އަނިޔާވި އަންހެން މީހާ، ސިފައިންގެ އެހީތެރިކަމާ އެކު އަވަސް ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ
29 ޑިސެމްބަރ 2023 - 12:00
ޅ. ދިއްފުށިމާދޫ ކިޔާ ފަޅު ރަށުގައި މިއަދު ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.
އެ ފާރު ވެއްޓުނީ މިއަދު އެ ރަށަށް ދަތުރު ގޮސް އުޅުނު ބައެއްގެ ގައިމައްޗަށެވެ. މި ހާދިސާގައި އަނިޔާވީ އުމުރުން 57 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކަށެވެ.
އަނިޔާވި ދެ މީހުންނަށް އަވަސް ފަރުވާދިނުމަށް ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ކޯސްޓްގާޑުގެ އެހީގައި ގެންގޮސްފަ އެވެ.
ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޅޭތަ
29 December 2023
މިއަދުގެ ބިންހެލުމާ ގުޅޭ ކަމެއްތަ؟
ސހސހ
29 December 2023
ފާރު ހިފާ ހައްޔަރުކުރޭ!!