02 ނޮވެމްބަރ 2025 - 17:13
އެ ހާދިސާގައި 25 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނޭ.
ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގައި މަރުވީ އެމްޕީއެލްގެ ބިދޭސީ މުވައްޒަފެއް.
އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓި ބަންޑުން ޖެހި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ. ފުލުހުން ބުނި ގޮތުގައި މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި މަރުވީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން.
މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވޭ. އޭގެ ތެރެއިން އެކަކީ ދިވެއްސެއް. އެއީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުންޖަހާލި ކޮޅުވެއްޓިއެއް.
އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ބިދޭސީއަކަށް. ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހާލު ސީރިއަސް.
ފުލުހުން ދެންމެ ބުނީ، ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން މިހާރު ފެނިފައިވާ ކަމަށް.
އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް މިއަދު ހަވީރު ބަންޑުން ޖަހާލައި ހަ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 3:55 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ފުރަތަމަ ގެންދިޔައީ ތިން މީހެކެވެ. ނަމަވެސް، ފަހުން އިތުރު ތިން މީހަކު އެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ.
އެ ހޮސްޕިޓަލުން ބުނީ އެ މީހުންނަށް ފަރުވާ ދެމުން އަންނާތީ ލިބުނު އަނިޔާތައް އަދި ސާފުނުވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގެ ތެރޭގައި މީހަކު ހުރި ކަމަށެވެ. ކޯސްޓުގާޑު ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑު އިހްމާލެއް
03 November 2025
މީ ހަގީގަތުގަވެސް ބަޔަކު ޒިންމާ ކުރުވަން ޖެހޭނެ ހަދިސާއެއް، އެންމެ ބޮޑެތި އެކްސްކަވޭޓަރުގެ ދޭތި ލޯޑްކޮށްލީ، އެކަތި ގެންދެވޭ ވަރުގެ ކުޑަ ކޮޅުވެއްޓިއެއްގަ، ލޮކް ކޮށް ހިފެހެއްޓޭނީވެސް އޭގެ ސެންޓާ އޮފް ބޮޔެންސީ ނުގެއްލޭވަރުގެ ފުޅާ އެއްޗެހީގަ. ކެރޭނުން ވާދޫކޮށްލުމުގެ ކުރިންވެސް އެގެންވާނެ އެދޭތި ނުގެންދެވޭނެކަން. ގަދަވެފަ ކުރަން ދިމާކުރަނީ.
ރަނާވަތު
02 November 2025
އަދިވެސް އޮތީ ނާސިރު ޒަމާގެ ބަނދަރުތައް ޒަމާނީ ވަސީލަތްތަކާއި އެކުގައި ތަރައްޤީކުރުމުގެ މުހިންމުކަން ނިންނަނީ
ސުލެއިމާން
02 November 2025
ގިނަފަހަރަށް ބާރޖް ނުވަތަ ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާނީ އަރުވާފަ ހުންނަ މުދާ ރަނގަޅަށް ލައިސަން ނުލެވި ހުރީމަ. މިފަހުން ބަންޑުން މިޖަހާލި އުޅަނދުތަކުގަ އެއްވެސް މައްސަލައެއް އުޅޭކަމަށް ފާހަނގައެއް ނުކުރެވޭ.
ހަސާނުގެތަރި 2025
02 November 2025
ހަވީރު ފިންޏަށް ބުރު ޖަހާލަން ނިކުތް ކޮޅުވެއްޓި އެއްތަ؟ މުދާ ހިފައިގެން ދިޔަ އެއްޗެއްތަ؟ ކުރާނެ ކަމެއް ނޭގިގެން ދުއްވާލަން ނިކުން ކޮޅުވެއްޓިއެއްތަ؟ މިވަރު ހަބަރަކުން ވީޔާ ސާފުވާން ޖެހޭ ކަންނޭގެ..
ޑެބީ
02 November 2025
މައުމޫނުގެ ވެރިކަމުގައި ރާއްޖޭގައި ހެލިކޮޕްޓަރު މާގިނައިން ވެއްޓެންފެށީމަ ހެލިކޮޕްޓަރު ދުއްވުން މަނާކުރިގޮތަށް ރާއްޖޭގައި ކޮޅުވެއްޓި ދުއްވުން މަނާކުރަންވެއްޖެ.
ރާއްޖެ
02 November 2025
މިފަދަ ހުރިހާ ހާދިސާތައް މިއި "ގުދުރަތީ" ގޮތުން ހިގި ކަމެއް ކަމަށް ބަލާ ނިންމާލަނީ އަބަދުވެސް. ވެރިން ގެ ފަރުވާކުޑަ ކަމުން، މަސައްކަތް ތެރިންނަށް ބޭނުންވާ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ހުރެ ދިމާވާ ހާދިސާ ތަކުގެ ޒިންމާ ބަޔަކު ނަގަން ޖެހޭ. އެމީހުން ޒިންމާ ކުރުވަން ޖެހޭ. ކޮބާ މިރާއްޖޭގެ ހައްގުތައް ހިމާޔަތް ކުރަން އުފައްދާފަ ހުރި އިދާރާތައް؟ ބިދޭސީ އެއް ވީމާ ފުރާނައިގެ އަގު ނެތީ.
ރަޙްމަތް
02 November 2025
މުޅި ގައުމު ހިފަހައްތާ ފަތުރުވެރިން އުފުލާ ލޯންޗުފަހަރަށް ފާލަމެއްހެން ޝަހާދަތްމަތީ އެއްލޯންޗުން އަނެއްލޯންޗަށް އަރާ ގައުމެއްގައި ދެން ހުރި ވާހަކަދެއްކުމެއްނެތް... ޔާ ﷲ މަރުވި މީހާއަށް ހެއޮރަޙްމަތް ލައްވަވާށި. އަވަސް ޝިފާދެންތިބިމީހުނަށް ދެއްވާށި..
ލަކީ
02 November 2025
ހެހެ ކަންޑު އާދަޔާހިލާފަށް ގަދައީތޯ ޔެލޯ އެލާޓް ތޯ އޮތީ ހެހެ މިހާރު ހެލިކެޕްޓަރު ރާއްޖޭގަ ދުއްވުން މަނާކުރި ގޮތަށް ކޮޅު ވެއްޓި ވެސް ދުއްވުން މަނާ ކުރަން ވެއްޖެނު
ގަނބުޅި ދޮންތުއްތުގޭ ދަލޭކަ
02 November 2025
ކަލޭމެންނަށް އެނގޭތަ ލޭންޑިންގ ކްރާފްޓުގައި ރޯބަސްޓު ލޭޝިން ސިސްޓަމް ކިޔާ ސިސްޓަމްގެ ބޭނުންކޮށްގެން ކޮންޓެއިނާތަައް ނުވަތަ ހެވީ ވެހިކަލްތައް އަރިއަރިއަށް ދިޔަ ނުދީ ހިފަހައްޓާކަން. މި ބުނި ލޭޝިން ސިސްޓަމުގައިވާ ބެލްޓުތައް ބަލިވެ ކަނޑައިގެންގޮސް، ނުވަތަ ރަނގަޅަށް ނުގުޅުމުގެ ސަބަބުން އަރިއަޅާލާ ކޮންޓެއިނާ ނުވަތަ ހެވީ ވެހިކަލްތަކުގެ ބެލެންސް ކަހާލައިގެން އެއް އަރިއަށް ޖެހި ފޮރޮޅާލާކަން. ކެޕްޓަނުންގެ އިހުމާލު، ވެރިފަރާތުގެ އިހުމާލު ކޮބާ؟ ފިޔަވަޅު އަޅާ
ވަލުހަނދު
02 November 2025
ނޭނގިގެންތަ ނެރު އެއްޗެހި ދެފަހަރަށް ހަދަނީވެސް.
ދޮހޮއްތުބެ
02 November 2025
ކޮޅުވެއްޓިތައް ބަނދެފަވަނީ ރާއްޖޭގެ ކަނޑުގެ ބާނިތަކައްބާ . ބަލަންޖެހޭ ޑިޒައިނިން މައްސަލައެއްތޯ …