ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް: ދިއްދޫގައި 70 މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އިންޖީނުގެ ގޭގެ މަޝްރޫއު ހުއްޓިފައި އޮތުމުން ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
16 ޖެނުއަރީ 2024 - 13:27
ހއ. ދިއްދޫގައި ފެނަކަ ކުންފުނިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކުރަން ފަށައިފަ އެވެ.
އެހެންވެ، މުއާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޖީނުގޭގެ މަސައްކަތަށް 70 މީހުން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައި ތިބިއިރު، އެ މީހުންނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އެ މީހުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ މަޝްރޫއު މިވަގުތު ހުއްޓިފައި އޮތުމުން ކަމަށް އެ ޓްވީޓްގައިވެ އެވެ.
Project: Ha.dhihdhoo Power house construction
— Muaz Mohamed Rasheed (@muazmr) January 16, 2024
Total Built-up area: 1477.55 sqm
Market Price: MVR 23,061,304.89
Total Staff Expenses: MVR 23,269,119.42
Petty Cash: MVR 428,473.24
Material Cost: MVR 19,023,877.96
Total Expenditure: MVR 49,354,422.80
No of contract staffs… pic.twitter.com/IUyihflmnB
މުއާޒްގެ ޓްވީޓް
ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އިހުތިޖާޖު ކުރަމުންދާ މުވައްޒަފުން ބުނާގޮތުން ކޮންޓްރެކްޓް އާ ނުކުރަން ނިންމިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުންނެވެ. ބައެއް މީހުން ވަކިކުރީ ކޮންޓްރެކްޓްގެ މުއްދަތު ބާކީ އޮއްވާ ކަމަށް އެ މީހުން ބުނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުންފުނި ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ. އަދި ރިޔާސީ ކެމްޕެއިނާ ދިމާކޮށް، އެ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނެގުމުން މާލީ ބޮޑެތި ގެއްލުންތަކެއް ވި ކަމަށް މިހާރުގެ މެނޭޖުމަންޓުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމޫން
17 January 2024
ފެނަަކައަށް މިވެއްދި ކޮހުގެ ނިމުން ހިތިވެ މިސަރުކާރަށް މިކަމުގެ އެނގުން ޖެހިގެން އޮންނަ އިންތިޚާބުން ދާދި އަވަހަށް ފެންނާނެއެވެ.
ރިޔާން
17 January 2024
ފެނަކައަށް ކޮންމެ ސަރުކާރެއްގައިވެސް މިލަނީ ކޮހުންނެވެ. އެމްޑީއަކަށް މިހާރު ލީ މީހާވެސް ކުންފުނިތަކަށް ގުޅައިގެން އިންޖީނާއި ދެން ހުރިނަމަ ހުރި އެއްޗެއް ވިއްކާން ޑީލް ހަދަން ފަށައިފިއެވެ. މިހާރު ފެނަކައިން ކޯޓޭޝަނެއް ލިބޭއިރަށް އަދުރޭ ނުވަތަ ކޮންމެވެސް ޕީޕީއެމް މެންބަރަކަށް މިއޮންނަނީ ގުޅަން ޖެހިފައެވެ.
ތޫބާ ނާޒިމް
17 January 2024
މިކަމުގެ ސީދާ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުން. އިބޫ ސޯލިހް. އެމީހުން ރައްޔިތުންނަށް ދިން ލަޑެއް މިއީ. މުޅި މަސްވެރިކަމުގެ ސިނާއަތުވެސް އެއްކޮށް ހަލާކުކޮށްފަ އޭނަ ދިޔައީ.
ސޮފްވާން މުހައްމަދު
17 January 2024
ވަޒީފާ ދިންއިރުވެސް އެމީހުންނަށް އިނގޭނެ ކޮންޓްރެކްޓަށްކަން ދިނީ. ޕްރޮޖެކްޓް ނިމުމުން ވަޒީފާ ގެއްލޭނެކަން. ދެން މިސަރުކާރު ބޮލުގަ ކީއްކުރަން އަޅުވަން މިއުޅެނީ.
ޖީހާން ޔޫސުފް
17 January 2024
މިހެންވެ ބުނަނީ އިބޫ ކަންކަން ކުރީ އަމިއްލަ ފައިދާއަށޭ. އެއްވެސް ކަމެއް ނުކޮށް ހަމަ އެމީހުން ތިބެނީ. މުސާރަ ނަގާލަ ނަގާލަ
އިއުފާދު
17 January 2024
މިރަށުގަ މަހަށް ދާ ދިވެހިން މިހާރު 90% ދަށްވެއްޖެ ކުރީ ސަރުކާރުން ހުރިހާ އެއްމެނަށް ފެނަކައިން ވަޒީފާ ދީގެން. އެއްވެސް ވިސްނުމެއް ނެތި އިބޫ ކުރި ކަމެއް މިއީ.
އަހްމަދު ތަސީމް
17 January 2024
އަޅުގަނޑަކީވެސް އެމްޑީޕީ މީހެއް. ނަމަވެސް އިބޫ ސޯލިހް މިކަން ކުރިއިރުވެސް އިނގޭ މިކަން ވާނީ މިހެންކަން. ވަރަށް ދެރަކޮށް ކުރި ކަމެއް މިއީ އިބޫ
ނިފާޒާ
17 January 2024
އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގައި މި މީހުންނަށް ވަޒީފާ އެކޭ ކިޔާފައި ދިނީ އަނިޔާ. މި އަނިޔާގެ ރުޅިވެރިކަން ބާލަންޖެހޭނީ އެމްޑީޕީއަށް.
ޒިނާހް ހަސަން
17 January 2024
ފެނަކަ ސައީދް ބޮޑެތި ރިސޯޓްތަށް އަޅާ ނިންމީ ދައުލަތުގެ ލާރި ބޭނުންކޮށްގެން. މުޅި ދައުލަތް ދަވާލާފަ މި ސަރުކާރު ކުއްވެރި މިކުރަނީ އެއްވެސް އަސާސެއްނެތި ނަގާފަވާ މުވައްޒަފުން ކަޑާލީމަ.
ފަޒުހާދު
17 January 2024
އެއްވެސް ކަމެއް ނެތި އަބަދު ގޭގަ ހުރެގެން މުސާރަ ލިބޭ ބަޔެއް އެއީ. އެހެންވެއްޖެއްޔާ އަހަރެންނަށްވެސް ދީބަލަ ތިކަހަލަ ވަޒީފާއެއް. ނޫނީ އެމީހުން ކަނޑާލާ. އިންސާފުވެރިވާންވީ.