ޕްރައިވެޓު ޖެޓުތައް ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: އެމްއޭސީއެލް
31 ޑިސެމްބަރ 2023 - 10:00
އާ އަހަރު ފެށުން ފާހަގަކުރަން، ގިނަ އަދަދެއްގެ މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް އަންނަމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޕްރައިވެޓު ޖެޓުތަކުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ފުރާލާ އިރު، މި ވަގުތު ވެސް 30 އަށް ވުރެ ގިނަ ޖެޓު ރާއްޖެ އަށް އައިސްފައިވާ ކަމަށް އެ ކުންފުނީގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވި އެވެ.
"މާދަމާ އާ އަހަރު ފެށޭތީ އިތުރު ޖެޓުތައް އަންނާނެ ކަމަށް ބެލެވެނީ. އަދި އޭގެ ފަހަށް ވެސް ގިނަ ރިކުއެސްޓުތަކެއް ވަނީ ލިބިފައި،" ޝަމްއާން ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް މި ދުވަސްވަރަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގައި އެއްފަހަރާ 68 ޖެޓް ޕާކް ކުރެވޭނެ ޖާގަ އެމްއޭސީއެލުން ވަނީ ހަދައިފަ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.
އަމިއްލަ ޖެޓްތަކަށް އިތުރު ޖާގަ ހަމަޖެއްސީ އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގަ އާއި އާ ފިއުލް ފާމުގެ ކުރިމަތިން އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ސަރަހައްދެއްގައި ޕާކިން ޖާގަ ތަރައްގީ ކޮށްގެންނެވެ.
މިއީ ފިނި މޫސުމުގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދާ އެކު ވައިގެ ދަތުރުތައް އިތުރުވާތީ އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ކްރިސްމަސް އާއި އާ އަހަރު ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 January 2024
ބޮޑުވަޒީރުކަމުގެ ކުރީކޮޅު Lee Kuan Yew ސިލޯނަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްގައި ލަންކާގެ ޝިޕިންގ އޮފީހަށާއި ސީ ޕޯޓަށް ވަޑައިގެން ބައްލަވާފައި "އެއަށްވުރެން ފުރިހަމައަށް ސިންގަޕޯރ ގައި އެވިޔަފާރިކުރަން އަޒުމް ކަޑައެޅިގޮތަށް" ސަރުކާރު ވެރިޔަކު އައްޑުއަށް ވަޑައިގަތް ދަތުރެއްގައި ގޭން އެަަރޕޯޓްގައި (އޭރު ޝަންގްރިލާ ބަންދުނުކޮށް ހިންގި) އެތައް ބައިވަރު ޕްރައިވެޓް ޖެޓް ޖައްސާފައި އޮތުމުން "ހިތަށް ކެތްނުކުރެވިގެން" ކުރިކަންކަމުގެ ނަތީޖާދޯ ތިއީ!؟
2023ގަ
31 December 2023
ރާއްޖެ އައިސް ފުންމާލަންޖެހުނީ ބޯ ވާރެއާ ފެނުގެ ތެރެއަށް..
ފޮނިޓައްޕު ހަސަނު
31 December 2023
މަހުޖަނުންގެ ޖެޓްތައް ރާއްޖޭގައި ޕާރކްކޮށްފައި ބާއްވާ އިރު އެ ޖެޓްގެ ރާއްޖޭގެ އެޖެންޓު ދައުލަތައް ޓެކްސް ދައްކަމުން ދަނީ އޭނަގެ އެޖެންސީފީ 500 ޑޮލަރުގެ %8 ޕަސެންޓު އެއީ 40 ޑޮލަރު. މިއިން ޖެޓެއް ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 300 ޑޮލަރު ޓެކްސްގެ ގޮތުގައި ނަގަން ގޮވާލަން.
މަރުދުރު
31 December 2023
ފޮނިޓައްޕު ތިޔަ ދިނީ ވަރަށް ރަނގަޅު ހިޔާލެއް. ދައުލަތަށް ފައިސާ ނެގޭނެ ވަރަށް ގިނަ ވަސީލަތްތަކެއް މިގޮތަށް ގެއްލިފައިވޭ. ތިޔަ ޕްރައިވެޓް ޖެޓްގައި އަންނަ މަހުޖަނުން ހިތަކަށް ނާރާނެ ދުވާލަކު 500 ޑޮލަރު ދައްކަން ޖެހުނަސް ކަހިރުވަކެކޭވެސް.
އައްޑޫ މީހާ
31 December 2023
މިގައުމުގައި އަލަށް ހިގިކަމެއްތަ މީ؟ އަމިއްލަ ޖެޓް ހުޅުލޭގައި ނެތް އެރެއްދިޔަތަ؟ މީ މުއީޒުގެ މޮޅުކަން ކަން ދައްކަން އުޅެންޔާމުން ހަމަ މޮޔައީ.
ހޭމިޝް
31 December 2023
މިޔޮއް ވިއްސާރައިރުވެސް!
އެހެންޏާ
31 December 2023
މެޓުގެ ފޯކާސްޓް ބެލުނީ...
ސައިނީސް
31 December 2023
މަހުޖަނުން އިކޮނޮމީގަތަ ރާއްޖެ އަންނަންވީ، ނޫނީ ދުވެފަތަ
މައްދިވެހި
31 December 2023
ބޮއިކަޓް ނުކުރޭތަ
ކީއްވެ
31 December 2023
ކީއްވެ ބޮއިކަޓް ކުރަންވީ؟؟ އެމްޑީޕީ ވެރިކަމުގަ ނެތީމަތަ؟؟؟
އިބުރާހިމް
31 December 2023
އެކަމް ލާއެއްނުހުރެ ދަރާވިކިފަ އެލާރި ވަންނަތަނެއްހޯދަބަލަ މިދިޔަ ސޯލިހުސަރުކާރުން ލާރިޔައް ހެދިގޮތެއްވެސްނޭގެ އެލާރިހޯދަންވެއްޖެނޫންތޯ
ތުރާކުނޭ
31 December 2023
މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އައިސް ރިސޯޓު އޯނަރުންގެ ޑޮލަރުން ޖީބު ޑޮލަރުން ފުރާލަ ދީފަ ، ދެން ބާކީ ހުރި އެއްޗެއް ބަންގާޅީން ނާއި އިންޑިޔާ މީހުން އަށް ދިނީމަ ކޮބާތަ ނިކަމެތި ދިވެހި ރައްޔިތު މީހާ އަށް ވާ ފައިދާ އަކީ؟ 18 މިހާރުވެސް ޑޮލަރެއް މިލިބެނީ
ވިއްކާލަންވީއޭ
31 December 2023
ވެލާނާ އެއާރޕޯރޓްގެ އިރުން އޮތް ހާބަރ ބޭސިން ޖެހޭނީ ހިއްކާލާ އެއާރޕޯރޓަށް ބިން ބޮޑުކުރަން އެއިރުން ހާރބަރެއް ބޭނުންވާނެއޭ ހާބަރު ހެދުމަށްޓަކައި ހާރބަރު އިރުން 500 މީޓަރު ދުރުން ކަނޑުގައި ބޮޑެތި ހިލަ ތޮށިޖަހާ ޑީޕް ބްލޫސީ ގައި ހާރބަރު ހަދާ އެތަނަށް ޕެސެންޖަރ ލައިން ވެސް ގާތް ކުރެވޭ ގޮތް ހަދާ އަދި ހުރިހާ ރިސޯރޓްސް ތަކުގެ މާލެ އޮފީސް ހަދަން 5 ހެކްޓަރުގެ ބިމެއްގައި 150 ބުރީގެ އިމާރާތެއް އަޅާ އެމެންނަށް ހެކްޓަރެއްގެ ފްލޯރ ސްޕޭސް 10 މިލިއަން ޑޮލަރަށް