަބެއް ނުވިސްނޭ. އެނގޭ ހުޅުމާލެއިން ނުޙައްގުން ގޯތި ލިބުނު މީހުން މި ކޮމެންޓަށް ޑިސްލައިކް ދޭނެކަން.
ފަރުކޮޅު
29 December 2023
ކަލެއަށް މާ ބޮޑަށް އިނގެނީ...
ޥައިސޫރި
29 December 2023
ކަލޭ ތަނެއް ދޮރެއް ނުބަލާ ދޮގުވާހަކަ ނުދައްކާ..
ތިނަދޫ ސިޓީގެ ގޯތި މޭރު
29 December 2023
ގދ.ތިނަދޫގައި ފަޅުގޯތި ގިނަވުމަކީ މިހާރު ގޯއްޗަށް ބޭނުން ޖެހިފައިވާ 1004 މީހުންނަށް ގޯތި ނުދީ ހިފަހައްޓަން ޖެހޭ ކަމެއް ނޫނެވެ. ތިނަދޫއިން ގޯތި ނުދީ މަޑުޖައްސާލާ ކޮންމެ ދުވަހަކީ ގދ.ތިނަދޫ ފަހަތަށް އަޅާނެ ފިޔަވަޅެކެވެ. ސަބަބަކީ ބޯހިޔާވަހިކަން ހޯދުމަށް މާލެއަށް މީހުންގެ ރަޖިސްޓްރީ ބަދަލުކުރުމެވެ. ދުވަހުން ދުވަހަށް ތިނަދޫގެ އާބާދީ ދައްވެގެން ދިއުމެވެ ސަބަބަކީ ރަސްމާލެއެވެ
އަހުމަދީއާ
29 December 2023
ބަހާ އަމަލާ ދިމަައެއްނުވޭ.އެތަނުގައި އެއްވެސްކަމެއް ކުރާތަނެއް ނުފެނޭ.ތިޔަށް މުސްކުޅިން ކިއާއުޅެނީ އަތްނުލާ އަތްދޮތްކިޔުން
ޒުލްޒަލާ
29 December 2023
ރައީސް ވެރިކަމަށްވެސް ވަޑައިގަތީ ރާއްޖެ ދުއް އެންމެބޮޑު ރ.ޔާމީން ގެ ފޮޓޯ ޖަހައިގެން ވިއްޔަ.
އަލިފުޅު
29 December 2023
ރައީސް ޔާމީނުގެ ނަމުގައި ހުސް ގޮނޑި ދައްކާ ކުޅުނު ޑްރާމާއި މަނިކުފާނުގެ ތެދުވެރިކަމާއި އޮޅުވާ ނުލާނެކަން ސާފުވެއެވެ. އަދި ސަރުކާރު ކުންފުނިތަށް ދަވާލި ބަޔަކު އަޅުން ބައްލަވައިގަންނަ ހެން ބައްލަވައިގެން ހުންނަވާ ތިޔަ ދައްކާވާހަކަ މާ ތާހިރެއްވެސް ނޫނެވެ. ދޮގު ހެދީ ކާކުކަން މަނިކުފާނަށް ވޯޓްދިން މިހެއްގެ ހައިސީއްޔަތުން އަޅުގަނޑަށް އެނގިޖެއެވެ. ދެން ހުއްޓާލާށެވެ.
ޖޮތަރު
29 December 2023
ދެން އެހެން ވީރު ގޯތިތައް އަވަހަށް ހަވާލުކުރަން ވީނު
އޮނަރަބްލް އަފީފު ދީދީ
29 December 2023
ބޭޅާގެ އަމަލުތައް ހުރިގޮތުން މިސިޓީގެ ރައްޔިތުންގެ ވޯޓް ހޯދަންވެގެން އައްޑޫގައި ދެއްކެވި ވާހަކަ ތަކުގައި ވައުދުވެ ވަޑައިގަތް އައްޑޫ ހުޅުމީދޫ ހިތަދޫ ބުރިޖާއި (ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ މަސައްކަތް ފައްޓަން ވައުދުވި) އަދި އައްޑޫމީހުން އެމީހުންގެ ހިތްކަމަށް ދެކޭ Gan International Airport އެންމެ ޒަމާނީ އެއަރޕޯޓެއްގެ ގޮތަށް ތަރައްޤީކޮށް ފުލްފުލޭޖްގައި އޮޕަރޭޓް ކުރަން ފައްޓަވާނެކަމަށް ވިދާޅުވި ވިދާޅުވުމަކީވެސް "ދޮގެއްހެން" ހެން މިހާރު އެބަހީވޭ.
ހަފިޒާ
29 December 2023
އަދި މިއުޅެނީ 60 ދުވަސް ވެސް ނުވެގެން
އަފީފީ
24 January 2024
އަބަދު ގޭން އެއާޕޯޓަކާއި އަޅައިގަނެގެން އުޅޭ މީހެއް މިއަފީފުމިއީ. ސުރުހީއާ ގުޅޭ ކޮމެންޓު ކޮއްބަލަ!