ޔަމަންގެ ހޫތީ ހަނގުރާމަވެރިންގެ ބަޔަކު ހަތިޔަރާ އެކު. -- ފޮޓޯ: އޭޕީ
11 ޖެނުއަރީ 2024 - 06:34
ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ 12 ޕަސެންޓް އުފުލަން ބޭނުންކުރާ ކަނޑުގެ ސަރަހައްދު ކަމަށްވާ ރަތްކަނޑުގައި ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެފަ އެވެ. ހަމަލާ ދެނީ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ނުވަތަ އިޒްރޭލާ ގުޅުން ހުރި މުދާ އުފުލާ އުޅަނދުތަކަށް ކަމަށް ވަނީ ބުނެފަ އެވެ.
ހޫތީންގެ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ގެއްލުންވާ ކަމަށާއި އެހެންވެ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި ގަރާރު ފާސްކުރި އިރު ރަޝިޔާ، ޗައިނާ، މޮޒަމްބީކް އަދި އަލްޖީރިއާ އިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ހޫތީން ރަތްކަނޑުގައި ދޭ ހަމަލާތައް ވަރުގަދަކޮށް އިތުރުކުރަމުން ދާތީ ޝިޕިން ކުންފުނިތަކުން އެ ކަނޑުގެ ސަރަހައްދާ ދުރުން، ދިގު މަގުތަކުން ދާން ޖެހުމުން މުދާ އުފުލުމުގެ ހަރަދު ދަނީ ބޮޑުވަމުންނެވެ.
ހޫތީން މިދިޔަ ނޮވެމްބަރު މަހު 19 ގައި "ގެލްކްސީ ލީޑާ" ކިޔާ ބޯޓަކާއި އޭގެ ފަޅުވެރިން ވެސް ހިފެހެއްޓި އެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ގަރާރުގައި ކުށްވެރިކޮށްފައިވެ އެވެ.
އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާތަކާ އެކު މިފަހަރު ދޭން ފެށި ހަމަލާތައް އަދިވެސް ކުރިއަށް ގެންދާއިރު މިއީ މިހާތަނަށް ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން އެންމެ ވަރުގަދަ އަށް ހަމަލާދޭ ފަހަރެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،000 މީހަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން 27،000 އަކީ އާންމުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރީޓު ވޯލް.
11 January 2024
ކޮބާ ބަޔަކާ ޖެހުނީމަ ހަމަ ގޮތްހުސްވީ ދޯ. ހޫސީންގެ ވެރިއާ ޖޯ ބައިޑަނަށް ވަރަށްގަދައަށް ސަލާމްބުނި.
އިހްސާސް
11 January 2024
އދ އަކީ އުވާލަންޖެހޭ ތަނެއް. "އެކުވެރި ދައުލަތްތައް" މިއާ ދިމާ އިދިކޮޅަށް އެތާ އެމީހުން ކަންކަން ކުރަނީ. އެމެރިކާ ގޭމުކުޅެން އެތަން ބޭނުންކުރަނީ. އދ މީހުން މިރާއްޖޭގައި ބައިތިއްބާނެކަމެއްނެތް. ބޭކާރުތަނެއް. ބޮޑު ޙަރަދުކޮށްފަ އދ ގެ މަރުކަޒަށް ދިވެހި ދައުލަތުގެ އިސްވެރިން ދިއުމަކީވެސް އިސްރާފެއް.
ޕިރާޑް
11 January 2024
ތިޔަ ގަރާރުގެ ސަބަބުން ދެން ހޫތީން އެކަން ހުއްޓާލާފަ އެހެން ކަމަކާ އުޅޭނެހެން ހީވަންޏާ ތިޔަށްވުރެ ވަގުތު ބޭކާރުކޮށްގެން ހެދި ގަރާރެއް ނޯންނާނެތާ ދުނިޔެއަކު.. ހޫތީން ނުޖެހޭ އެމެރިކާ ބުނާއިރަށް ހަމަލާތައް ހުއްޓާލާކަށް ހޫތީން ބޭނުންވީމަ ހަމަލާ ދެވެން ޖެހޭނެ ސަބަބަކީ ބަތްކަށްކާ ކުޅެން ތިބޭ ކުދިންނަށް އެމެރިކާ ބޭނުންވީމަ ހަމަލާދެވޭވިއްޔާ ޓެރެރެސްޓުންނޭ ކިޔާފަ..
މަތީނު
11 January 2024
އދ އޫއެން، މިތަންތަނުން ދިވެހިރާއްޖެވެސް އަދި އިސްލާމީ ގައުމުތައްށްވެސް އެބަޖެހޭ ވަކިވާން. ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކޮށްދޭކަން އެ ޖަމިއްޔާތަކުގަ މެމްބަރުންނަން ވެގެން ތިބުމެއްނެތް. ފައިދާއަށް ވުރެ ވާ ދުއްތުރާ އިންތިހާއަށް ބޮޑު، ނެތެއްނުން ބޭނުމެއް އެހެންވީމަ މިބުނަނީ!
އަންސާރުﷲ
11 January 2024
އިޒްރޭލުން ބޯ ލަބަން ނުޖެހޭ ބަޔަކު ނެރޭ ގަަރާރަކަށް ހޫތީންވެސް ބޯލަނބާކަށް ނުޖެހޭ
މާހިރު
11 January 2024
އދ އަކީ އެއްވެސް ބާރެއް ނެތް ތަނެއްކަން އިޒްރާއީލުން ސާބިތުކޮށްދޭއިރު، އެމެރިކާއިން އެގެންދަނީ އެމީހުން ބޭނުންއެއްޗެއް ހަދާނެކަން ދުނިޔެއަށް ހާމަކޮށްދެމުން. އިޒްރާއީލުން އދ ޤަރާރުތަކަށް ބޯލަނބަން ނުޖެހެންޏާ ހޫތީންވެސް ވަކި ބޯލަނބާކަށް ނުޖެހޭނެ.
އަޒުލުސްކީ
11 January 2024
ގަރާރު ފާސް ކުރާނެ ވަރަކަށް ކުރަންވީ. ހޫތީންނަކީ ގަރާރަކަށް ސިހޭނެ ބައެއްނޫން. އިޒްރޭލުން އަމަލުކުރަން މަޖުބޫރު އެތައް ގަރާރެއް ވެސް އދ ން ފާސްކުރި. ކޮންކަމެއްވީ؟ އިހަށް ދުވަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނި އިޒްރޭލުން ކިޔަމަން ވާންޖެހޭ އެއްވެސް ގާނޫނެއް ގަރާރެއް ދުނިޔެއަކު ނޯންނާނޭ. ދެން ހޫތީން ވަކި ކިޔަމަން ވާންޖެހޭތަ؟
ހުވާ
11 January 2024
އިޒަރޭލޫން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓީމަ ނޫނީ އެއެްންމެ ހަމަލާއެއްވެސް ނުހުއްޓާތި.
ރޮންދާ
11 January 2024
ދުނިޔޭގެ ދެފުއްދެގޮއި ގާނޫނުގެ އިންސާފުވެރިކަން ނެތްކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެ! އިޒްރާއިލުން ފަލަސްތީނުގެ 30000 މީހުން މަރާ އެތައްބަޔަކު ޒަހަމުކޮއް ގެދޮރު ހަލާކޮއް އިންސާނިއްޔަތާ ހިލާފައް އެތައް އަމަލެއް ހިންގާ އިރުވެސް ދުނިޔޭގަ ސުލްހަ ގާއިމު ކުރަން ހަދާފައިވާ ތަނުގައި ތިބި އެންމެންވެސް ތިބީ ލޯކަނުވެ، ކަންފަތްބީރުވެފައި، އިޒްރޭލާއި އިޒޮރޭލުގެ ބައިވެރިންގެ މަސްލަހަތު ހިމާޔަތްކުރަންވީމަ މިކަންފަތް ތަކައްއަޑުއިވި ލޯތަކަށް ފެންނަނީ، ދެރެ :(
ޖަލީލީ
11 January 2024
އދ އަކީ އެމެރިކާ ހުޅަނގު އަދި އިޒްރޭލްގެ މަސްލަހަތު ހިމާޔަތް ކުރަން ހެދިފައިވާ ތަނެއް. ޣައްޒާގައި ޝަހީދު ކޮށްލެވުނު މީހުން 30 ހާހަށް އަރައިގެން ދިޔަ އިރު ވެސް ތިޔަ އދ ތިޔަ އޮތީ ދިނާފަ. މި ވެރިންނަށް މުސްލިމުންގެ ލެޔަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން