10 ޖެނުއަރީ 2024 - 14:37
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ޕީޕަލްސް ގްރޭޓް ހޯލަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން އިސްވެ އެ މަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސް ޝީ އެވެ.
ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ
ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި އޮނަގާޑެއް އިންސްޕެކްޓް ކުރުން އޮތެވެ. އަދި ދެ ގައުމުގެ ގައުމީ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް ޑރ. މުއިއްޒަށް މަރުހަބާ ކިޔެވެ.
އޭގެ ފަހުން ދެ ގައުމުގެ ރަސްމީ ވާހަކަތައް ވަނީ ބާއްވައިފަ އެވެ.
ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ޗައިނާ އަށް ވެސް ގައުމެއްގެ އެންމެ އިސްވެރިއަކު މި އަހަރު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރާއްޖެ އާއި ޗައިނާގެ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް މުއިއްޒަށް މިއަދު މަރުހަބާ ކިޔަނީ.
ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ދެ ދުވަހު ފުޖިއާން ޕްރޮވިންސްގައި ހޭދަކުރެއްވައި ބައެއް ރަސްމީ ބައްދަލުވުންތައް ބޭއްވެވި އެވެ. ބެއިޖިން އަށް ވަޑައިގަތީ ރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
11 January 2024
ޗައިނާގެ ރައީސްގެ ދައުވަތަކަށް ގައުމެއްގެ އެންމެ މަތީވެރިޔަކު ކުރާ ދަތުރަކަށް އަބަދުވެސް އެމީހުން ކިޔަނީ ޗައިނާގެ ދިދައިގާ އެހެރަ ކުލައިގެ މަރުހަބާއެއް. ވަކިމީހަކަށް ވެގެން އެމީހުންގެ ގައުމީ ސަގާފަތް ދޫކޮށްނުލާނެ.
ގޮހޮޑާ
11 January 2024
ރައީސް ޝީ، ރައީސް މުޢިއްޒަށް މަރުޙަބާއެއް ނުދަންނަވާނެ. 'ދެންނެވުން' އެއީ އެންމެ މާތް ބަހުން ވާހަކަ ދައްކާއިރު، ވާހަކަ ދައްކާ މީހާ ބުނެ އުޅޭ ގޮތް. މިސާލު: އަޅުގަނޑު ދެންނެވީ (އެންމެ މާތް ގޮތް)، އަހަރެން ނަންގަތީ (މާތް ގޮތް). ރަނގަޅު ގޮތަކީ މަރުޙަބާ ވިދާޅުވުން
މިހާރުގެކުދިންގެމާތްބަސް
11 January 2024
އަޅުގަޑު ވިދާޅުވާނީ ތި ބުނީ ހަމަ ރަގަޅަށޭ.
އަލީރާޖާ
11 January 2024
ކުރިން ސަރުކާރާ އެކީ ތުއިވީ ބައިވެރިޔާ ރުޅި އަރުވާފަ އެކަން އިއުލާނުކޮށްފަ އެދިޔައީ އަސްލު ބޮސް އަށް މަގާމުގެ ފަތްކޮޅު އަރުވަން.
މޯޑޭ
10 January 2024
ކޮބަހޭ ފުލެޓްތައް..ވައުދު އާއި އެއްގޮތަށް ކަންތަން ކުރާތަނެއް ނުފެނޭ. ޓުވިޓް ކޮށްކޮށްފަ ރަށްއިތުން ގަޅި ހަންދަނި. ކިހާ ދެރަކަމެއްތަ މީ
ދުރުމީ 19
10 January 2024
މަރުހަބާ ރައީސް މުއިޒު އަދި ޝީ. ދިވެހިރާއްޖޭގެ 2024 ވަނަ އަހަރުގެ ބަޖެޓް ފައިނޭންސިއަންބޭނުންވާ 13.8 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ލިބިއްޖެއްޔާ އަޅުގަނޑު ވަރަށް އުފާވާނެ.. އެއިރުން ތާފާތެއް ގެނުވުނީ ވަރަށް ބޮޑު. ޝުކުރިއްޔާ
ނައުބޭބެ
10 January 2024
ކިތަންމެ ވަރެއް އެރުވިޔަސް 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލާނީ ޗައިނާ މީހުންނެއްނޫން. ދިވެހިން. ބޮޑު ތަނުން މުއިއްޒުއަށް ނޯ ބުނާނެ ދިވެހިން. ރައީސް ޔާމީނަށް ދިން އަހުވާ، ކަރު ބުޑުގައި ޖެއްސި ހިތި ރަހަ، ދިން ދޯކާ އަލާ ފިލާވަރަށް ވޯޓުން ތަޅާ މުއިއްޒު ބަލި ކުރާނަން. ޗައިނާ ބަނޑުދޮަށްވަދެ މިވަގުތު އޮވެވިދާނެ..
ފފލކލ
11 January 2024
ދިވެހިންގެ ނަމުގައި ވާހަކަ ނުދައްކާ. ނައުބޭބެ ގެ އަމިއްލަ ނަމުގައި ވާހަކަ ދައްކާ! އަހަރެމެން ނަށް ކަމުދަނީ ގައުމާ ގައުމުގެ ރައްޔިތުންނަށް ކަންކަންކޮށްދޭ ވެރިއެއް. ރޯނު އެދުރުންނާ ގައުމަށް ހިޔާނާތްތެރިވާ މީހުންނަކީ ދިވެހިން މާޒީގައިވެސް ބަލައިގަނެފައިވާ ބައެއްނޫން.
ބަންގްލާސޮރު
10 January 2024
މީކޮންވައްތަރު ގައުމިއްޔަތެއް؟ އިންޑިއާއިން ނެއްޓިގެން ގޮސް ޗައިނާ ދިދައިގެ ދަށަށް ވަންނަ ވައްތަރު ގައުމިއްޔަތެއް؟
ސަމަދުބެ
11 January 2024
އެއުޅެނީ ގައުމިއްޔަތު ދިރުވާލަން. ދިރުވާލިވަރު އަދި އެގޭނެ. އެމްއެމްޕީ އާރސީ ނުވާނެ ހުވަނދަކަށްވެސް.
ހުސްނުވާނެއޭދޯ
10 January 2024
ޗައިނާގެ އެހީގައި ބަލަންވީއޭ ރާއްޖެ އަށް ބޭނުންވާ ކޮމޯޑިޓީސް ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ތަކެތި ތައް ޗައިނާ އިން މެދުކެނޑުމެއް ނެތި ރާއްޖޭގައި ހެޔޮއަގުގައި ގަންނަން ލިބޭނެ ގޮތް ހަދަން އެގޮތުން ބަލާއިރު ގާފަރު ފަޅުހިއްކާ އެތަނުގައި އެބަޖެހޭ ޗައިނާގެ ވާރޓިކަލް ފާރމިންގް ހައްދަން ޗައިނާ އަށް އެފަޅު ކުއްޔަށްދޭންވީއޭ 100 އަހަރަށް އަހަރަކަށް ރާއްޖެ އަށް 250 މިލިއަން ޑޮލަރުގެ ކުއްޔެއް ޗައިނާ އިން 100 އަހަރަށް ދިނީމާ ނިމުނީއޭ އެއިރުން ފިޔާ
ސަލީމު އިދުރީސް
11 January 2024
ޗައިނާގަ އެކަންކުރާނެ ބިމާ އަގުހެފަންނީ މީހުން ނެތީތޯ!
އަފްރާސިޔާބު
11 January 2024
އެމީހުން ވިއްކާ އަގެއްގައި ގަންނަން ހުރިހާ ގައުމަކަށްވެސް ގަންނަން ލިބެން ހުންނާނެ. އެއްވެސް ގައުމަކަށް ވަކި އިސްކަމެއް ނުދޭނެ.
ސީޒަން ޖެކުހަން
10 January 2024
މިހާރު ހުންނާނެ މޮދީބޭގެ ނޭފަތުން ދުންއަރަރާ.
ރަރަރާރާ
10 January 2024
ޗައިނާގެ ރައީސް ޝީ ސީދާ މުއިއްޒު އަށް ރަތްދޫލައިގެ މަރުހަބާ އެއް ކިޔުމުން މިއިން އެގިގެންދާ އެއްޗަކީ ދެން މިރާއްޖޭގެ ޓޫރިޒަމް ގައި އެއްވަނަ އަށް މިއަހަރު ނިމެންވާއިރަށް ޗައިނާ ނަގާނެ ކަން ޗައިނާގެ ގެސްޓުންނަށް ރާއްޖޭގެ ރިސޯރޓް ތައް ތައްޔާރުވާންވީއޭ އަގުހެޔޮ ރިސޯރޓްސް ތައް މާލެ ސަރަހައްދުގައި ތަރައްގީ ކުރަންވިއޭ އިންޓަރގްރޭޓެޑް ރިސޯރޓް ތައް ގިނަ އަދަދަކަށް ޝޮޕިންގް މޯލް އަދި އިންޑަސްޓްރިއަލް ޕާރކް ލައިގެން ތަރައްގީކުރަންވީއޭ ރަރަރާރާ ރަރަރާރާ