ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް: އޭނާ އަލުން ވެރިކަމަށް ވަޑައިގަތުމަށް މިހާރު ވަނީ މަގު ފަހިވެފައި.
09 ޖެނުއަރީ 2024 - 06:28
އާންމު އިންތިހާބުތަކުގައި ވާދަކުރުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރަށް މުޅި އުމުރަށް މަނާކޮށްފައި އޮތް އޮތުން ގާނޫނުއަސާސީއާ ހިލާފް ކަމަށް އެ ގައުމުގެ ސުޕްރީމް އިއްޔެ ނިންމައިފި އެވެ.
އަންނަ މަހުގެ 8 ގައި ޕާކިސްތާނުގައި އިންތިހާބު ބާއްވާއިރު އެންމެ މަގުބޫލު އިދިކޮޅު ކެންޑިޑޭޓް ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހުރީ ޖަލުގަ އެވެ. އެހެންވެ އޭނާއަށް ވާދަ ނުކުރެވޭ ހާލަތުގައި އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ދެން. އެންމެ ބޮޑީ މީގެ ކުރިން ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފަށެވެ.
ނަވާޒް ޝަރީފް 2017 ވަނަ އަހަރު ވެރިކަމުް ދުރުކޮށް އިންތިހާބުތަކުގައި ވާދަކުރުން މުޅި އުމުރަށް މަނާކުރީ ސުޕްރީމް ކޯޓުގެ ހުކުމަކުންނެވެ. އޭގެ ފަހުން ޖަލުގައި އެތައް ދުވަހަކު އޮންނެވުމަށް ފަހު، ގައުމުން ބޭރުގައި އުޅުއްވުމަށް އެއްބަސްވެ ވަޑައިގަތުމުން ޖަލުން މިނިވަންކޮށް 2019 ވަނަ އަހަރު އިނގިރޭސި ވިލާތަށް ފޮނުވި އެވެ.
މިހާރު އުމުރުން 74 އަހަރުގެ ނަވާޒް ޝަރީފަށް އިންތިހާބުތަކުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާ ހިސާބަށް ނުލިބި އޮތީ ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމާ ހެދި އެވެ. އެކަމަކު، ދިރާސާކުރާ މީހުން ބުނާ ގޮތުގައި ސުޕްރީމް ކޯޓުން މިފަހަރު ނަވާޒް ޝަރީފަށް ކާމިޔާބުވީ ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް އަބަދުވެސް ނުފޫޒު ފޯރުވައި ކޮންޓްރޯލްކުރާ އަސްކަރިއްޔާ އާއި ނަވާޒް ޝަރީފްގެ ގުޅުން މިހާރު ރަނގަޅުވެފައި ވާތީ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އެއްވެސް މީހަކު މުޅި އުމުރަށް އިންތިހާބުތަކުން ސަސްޕެންޑް ނުކުރެވޭނެ ކަމަށާއި އެއީ އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓު ދިނުމަކީ ފަރުދީ އަސާސީ ހައްގެއް ކަމަށް ވާތީ ކަމަށެވެ.
"މި ހުކުމާ އެކު ނަވާޒް ޝަރީފަށް އިންތިހާބުތަކުގައި ވާދަކުރެވޭނެ. އެހެންވެ އަލުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު މިހާރު އެބަ އޮތް،" ސިޔާސީ މަސްރަހު ދިޜާސާކުރާ ބޭފުޅެއް ކަމަށްވާ ޒާހިދު ހުސައިން އޭއެފްޕީ އަށް ވިދާޅުވި އެވެ.
ނަވާޒް ޝަރީފް އިންތިހާބުގައި ވާދަކުރައްވާނީ ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) ގެ ލީޑަރެއްގެ ގޮތުންނެވެ. އޭނާއާ ވާދަވެރި އިމްރާން، 71، ވެރިކަމުން ދުރުކޮށް ހައްޔަރުކުރުމަށް ފަހު އިއްވި ހުކުމްތަކުގައި އަދިވެސް އޮތީ ޖަލުގަ އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހު
10 January 2024
އަލްޙަމްދުﷲ
ތީރު
10 January 2024
ވެރިކަމާހެދި މިހާރު މުޅި ދުނިޔޭގައިވެސް މިކުޅެނީ ހަމަ އެއްކުޅިވަރެއް. ޚާއްޞަކޮށް އޭޝިއާގެ ޤައުމުތަކުގައި.
ނަޒީރާ
09 January 2024
ދެވަނަ ޕެރެގްރާފުގައި ބުނާ އެއްޗެއް ސާފެއް ނުވޭ
ސައިޓޭށަން
10 January 2024
ބުނާ އެއްޗެއް ނޭނގޭނަމަ ބުނަން އުޅެފައި އޮތް އެއްޗެއް ފަހުމު ކުރަން ދަސް ކުރޭ. އެއީ އިމްރާން ހާން.