ވިލިމާލެމަތިން ނަގާފައިވާ ފޮޓޯއެއް: މީގެ ކުރިން ހަ ބުރިއަށް އިމާރާތް ކުރެވޭ ނަމަވެސް އެ ގަވައިދު އިސްލާހު ކުރަން ކުރީ ސަރުކާރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުގައި އެތައް ފަހަރަކު އެދުނު ނަމަވެސް އެކަން ކޮށްދީފައެއް ނުވޭ..-- ފޮޓޯ: އެފްއޭއެމް
06 ޖެނުއަރީ 2024 - 12:32
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ މިހާރު އޮންނަނީ ހަ ބުރިއަށެވެ. އެކަމަކު، އެ އަވަށުގައި 10 ބުރިއަށް އިމާރާތްތައް ހެދޭނީ ޕްލޭނިން މިނިސްޓްރީގެ ގަވައިދު ރައްޔިތުންގެ މަޖިލިހުން އިސްލާހު ކުރުމުންނެވެ.
އެ އަވަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހެދުމުގެ ހުއްދަ ދިނުމަށް މިހާރުގެ ރައީސް ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި އޭރުގެ ސަރުކާރުގައި އެތައް ފަހަރަކު އެދިވަޑައިގަތެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަމަށް ހައްލެއް ހޯދައެއް ނުދެއްވަ އެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގއި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލޭގެ މީހުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޭޔަރަކަށް ހުންނެވިއިރު ވިލިމާލެ އަށް ކޮށްދެއްވަން ނިންމެވި ވަރަށް ގިނަ ކަންތައްތަކެއް ނުވި ކަމަށެވެ.
މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް.--
އޭގެ ތެރެއިން އެންމެ މުހިންމު ކަންތައްތައް ނިންމެނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ގަވައިދު ބަދަލުކޮށްގެން ކަމަށް ވިޔަސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިންކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމަކު، މިހާރު އެކަން އިސްލާހު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގައި އެދިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވިލިމާލެއަށްޓަކައި އަޅުގަނޑު މޭޔަރު ކަމުގައި ހުރިއިރު ކުރަން ގަސްދުކުރި ވަރަށް ގިނަ ކަންތައްތަކެއް ނުވި ސަބަބުތަކެއް ރޭގައި އަޅުގަނޑު ވާނީ ފާހަގަ ކޮށްފައި. އެއީ މުޅި މާލޭގައި ވެސް އެކަން ވީ ގޮތް. ސަރުކާރުގެ މަޖިލީހުގެ އެއްބާރުލުމާ އެކީގައި ކުރެވެން ހުރި ކަންކަން އެކަނިކަން ނުވެ އޮތީ،" ރައީސް ވިދާޅުވި އެވެ.
"މިދިޔަ ފަސް އަހަރު ދިޔައީ. އަޅުގަނޑު މޭޔަރަކަށް ހޮވިގެން ދިޔަ ދެ އަހަރާއި ބައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރިން އެކަން [ވިލިމާލެގައި 10 ބުރިއަށް ނެގުން ހުއްދަ ކުރަން] ވޭތޯ. މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީއާ ހިސާބުން އެ ހިފެއްޓުނު ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އެކަން އިސްލާހު ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ."
ދެހާސް ފަނަރަ ވަނަ އަހަރާ ޖެހެންދެން ވިލިމާލޭގައި އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ. ހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށްޓަކައި ގަވާއިދު ބަދަލުކުރުމަށް މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު، އެ މަޖިލިހުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީފާ
07 January 2024
ވައުދު ފުއްދުމުގައި ޑރ.މުޢިއްޒު ވަރެއް ނެތް. ސާބަހޭ ރައީސް.
ވިލްދާން މުހައްމަދު
07 January 2024
ޝުކުރިއްޔާ ރައީސް. ވަރަށް އުފާވެރި ހަބަރެއް.
މިގްދާދް
07 January 2024
ވިލިމާލޭ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއްމީ. މި ސަރުކާރުން ވިލިމާލެ ރައްޔިތުންގެ ހައްގު ހޯދާނެ.
އައުޝަމް
07 January 2024
މުއިއްޒް މިދަނީ ވިލިމާލެ ރައްޔިތުންގެ އަޑު އަހާ އެކަންކަން ކުރަމުން.
ސަނަމް މުހައްމަދު
07 January 2024
މުއިއްޒް ނޫނީ ނެތް ޒަމާނީ ތަރައްގީ ގެންނަން އުޅޭ ރައީސެއް.
ބަރާބަރު
07 January 2024
ވަރަށް ރަނގަޅު ކަމެއް. މި ސަރަހައްދުގައި ހުރިހާ ތަނެއް 10 ބުރިއަށް ނެގޭނެ ގޮތަށް އޮތުމަކީ ގިނަ ބަޔަކަށް އެކަމުގެ ފައިދާވާނެ ކަމެއް. އެކަމަކު 10 ބުރިއަށް ގެ ހަދަން ހުއްދަދޭއިރު ގޭގެ ތިރީބުރި އެކީ އެކައްޗަށް ޕާކިންގ އަށް ހުޅުވިފައި އޮންނަންވާނެ.
ގުއިއްޒު
06 January 2024
10 ބުރިއަށް ބޭނުމެއް ނޫން. ބޭނުމީ 25 ބުރިއަށް
ޢެމެރިކާ
06 January 2024
ވިލިގިލީގެ ހިއްގައުމުކަން ފެއްލެނީ.
ތުރުކީ
07 January 2024
ހިތް ގައިމު ކަމަށްވެސް ގޮވަން ޖެހޭ. ހަމަ އެ ބާރު މިނުގަ އުޅޭނެ ތަން މަދު ވެގެންވެސް ގޮވަންޖެހޭ. ހަމަ އެއަށްވުރެ ބާރު މިނުގަ ލާރި ނުލިބޭ ވާހަކަ ވެސް ގޮވަން ޖެހޭ. ސަލާމަތެއް ނެތެއްނު. ދިވެހީން ބޭނުން ވާ ގޮތެއްވެސް ބޭނުން ނުވާ ކަމެއްވެސް ބަޔަކަށް ނޭގޭނެ
ރަތްދިދަ
06 January 2024
ވިލިގިލީއަވަށު ރައްޔިތުންގެ ހިޔާލު ހޯދުން މުހިއްމު.
ތޮއްވިލި
06 January 2024
20 އަހަރުގެ "ތޮއް" މާސްޓަރ ޕްލޭނެއްތޯ ؟ވިލިމާލޭ ގެ ބިމުގެ ކެޕޭސިޓީ އަށް ނުކަތާވަރަށް ރަށުތެރޭން ސާފު ވައި ދައުރު ނުވާވަރުގެ މާލެފަދަ ވިލިމާލެއެއް
ތޮއްނުޖެހޭވިލި
07 January 2024
ބަލަ ހުޅުމާލޭގަ ބުރި ބުރިއަށް ނަގާ އިރު އެތާ ވައި ދައުރު ނުވޭތަ؟ ޕްލޭން އަކާ އެކީ ކަން ކުރީމަ ވައި ދައުރު ވާ ގޮތް ވެސް ރަނގަޅު ވާނެ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. މާލެ އަކީ އެއްވެސް ޕްލޭން އެއް ނެތި ތަރައްޤީ ކުރި ތަނެއް. އެހެން ވީމަ އެ ފާޑަށް މާލެ އެ އޮތީ.