ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ފްލެޓުގެ މައްސަލަ އަވަހަށް ނިންމަން މަސައްކަތްކުރަން، ނިމޭނެ ދުވަހެއް ނޭނގެ: އޭސީސީ

ފަހިދިރިއުޅުމުން އިމާރާތްކުރަމުން އަންނަ ފްލެޓްތަކެއް: މި ފްލެޓްތައް ލިބޭ މީހުން ކަނޑައަޅައި އިއުލާންކުރި ލިސްޓާ ގުޅޭ ގޮތުން އޭސީސީން އަންނަނީ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުން. -- ފޮޓޯ | މިހާރު

ފަހި ދިރިއުޅުމުން އިމާރާތްކުރަމުން އަންނަ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި ނެރުނު ލިސްޓާ ގުޅޭ ގޮތުން ބަލަމުން އަންނަ ކަންކަން ވީހާވެސް އަވަހަށް ނިންމަން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް އޭސީސީން ބުނެފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ ހައްސާސީ މައްސަލައަކަށް ވުމުން، ފްލެޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ވީހާ އަވަހަކަށް ނިންމަން ތަހުގީގު ޓީމުން މަސައްކަތްކުރާ ކަމަށެވެ.

ނަމަވެސް، ކުރިއަށްދާ ތަހުގީގަކަށް ވުމުން، ތަހުގީގު މަރުހަލާ ތެރޭގައި ވެސް ފާހަގަވާ އިތުރު ކަންކަން ހުންނާތީ، ތަހުގީގު ނިންމާލެވޭނެ ދުވަހެއް ބުނަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އެކަމަކު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ، ފްލެޓުގެ ލިޔުން ހަވާލުކުރާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ފަހުން ވިދާޅުވެފަ އެވެ.

މިނިސްޓަރު ހައިދަރު "މިހާރު" އަށް ވިދާޅުވީ އޭސީސީގެ ތަހުގީގަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދިވެސް ތަހުގީގު ނުނިމޭތީ ފްލެޓް ލިއުން އަދި ދޫނުކުރެވޭނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ހައިދަރު ވިދާޅުވީ އެ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

29 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނާރީ

10 January 2024

ރަށްރަށަށް ނިސްބަތްވާމީހުންނާބެހޭމައުލޫމާތު ސާފު ކުރަން އެރަށެއްގެ އޮފީހަށް ގުޅާ ، އަމިއްލަ ނަމުގަ ރަޖިސްޓަރ އޮތް ގެވަޅާ ގެދޮރާ ހުރި ފަރާތްތަށް ލިސްޓުން ނަން އުނިކޮއްފަ ބާކީތިބި 13 ހާސް މީހުން ގެ ތެރެއިން ސަރުތު ހަމަ ކޮއް ޕޮއިންޓަށް ބެލުމެއް ނެތި ދިވެހިރައްޔިތުކަން އޮތް ކޮންމެ މީހަކަށް ގުރުގަ ބައިވެރި ވުމުގެ ފުރުސަތު ދިނީމަ މައްސަލަ ހައްލުވީ . ދޭންބޭނުން ވިހާބަޔަކަށް ފުލެޓް ކަށަވަރު ކޮއްދޭން މަތިން މާކްސް ދިނީކަން ފެންނަށް އޮތް ބޮޑު ހަގީގަތް .

The name is already taken The name is available. Register?

މުނާރާ

10 January 2024

ތީ ދޮގުލިސްޓެއް މަކަރުހަދާ ދޮގު މައުލޫމާތު ދީފައިވާ ލިސްޓެއް ރަށްރަށުގައި ތިބި އެތަބަޔަކަށް ހުރީ ދީފައި ، އަދި އޮފީސް ތެރެއިން ޕޮއިންޓް ބަދަލުކޮށް އެތަށްބަޔަށް ދީފައި ހާލަތު ވަކިބަޔަކަށް ބަލާފައި އެތަށް ބަޔަކު އެބަތި ހާލަތު ނުބަލާ ދަރިން ނެތް މީހުންނާއި މީހުންނާއި ނީންނަ މީހުން ދީފައި ކޮންފަދަ ބޮޑު ކަމެއް ވެރިކަމަށް އަންނަން ވެގެން ހެދޭ ނުހެދޭ އެއްޗެއް ވެސް އިނގެނީކީ ނޫން

The name is already taken The name is available. Register?

ކިނާރީ

10 January 2024

ސަރުކާރުގަ މަސައްކަތް ކުރާ މުއައްޒަފުންގެ ބޯހިޔާވަހިކަމަށް ނުދެވޭއިސްކަމެއް ، އަމިއްލަ ނަމުގަ ބިން އޮވެ މާލޭގެ ދިރިއުޅުނޭކިޔާ މާލެއިން ފުލެޓް ލިބޭކަށް ސަރުތު ހަމައެއް ނުވާނެ . އަމިއްލަ ގެދޮރުގަ ދިރިނުއުޅޭއިރު އާއްމު ދަނީ ހޯދަނީ ކުއްޔަށް ދީގެން ކަމަށްވާއިރު މަތިން މާކްސް ދިނީ ސަރުތު ހަމަ ކުރީވެސް ބޭއިންސާފުން .

The name is already taken The name is available. Register?

އާދަންބެ

09 January 2024

ތިކަންފެށި މުއްދަތުން ފެށިގެން މިހާރު ހަތަރުމަސް ދުވަސްވަނީ މި. އެންމެ ތިން މުއައްޒަފުން ލައިގެން އޮފީސް ދުވަސް ތަކުގަ ކޮންމެ މީހަކު 55 ފޯމް ޗެކް ކޮށްލެވޭނެ އޭރަށް ހުންނާނީ މިހާރު ނިމިފަ. ހަމަ އެކަނި ބަލަން އޮތީ ޕޯޓަލްއިން މީހުންނަށް ޕޮއިންޓް ދީފަ ހުރީ ރަނގަޅަށްގޮތޯ.

The name is already taken The name is available. Register?

ޙައިއް

09 January 2024

ތި ލިސްޓުން އައްޑޫ ހިސާބު މީހުންގެ މައުލޫމަަތު ދީފަ ހުރިގޮތް ބަލާލާއިރު 90 ޕަސެންޓް ތިބީ ދޮގު މައުލޫމާތުދީގެން ފްލެޓް ހޯދާފަ،ެ ޙައްގުވާ އެތަށްބަޔަކު ތިއްބަ ރޮޒޭ ބޭނުންވާ ބަޔަކަށް ބަހާލާފަ އޮތީ،އެމީހުން ހޯދާފަ ބޭރުކުރޭ ލިސްޓުން،ހިތުހުރި ގޮތްހަދާކަށް ތަރިކަ މުދަލެއްނޫން މިއެއް،ދެންވެސް ތިބީ ހަމަ ރައްޔިތުން،ވ ސަލާން

The name is already taken The name is available. Register?

ވަގުންގެ ރާއްޖެ

09 January 2024

އައްޑޫ ހިސާބު މީހުންނޭ ކިޔައިގެން ތިހެން ވާހަކަ ދައްކަން ރާއްޖޭގެ އެއްވެސް ހިސާބެއްގެ ބަޔަކަށް މިހާރު ފުރުސަތެއް ނެތް. ހުރިހާ ހިސާބެއްގެ މީހުން ވެސް އެބަހުރި ވަގު ފޯމު ލާފައި. ޖުމްލަކޮށް އެންމެންނަކީ ވެސް މިހާރު ވަގުން.

The name is already taken The name is available. Register?

ވިނަރެސް

09 January 2024

އަހަރުމެން ވިނަރެސް މީހުން މި ސަރުކާރަށް ވޯޓު ދިނީ ވަރަށް ފޮނި އުންމީދާއެކު ވިނަރެސް މަހު ކުލި ވެސް އަގު ހެޔޮ ކުރާނެ ކަމަށް ތަކުރާރުކޮށް ވައުދުވީމަ. އަދި 4200 ކެބިނެޓުން އަގު ހެޔޮކޮށްފީމޭ ބުނި ހެއްދެވީ އިތުރުފުޅު. ޙަގީގަތަކީ އަގު ހެޔޮކުރީ އިބޫ ސަރުކާރުންކަން އިންޓްރެސްޓް. މި ސަރުކާރުން ހަމަ އެކަނި ޑައުންޕޭމަންޓަށް ލުއި ދިނީ. ކުލި އަގު ހެޔޮ ނުކުރޭ. މަޖިލިސް އިންތިޚާބަށް ވޯޓު ހޯދަން ނާންނާތި.

The name is already taken The name is available. Register?

ސޮނިކް

09 January 2024

ތިކަން މައްސަލައަކަށް ހަދަިގެން ތިތިބެނީ މަޖުލީހުގެ ވޯޓާ ދިމާކޮށް ތިކަން ކުރަން. ވަކިބަޔަކަށް ނާޖާއިދު މައްފާއެއް ހޯދައިދެވިދާނެކަމަށް ބަލައިގެން. ނަދުރުފުދޭތޯ.

The name is already taken The name is available. Register?

ހުސައިން 803

09 January 2024

4000 ފުލެޓް ލިބޭމީހުންގެ ލިސްއަކީ ފުލެޓް ލިބޭއެތައްބައެއްގެ ހައްޤަށް އަރައިގަނެ ހައްޤުނޫން އެތައް ބައެއް ލިސްޓްގައި ހިމަނައިގެން ދައުލަތުން ކޮށްފައޮތް ބޮޑު ވައްކަމެވެ. އަދީބު ދައުލަތުން ނެގީފައިސާއެވެ. އެނެއްބަޔަކު މިނެތީ އެތައް މިލިޔަން ރުފިޔާގެފުލެޓެވެ. އެއްވެސް ތަފާތެއް ނެތެވެ. އެއްގޮތަކަށްވެސް އެއޮތް ގޮތަކަށް ފުލެޓްދޭކަށް ނުޖެއެވެ. ފުލެޓް ދޭންޖެހޭނީ ހައްގުވާމީހުންނަށެވެ.

The name is already taken The name is available. Register?

ލިޔުން

09 January 2024

ޔާމީންގެސަރުކާރުން ލިބުނު ފުލެޓްގެ ލިޔުމުގެ މީހުންކޮބައިތޯ! މުއިޒް ވައުދުވި އެތައްފަހަރަކު މެ އެމީހުންނއް ދޭން އަދިވެސްހަބަރެއް ނުވޭ

The name is already taken The name is available. Register?

ސައިޚް

09 January 2024

ދިވެހި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިސަންދޯ.؟ ތިއަށްވުރެ ރަނގަޅުވާނެ ކާށި ބޯޓު ހޯދަން އުޅުނަސް، ތިއޮތީވާ ކޮމިސަނެއް، ދެލޯނެތް، ބޯނެތް، ކޮމިސަނެއް، ވީކަމެއް ހަރާން، 15 އަހަރުވީ. ކޮމިސަން ގަންނާނެއްބާ.؟

The name is already taken The name is available. Register?

ބަޑިތަކުރު

09 January 2024

ރައީސް ވިދާޅުވާ އެއްޗަކާ މިނިސްޓަރ ވިދާޅުވާ އެއްޗެއް ދިމާނުވީމާ ދެން ގަބޫލުކުރަންވީ ކޮންފަރާތެއްގެ ވާހަކަ ބާވައެވެ. ކޮންމެ ގޮތެއްގައިވެސް ބަޔަކަށް ދޭން ނިންމާފައި ވިޔަސް އެއީ ބޭއިންސާފުން ނިންމާފައިވާ ނިންމުމެއްކަމަށްވަންޏާ އެއާ އެއްގޮތަށް އެކަން ކޮށްގެން ނުވާނެއެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ބެލެންހުރި ވަރަކަށް ބަލާފައި ވީހާވެސް އިންސާފުވެރިކޮށް ދިނުމަކީ ދައުލަތަށް ލާޒިމް ކަމަކަށްވާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454