ޚަބަރު / ބޯހިޔާވަހިކަން

ފްލެޓުގެ ލިޔުން ދޭނީ އޭސީސީގެ ތަހުގީގު ނިމުމުން: މިނިސްޓަރު

ފަހި ދިރިއުޅުން ކޯޕަރޭޝަނު ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުގެ މަސައްކަތް، މިނިސްޓަރު ޑރ. ހައިދަރު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭން ފަށާނީ އޭސީސީގެ ތަހުގީގު ނިންމައި ވަކި ގޮތެއް އެންގުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ގޯތި އަދި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް، މި ދެ ހަފުތާގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ. ނަމަވެސް، އޭސީސީން މިހާރު ވެސް އަންނަނީ ފްލެޓާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.

މިނިސްޓަރު ހައިދަރު "މިހާރު" އަށް ވިދާޅުވީ އޭސީސީގެ ތަހުގީގަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދިވެސް ތަހުގީގު ނުނިމޭތީ ފްލެޓް ލިއުން އަދި ދޫނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް ދެތިން ހަފުތާގެ ތެރޭގައި މައްސަލަތައް ބަލައި ނިމޭނެ ކަމަށް އޭސީސީން އޮތީ ބުނެފަ އެވެ.

ފްލެޓުގެ ލިޔުން ހަވާލުކުރުން މި ވަގުތު ކުރިއަށް ނުގެންދިޔަސް، މިނިސްޓަރު ވިދާޅުވީ ބިމުގެ ރަޖިސްޓްރީ ހަވާލުކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ. ހައިދަރު ވިދާޅުވީ އެ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އޭސީސީން ލިސްޓު ރިވިއުކުރަން އަންގައިފި ނަމަ]އެހެން ވިއްޔާ އެގޮތަށް އަމަލުކުރަން ޖެހޭނެ ދެއްތޯ." ހައިދަރު ވިދާޅުވި އެވެ.

މިހާރު ހަދަމުން އަންނަ ފްލެޓުތައް ލިބޭ މީހުން ކަނޑައެޅުމަށްފަހު، ދާއިމީ ލިސްޓުން ވެސް 9،000 މީހުން ބާކީވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މީހުން ތިބޭނީ ފްލެޓުގެ ވެއިޓިން ލިސްޓުގައި ކަމަށެވެ. އޭރުން، މި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއަށް ވަކިން ކުރިމަތިނުލިޔަސް ފްލެޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ފްލެޓު އެޅުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުނުވިޔަސް، އެ ފުރުސަތު އެބައޮތް ކަމަށް ހައިދަރު ވިދާޅުވި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓުގެ މައްސަލަ ވީހާ ވެސް އަވަހަށް ނިންމަން ކުރަންޖެހޭ މަސައްކަތް ވަރަށް އިސްކަންދީގެން ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ވަކި ހާއްސަ ޓީމެއް އެކުލަވާލައިގެން، ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

45 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 5%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިލާމޯ77767

07 January 2024

ތި ވާނީ ތިޔަށް ދޮގުހައިދައިގެން މަޢުލޫމާތު ދިން މީހުންނަށް ފްލެޓް ލިބޭނެ މިފަހަރު..ދެން އެންމެންވެސް ދަސްކުރޭ ތެދު މަޢުލޫމާތު އެއްގޮތަކަށްވެސް ނުދޭޓި މިކަހަލަ ކަމެއްގައި...މާލޭގައި އުޅޭތާ 40 އަހަރުވިއަސް ނުލިބުނު އެކަމަކު ރަށްރަށުގައި އުޅޭ މީހުންނަށް މި ލިބެނީ...

The name is already taken The name is available. Register?

ޖީޒާ ޢަލީ

06 January 2024

ފްލެޓް ދޭންވާނީ ޝަރުޠުހަމަވެ ހައްގުވާ މީހުންނަށް.

The name is already taken The name is available. Register?

ދެރަސޮރު

06 January 2024

މިދެން އަރަތެއްނު. ރައީސް މުއިޒު އެއްޗެއް ކިޔާފަ ޓްވީޓް ކޮއްލާއިރަށް މީނަ ދިމާއިދިކޮޅަށް އެބަފަށާ. ބަލަ ވަރަށް ސާފު އިބާރާތުން މުއިޒު އެކިއަނީ، ކޮންމެ ނިއަތެއްގައިވެސް ދިވެހި ރައްއިތަކަށް، އެއީ ސިއާސީ މަގުސަދެއް ހާސިލުކުރަން ކަމަށް ވިއަސް، ކުރީ ސަރުކާރުން ދީފަ އިން ފުލެޓެއް އަތުނުލާނަމޭ، ހަމަބުނާއިރަށްް މީނަ އެބަ އޭތި ނުއަތަށް އެބައަނބުރާ. މީނަ މާ ފްލެޓަކާއަޅައިގަނެގެން އުޅެނީ ކީއްވެތަ. ބަހާލިބިންތައްކޮބާ. އަނެއްކާ މީނަ މިކިޔަނީ ކޮން ލިޔުމެއް

The name is already taken The name is available. Register?

ކޮލަމާހުއްޓާ

06 January 2024

މުއިއްޒު ނުބުނޭ އޭސީސީން ތިކަން ނިމެންދެން މަޑުކުރާ ވާހަކަ. މިހަފްތާގަ ނިންމަދޭވާހަކަ ބުނީ. މީ ހަމަ ހިޔަޅު ސަރުކާރެއް.

The name is already taken The name is available. Register?

ޢިކު

05 January 2024

ފުލެޓުލިޔުންދޭން ތަހުގީގު. ޙިލޭ ބޭއިންސާފުން ބަހާލި 50 ބިލިޔަންގެ ބިންތައް ހަމަ ބަޜާބަރު

The name is already taken The name is available. Register?

ވޯޓު

05 January 2024

ވޯޓު ދޭނީ މަށަށް ލިބުނު ފްލެޓް ހަވާލުކުރުމުންކަން ރަނގަޅަށް ދަންނާތީ. ނޯ ފެލްޓް- ނޯ ވޯޓް. އައި ޑޯންޑް ގިވް އަ ޝިޓް އަބައުޓް އޭސީސީ ގޭމްސް.

The name is already taken The name is available. Register?

ވާރިދާ ނައުފިލް

05 January 2024

ކުރީ ސަރުކާރުން ވޯޓުހޯދަން ޖެހި ދަންތުރައިގައި މިސަރުކާރުން ޖެހި ކެހިވެރި ފުލެޓާއި ގޯތިތައް ނުހައްގުމީހުންނަށް ދީފަ އޮތްއިރުވެސް ހަމަ އެއޮތްގޮތައް އެމީހުންނަށް ދޭން ނިންމުމަކި ގައްދާރުވުން. 18 އަހަރުގެ ކުޑަކުދިންނަށްވެސް ހުޅުމާލެއިން ގޯތި އެބައޮތް ދީފަ. މީހަކާ ނީންނަ ދަރިންނެތްވކުޑަކުދިންނާ މުއްސަނދިންނަށް. މައިންބަފައިގެ ބިން އޮންނަ މީހުންނަށްވެސް.

The name is already taken The name is available. Register?

ސަން123

05 January 2024

ފްލެޓް ލިބޭ ފަރާތްތައް ހޮވުމުގައި މާކްސް ދޭންޖެހޭނެގޮތް: ދަރިންގެ ނަމުގައި އަމިއްލަތަނެއްނެތްނަމަ ދަރިންގެ ބައިން ފުލްމާކްސް ދިރިއުޅުމުގަ ހާލަތުން އަމިއްލަ ތަނެއް ނެތްނަމަ ފުލްމާކްސް މިގޮތަށް ކްރައިޓީރިޔާ ބަދަލުކޮށްގެންނޫނީ ހައްގު ފަރާތްތަކަށް ފްލެޓެއް ނުދެވޭނެއެވެ،

The name is already taken The name is available. Register?

މުއްތަސިމު

04 January 2024

މިދެން އަރަތެއްނު. މުއިޒު އެއްޗެއް ކިޔާފަ ޓްވީޓް ކޮއްލާއިރަށް މީނަ ދިމާއިދިކޮޅަށް އެބަފަށާ. ބަލަ ވަރަށް ސާފު އިބާރާތުން މުއިޒު އެކިއަނީ، ކޮންމެ ނިއަތެއްގައިވެސް ދިވެހި ރައްއިތަކަށް، އެއީ ސިއާސީ މަގުސަދެއް ހާސިލުކުރަން ކަމަށް ވިއަސް، ކުރީ ސަރުކާރުން ދީފަ އިން ފުލެޓެއް އަތުނުލާނަމޭ، ހަމަބުނާއިރަށްް މީނަ އެބަ އޭތި ނުއަތަށް އެބައަނބުރާ. މީނަ މާ ފްލެޓަކާއަޅައިގަނެގެން އުޅެނީ ކީއްވެތަ. ބަހާލިބިންތައްކޮބާ.

The name is already taken The name is available. Register?

ހާރިސޫ

04 January 2024

ތިމައްސަލ ދެން ކޮންމެވެސް ކޮޅެއްގައި ޖައްސަން ވެއްޖެ އެންނު. ދޭބަޔަކަށް ދީ ނުދޭބަޔަކަށް ނުދީ. ރައްޔިތުން މިގޮތަށް ގަނަތެޅުވުން ހުއްޓާލަން ޖެހޭ. ރައިސް މުއިއްޒު ވިއަސް އިބޫވިއަސް ޔާމީނަސް މިގޮތަށް ރައްޔިތުން ގަނަތަޅުވާ ބަޔަކަށް މަގޭ ތާއީދެއް ނޯއްނާނެ

The name is already taken The name is available. Register?

ޕަން ކޭ

04 January 2024

އޭސީސީ އާއި ހަވާލުކޮށްގެން ގޯތި ގެދޮރު ދޫކުރާ ގޮތަށް ހަމަޖެހިއްޖެ ނަމަ ދޯ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454