ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް ނުހުންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
05 ޖެނުއަރީ 2024 - 22:50
މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަަލައަކީ މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންވެ، މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިއްކަން ނިންމި ވަރަށް ވުރެ ބިން ވެސް އިތުރުވާ ގޮތަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ އެންމެ އުއްމީދީ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ސަތޭކަ ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް،"--- ރައީސް ޑރ. މުއިއްޒު
"އެހެންވީމާ ބާރު ސްޕީޑުގައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ދަނީ ކުރިއަށް. ގެދޮރުގެ މައްސަލަަ އަށް އެންމެ އިސްކަމެއް ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއް ވެސް ބޭކާރުކޮށް ނުލައި މި ގެންދަނީ ބާރު ސްޕީޑްގައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު އެއްވުމުން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ އެވެ. ގެދޮރަށް ހާއްސަކޮށް ތައާރަފްކުރާ ލުއި ލޯނާއި އެހެން ވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިރޭ އަލަށް ގުޅުނު ބައެއް މީހުންނާ އެކު، ރައީސް ޑރ. މުއިއްޒު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ސަތޭކަ ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.
"ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް."
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އާޒިމާގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ. މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ނަމަވެސް، މިކަންކަން ކުރަން ބޭނުން ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށާއި އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ މޭޔަރަކަށް ވާނީ އާޒިމާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2028
07 January 2024
2028 އަށް އައުމުން ބުނާނެ އަދި 5 އަހަރު ދިނިއްޔާއޭ އެކަން ވާނީ.
އަސީލު
07 January 2024
މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަމަށް ހައްލު ހޯދޭނީ އާޒިމާ މޭޔަރުކަމަށް ހޮވަައިގެން.
އީސަ
07 January 2024
ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ ހައްލު. އެ މަސްއްކަތް އެއޮތީ މިހާރު ފަށާފަ
ޔޫޖާ
07 January 2024
ސާބަހޭ. މާލެ މީހުން އެކަނިތަ ރައީސް މުއިއްޒު އަށް ވޯޓް ދިނީ . މާލެ މީހުން އެކަނި ވޯޓް ދިންނަމަ އޯކޭ މާލެ މާލެ ވާން. ރާއްޖެތެރޭ މީހުންމިއި ބައްނޫންދޯ.
ނިސާކާ
07 January 2024
މާލެ މާލެ ހުސް މާލެ. މިީ ފެން ކޮންކަހަލަ އިންސާފެއް
އަހްމަދުހު
07 January 2024
ގައުމުދަރާފަ ވާކަމަށް ޝައްކު
އަލީމު
06 January 2024
އެހެން ގޮތަކައް ބުނާނަމަ: "މާލެ" އައް ހިޖުރަ ކުރުން މިފަސްއަހަރު ނިމޭ އިރު އޮންނާނީ މަޖުބޫރު ވެފަ. އެހެން ނޫނީ ސިއްހީ ޚިދުމަތެއް، ތައުލީމެއް ކީއްކުރަން، ބޯނެ ފެނެއްވެސް ނުލިބޭނެ!!! ވިސްނާ ރައްޔިތުން!
ބޮޑުރިޔާ
06 January 2024
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލުކޮއްދޭށޭ ކިޔާފަ ވަށަފަރު ފަޅާއި ފުށިދިއްގަރު ފަޅުހިއްކައިގެން ގެދޮރު ދިނުން ބަލައެއްނުގަނެވޭ އެހެންދޭނަމަ ތަންތަން ނުހިއްކާވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއެބަހުރި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި މާލޭގެ މީހުން ބޭނުމީ ބުރިޖަކުން ގުޅާލެވޭ ތަނަކަށް ދާން
ހޯހޯހޯ
06 January 2024
އެހެން ވެއްޖެއްޔަ ޖެހޭނީ މާލޭ ކަނޑު ހިއްކަން. ހިތްވެސް ހާދަ މޮޅޭ ދޯ؟
ބުރީގައި ވަސް ވަސް
06 January 2024
ރާއްޖެތެރޭ ކުދިންގެ ސުޕަރ ހީރޯ ދެއްތޯ ރައީސް މުުއީޒު މި.
ހުސޭނު
06 January 2024
އާނ! ސްޕަރ ހީރޯއަކަށް ވާނެ މުޢިއްޒު މިދާ ގޮތުން!
ހޯހޯހޯ
06 January 2024
އަހަރެމެން ރާއްޖެތެރޭ މީހުންނަށް މަލާމަތްކޮށް ފުރައްސާރަ ނުކުރޭ. މާލެ ނޫން ރައީސްއެއް އަދި މާލެ ނޫން ސަރުކާރެއް އަހަރެމެން ރާއްޖެތެރޭ މީހުންނަކަށް ނުލިބުނު.
ކުލީ އަޅު
06 January 2024
ގެދޮދު މި މާލެ މީހުންގެ ހައްގެއް އެކަނިތާ ؟ މާލެ މީހުން ނޫޅޭ ދިރިއުޅޭނެ ތަނެއްނެތިގެން. ކުއްޔަށް ދީގެން ލާރި ހޯދޭނެ ތަނެއް ބޭނުމީ. އޭރުންތާ މަސަތްކަތެއް ނުކޮށް މީރުކޮށް ކާއިގެން އުޅެވޭނީ.
ހަގީގަތްތް
06 January 2024
އަސްލުވެސް. ގޯތި ނުލިބިގެން އުޅޭ މާލޭގެ ނިކަމެތިވެގެން އަނގަޔާ އަތާދިމާނުވާ މީހުން ފްލެޓަކަށް ވުރެ ގޮއްޗެއްބޭނުންވަނީ ތިސަބަބާހެދިކަން އެނގޭ