އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ. -- ފޮޓޯ: ޔޫއެސް އެމްބަސީ
04 ޖެނުއަރީ 2024 - 05:57
އިޒްރޭލަށް ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލު ހިފާފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮަސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާ ބުނެފި އެވެ.
ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީއަށް ލުބްނާންގައި ހަމަލާދީ އަވަހާރަކޮށްލާފައި ވަނިކޮށް ބާނިއާ މިހެން ބުނީ މޮސާޑްގެ ކުރީގެ ވެރިޔާ ޒްވީ ޒަމީރްގެ ޖަނާޒާގަ އެވެ.
"އޮކްޓޫބަރު 7 ގައި ޣައްޒާއިން އައިސް އިޒްރޭލަށް އެ ދިން ހަމަލާތަކާ އެއް މިންގަނޑަކުން ކިރޭނެ ރައްދެއް ދޭނަން. މިއީ ހަމާސް އާއި އެ ޖަމާއަތުގެ ވެރިންނާ މެދު ވެސް އޮތް ގޮތް،" ބާނިއާ ބުންޏެވެ.
"މިކަމަށް ވަގުތު ހޭދަވާނެ. މިއުނިކްގައި މީހުން މެރުމުގެ ބަދަލު ވެސް ހިފިން. މިފަހަރު ވެސް ބަދަލު ހިފާނަން. އެކަމަކު ވަގުތު ހޭދަވާނެ،" އިޒްރޭލު ޖާސޫސުންގެ ވެރިޔާ ބުންޏެވެ.
އޭނާ އެ އިޝާރާތްކުރަނީ 1972 ވަނަ އަހަރު އޮލިމްޕިކްސް ބޭއްވި އިރު ފަލަސްތީގެ ގްރޫޕެއް އިޒްރޭލުގެ އެތުލީޓުން ރަހީނުކޮށް އެތައް ބަޔަކު މެރި ހާދިސާއަށެވެ.
"ކޮންމެވެސް ދުވަހަކުން ބަދަލުހިފާނަން. ކޮންމެ ތާކު އޮތަސް އަތް އަޅައި ހުއްޓުވާނަން."
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 22،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެކަމަކު ހަމާސް އިން ބުނަނީ އޭގެ ތެރޭގައި ހަމާސްގެ 8،000 މީހުން ހިމެނޭ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާމޫ
08 January 2024
ޔޫއެން ގެ ނަމުގަ ކޮމެންޓް ކުރާ ދަރިވަރު އަދި ހިޔެއްނުވޭ ކިރުތުނބުން ވީއްލުނުހެނެއް! (ދަންނަ ނުދަންނަ)
މާހިރު
06 January 2024
މިކަލޭގެ ނުލަފާ ވައްތަރަކަށް ހީފަ ހުއްޓަކަސް އެއީ ޓެރަރިސްޓު ޖަމާޢަތެއްގެ އިސް ޓެރަރިސްޓެއް. ބަދަލުހިފާވާހަކަ ދައްކަން މިކަލޭގެ ލަދެއް ނުގަނެއެއްނު؟ ބައެއްގެ ބިމަށް ވެރިވެގަނެގެންތިބެ އެބައިމީހުންގެ ގެދޮރު ސުންނާފަތިކޮށް މީހުންތައް މަރަމުންދާއިރު އޭގެ ބަދަލުހިފާ، އިސްރާއީލަކީ ނައްތާލަންޖެހޭ ތަނެއްނު؟ އޮކްޓޫބަރު 7 ގަ ހަމާސްއިން ހަމަދިންވާހަކަ ދައްކާއިރު މާޒީގައި އިޒްރާއީލުން ކިތައްފަހަރު ހަމަލާދީ ކިތައްމީހުން މަރާފައިއޮތްތޯ ބަލާލަބަލަ!
ބުޅާ ގޯނި
04 January 2024
ﷲ އިސްރާއިލް ޒަހޫދިންގެ ނުބައިރޭވުންތައް ނާކަމިއާބުކުރައްވާނާދޭ ހަމާސްއައް ކާމިއަބުދެއްވަންވެ އިސްރައިލް ބަލިކުރައްވަ ނިކަމެތި ކުރައްވާންދެ އާމީން
ސެޮހ
05 January 2024
އެހެނެއްނުންވަނީ އެލަމް
ޕަކާސް
04 January 2024
މި ކޮމެންޓު ސެކްޝަނުގަ ހާދަ ހީވޭ އެކަކު ދެމީހަކު މާގިނައިން އެކި ނަންނަމުގަ އިޒްރޭލުގެ ނިރުބަވެރި ދައުލަތުގެ ދިފާއުގަ އުޅޭހެން. ހާދަ އަސަރެކޭ އެމެންނަށް އެކުރަނީ.
އަހް
04 January 2024
ﷲ އިސްރާއިލް ނައްތާލައްވާފާނދޭވެ.
ލަސްކަރު
04 January 2024
މުސްލިމުން އެކައްޗެއް ކިޔައިގެން ޔަހޫދީންނާއި ހަނގުރާމަކުރަންވީ އޭރުން މެދުއިރުމަތި އަމާންވެގެންދާނެއެވެ. އެކަމަކު ދުނިޔޭގެ އެދުން ބޮޑު ބައެއް އަރަބީންނަކީ..
އެޗް އެމް
04 January 2024
ދެމީހަކު އެކައްޗަކާ ހެދި އުޅޭނަމަ އެއެޗެއް ލިބުމުގެ ޗާންސްބޮޑީ އެހިނދަކު ބާރުގަދަ މީހާއަށެވެ. ކުރިންވެސް އަދި ފަހުންވެސް ކަންކަން ދާނީ އެމަގުންނެވެ.
މަނާހު
04 January 2024
ﷲގެ ވާގިފުޅާ އެކު ޔަހޫދީން ބަލިކޮށްލެވޭނެ. ޢަދި ފަލަސްތީނަށް އެމީހުންގެ ބިން ލިބޭނެ. ޢިސްލާމުންނަށް ނަޞްރު ދެ އްވާނެ. މުޝްރިކުންނާ އި އެމީހުންނަށް ތާ އީދުކޮށް އަތްޖަހަން ތިބި މީހުންނަށްވެސް އެތަން ދަ އްކަވާނެ.
ޏަން
04 January 2024
ކޮންދުވަހަކުން؟ މިހާރު 70 އަހަރު މިވީ ދުނިޔޭގެ ތިބި ހުރިހާ މުސްލިމުންނޭ ކިޔާބަޔަކު ތިކަމާއުޅޭތާ
ހަގުރާމަ ކުރާތާ 1000 އަހަރު.
04 January 2024
ތިކަންކަން ޙަމަޔަކައް އަޅުވާލާފަ މެދުއިރުމަތި ސުލްހަ ކުރުވަންބޭނުންތަ؟ ކޮންމެ 2 އަހަރަކުން މުޅި ދުނިޔެ ހިތުގެ ބަލިޖައްސަނީ ހުއްޓުމެއްނެތް ތިހަގުރާމައިން!!! ހުޅަނގުން ބޭނުންވަނީ މުސްލިމުން ބައިބޯކޮއް ތިބެ، އެމީހުންގެ ކުޅެކުޅޭ، ކޮއްޓާލާއިރައް ފުންމައިގަންނަ ޖާހިލު ބައެއްގޮތުގަ ތިބެން. އެއީ އެމީހުންގެ ވިޔަފާރިތަކައް ފައިދާވާނެގޮތައް! އެކަތިގަޑަކައް ވާކައް އެމީހުން ނޭދޭނެ. ވިޔަކަ ނުވެސް ދޭނެ. އަދި ކެކިކެކި ބައިތިއްބަން ވަރައް ފަސޭހަ ކަމެއް ވެސް މެ.
އައިސިސް
04 January 2024
އިސްރާޢީލް ނެތަސް މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކު ހަގުރާމަކޮށް ނެތި ވާނެ. އިސްރާޢީލް އޮވެގެންތަ ދުނިޔޭގެ ހުރިހާ ދިމާލެއްގަ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު މަރާ ހަދަނީ.
ހުއްޓޭބެ
04 January 2024
ނުހުއްޓަން ބޭނުމިއްޔާ ނުހުއްޓައި ތިބެންވީ. އެކަމަކު ހުއްޓާލައިގެން ދެއަތް އުރާލައިގެން އަރާމުގައި ތިބެވޭނެ ވަގުތެއް ހަމާސްއަކުން ކަލޭމެންނަކަށް ނުދޭނެ. ހަމާސްއަކީ ފިކުރެއް. އެ ފިކުރެއް ނުހުއްޓުވޭނެ. އާޚިރުގައި ޖެހެނީ ފަލަސްތީނަށް ދޭން. އަދި އެންމެ ފަހުން ޔަހޫދީން ޖެހޭނީ ތި ބިމުންވެސް ދާން. މިކަން ވާނީ ކޮންދުވަހަކު ކަމެއް ބުނަން ނޭނގުނަސް ޔަގީންކަމަކީ މިކަން މިމަގުން ހިނގާނެ ކަން.