އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
13 ޖެނުއަރީ 2024 - 22:39
މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު، މިއަދު ލިބުނު ކާމިޔާބީ އަކީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ސޯލިހް ވިދާޅުވީ އާޒިމް މޭޔަރުކަމަށް ވަޑައިގަތީ ގާނޫނީ ގޮތުން މަތިކޮށްފައިވާ މަސްއޫލިޔަތުތަކެއް އަދާ ކުރެއްވުމަށް ކަމަށެވެ. އެހެންވެ އާދަމް އާޒިމެއް މާލޭގެ ރައްޔިތުން މާޔޫސް ނުކުރައްވާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"އާދަމް އާޒިމެއް މާލޭގެ ރައްޔިތުން މާޔޫސް ނުކުރާނެ. އެ ޔަގީންކަން ބާއްވާ. މި އެމްޑީޕީއެއް މާލޭގެ ރައްޔިތުންނެއް މާޔޫސްއެއް ނުކުރާނެ. އާދަމް އެ އަންނަނީ ތަސައްވަރަކާ އެކީގައި، މެނިފެސްޓޯއަކާ އެކީގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އާޒިމް މޭޔަރު ކަމަށް ވަޑައިގަތީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް މާލެ ބަދަލުކޮށް، ތޮއްޖެހިފައިވާ ދަތި އުނދަގޫ މާލެއަށް ހައްލެއް ހޯދުމަށް ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.
"ކުނިވެފައި މި އޮތް މާލެ ސާފުކުރަން. އެކަން ކުރުމުގައި އާޒިމާއެކު އަޅުގަނޑުމެން އެމްޑީޕީން ދެމި ތިބޭނެ ކަމުގެ ޔަގީކަން ދެން،"
އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
މިއަދުގެ އިންތިހާބުން މާލޭގެ ރައްޔިތުން ދިނީ މެސެޖެއް ކަމަށާއި އެއީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފްރަތުތަކާއި ހެދި ދޮގުތައް މިހާރު ހާމަވަމުންދާތީ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"71 ޕަސެންޓް، މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް ރައްޔިތުން ނިކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ. ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. އެއީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފްރަތުތަކާއި ހެދި ދޮގުތައް މިހާރު ހާމަވަމުންދާތީ،" ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ވަނީ އެމްޑީޕީއަށް އިތުބާރު ކުރައްވައި، އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވިކަމަށްޓަކައި މާލެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
14 January 2024
އާޒިމު2028
ބުޅާގޯނި
14 January 2024
މޭޔަރު އަނެއްކާ ކައުންސިލެގެ އިތުރު ބަސްތައް ނުނެރޭތި ތީ މާލޭގެ މަގުތައް ތޮއްޖެސި ސީއީއޯ ރައްޔިތުންނަށް ބޮޑުތަކުލިފެއް މާލެ ތަރައްގީ ކުރާނީ އަނެއްކާ އިތުރު ބަސް ތަކެއް ނެރެގެންބާ އިތުރު އުދަގޫތައް ޖެހޭނީ
ޙިނި
14 January 2024
ނާގާބިލު ވެރިޔެއް
ބޮޑުމާޔޫސީ
14 January 2024
ރައީސް ކަމާއި ރައްޔިތުންގެ މަޖިލިސް ދިނީމާ ނާޗާރުވެގެން މާޔޫސްވެގެން ކަމެއް ކުރަން ނޭނގިގެން އަވަށްޓެރި ގައުމަކަށް ގައުމު ވިއްކައި ދުވަހަކު ރާއްޖެ ނުދަރާވަރަށް ދަރުވައި އަޅުވެތިކުރީމާ ރައްޔިތުން ވީ ފޫހިން ބޭރުކޮށްލީ. މާޔޫސް ވެފައި ހުރި މީހަކު އަބަދުވެސް ދައްކާނީ މާޔޫސްވެފައި ހުރި ވާހަކަ. އެއީ އެކަން ވާނެގޮތް.
ކުމާރު ޝާން
14 January 2024
މާލޭގެ ބިންތަކާއި ފްލެޓްތައް ގާތް މީހުންނަށް ބަހާލާފަ ކޮން ވާހަކައެއް ދައްކާކަށް.
ހަނދުމަފުޅޭ
14 January 2024
އާޒިމާއަށް ނުދޭންވެގެން އާޒިމަށްދިނީ... ސޯލިހު ވެގެނެއްނޫން...
ފޫހި
14 January 2024
ރާއްޖެތެރެ މީހާ މާލޭ މީހާ ތަފާތުކުރީ ސޯލިޙް. އިންޑިޔާގެ އުނގަށްވެއްޓި އަރައިނުގަނެވޭވަރަށް ދަންތުރާގަ ޖައްސާފަ ހުރިމީހެއްތީ. ބިންތައް ބަހާލިގޮތް ދުވަހަކުވެސް ހަނދާންނުނެތޭނެ. އިބޫއަށް ލީ ސިޓީގެ ޖަވާބެއް ނުދީ ވެރިކަމުންތިޔަ ދިޔައީ. ބުނަ ދެން އެމްޑީޕީ އަށް ބުނާނީ ނޫނެކޭ. ފޮނިވާހަކަނުދައްކާ ބިންދީފަ ދިޔައީ ކަކުނި ގެ އަޅާގޮތަށް ރާޅު އަރާ ހިސާބުން ވެލިކޮޅުވެސް ހަރުނުލާހާލު. އަދި ފޮނި ވާހަކައެބަދައްކައެއްނު. ޕާޓީތައް ފޭލްވީ 30%ވޯޓްލީ
ކޮމެންޓްކުރާމީހާ
14 January 2024
ކެނޑިޑޭޓަކަށް ރަނގަޅު މީހަކު ނެރުން ވ މުހިންމު... އާޒިމާ ބަލައިނުގަންނާނެކަން އެނގިގެން ގޮސްފިކަމަށް ޤަބޫލުކުރެވޭ... ވަކި ޕާޓީއަކުން މޭޔަރގެ މަޤާމަށް ވާދަކުރުން މުހިންމެއް ނޫން .......މެމްބަރުންގެ 2 ގޮނޑި ޕީއެންސީ ނެގުން މިކަމުގެ ހެއްކަކަށް ފުދޭ
މާލޭ
14 January 2024
ދެން ސޯލިހުއަކަށް ދުވަހަކުވެސް ވެރިކަމެއް ނުލިބޭނެ، އަދީބު ދޫކޮއްލި ހަނދާން ނުނެތޭ.
ޒީރޯ ޓޮލެރެންސް
14 January 2024
އިންޑިއާގެ ޕަޕެޓުން...