ޚަބަރު / އަލީ އިހުސާން (ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު)

ސީރިއާއިން ދިވެހިން ގެނައީ 1.8 މިލިއަން ރުފިޔާއަށް ޗާޓަރުކުރި ފްލައިޓެއްގައި: މިނިސްޓަރު

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ: މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ރައްޔިތަކަށް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އާއި މުޖުތަމައުގައި ބައިވެރިވާ މީހަކަށް ހެދުމަށް ކުރަން ޖެހުނު ކޮންމެ ހަރަދެއް ދައުލަތުން ކުރެއްވުން ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސީރިއާގެ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނައީ ޗާޓަރު ފްލައިޓެއްގައި 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިންނާ ވަކިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މީހުން ގެނައީ ތުރުކީ މަގުން މިއަދު ފަތިހު ކަމަށެވެ.

"ޗާޓާޑް ފްލައިޓެއްގައި އަޅުގަނޑުމެން ގެނައީ ގާތްގަނޑަކަށް 120،000 އެމެރިކާ ޑޮލަރަށް، [އެއީ 1,848,000ރ.] އަށް. އެއީ ދެކޮޅަށް ދިޔަ ހަރަދު،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ގެނައި 21 މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ހޯމް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސް އަންނަ ހުރިހާ މީހުން ވެސް އަނބުރާ މުޖުތަމައުއަށް ނެރެން ކުރާ ހަރަދުތައް ވެސް ކުރާނީ ސަރުކާރުން ކަމަށެވެ.

"ރީ އިންޓަގްރޭޝަން ސެންޓަރު ހެދުމަށް ބޭރުގެ ބައެއް ޖަމާއަތްތަކުން އަޅުގަނޑުމެންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. ފަންނީ އެހީ ވެސް މާލީ އެހީ ވެސް. އެހެން ނަމަވެސް ރިކަރެންޓްކޮށް މި ދާ ހަރަދުތަކަކީ ދިވެހި ސަރުކާރުން ކުރާނެ ހަރަދުތައް. އެކްސްޕަޓީސް ބޭރުގެ އެކި ޖަމާއަތްތަކުން މިވަގުތު ވެސް ފޯރުކޮށްދެމުން ދަނީ،" އިހުސާން ވިދާޅުވި އެވެ.

"މިކަމަށް [ހަނގުރާމައަށް ގޮސްފައިވާ ދިވެހިން ގެނައުމަކީ] ދައުލަތަށް ބޮޑު ހަރަދެއް ނޫން. ދިވެހި އެއްވެސް ރައްޔިތަކީ ދައުލަތުން އަޅާނުލައި ދޫކޮށްލާނެ މީހެއް ނޫން."

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ރައްޔިތަކަށް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޖުތަމައުގައި ބައިވެރިވާ މީހަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ ހަރަދެއް ދައުލަތުން ކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

64 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިމްސް 1

18 January 2024

ބޮލަކަށް 85000، ހުންނާނެނުން ލާރި ކެވިފަ

The name is already taken The name is available. Register?

އާބިދު ސައީދު

17 January 2024

ހުރިހާ ރައްޔިތުންގެ ހައްްގުގައިވެސް ސަރުކާރުން ކުރި ކަމެއް މިއީ. މިއީ ކިތަންމެ ހަރަދެއް ހިގިޔަަސް ކުރަންޖެހޭ ކަމެއް. ދިވެއްސެއް ބޭރު ގައުމެއްގައި ހާލުގަ އުޅުވެ ދީގެން ނުވާނެ.

The name is already taken The name is available. Register?

ތިހާމް މުހައްމަދު

17 January 2024

އިބޫ ހުރީ މިކަން ކޮށްނުލާ ދިވެހިން ހާލުގަ ޖެހުނު އިރުވެސް. މުއިއްޒް މިކަން ކޮށްދިނީތީ މަގޭ ތާއިދު ދެން.

The name is already taken The name is available. Register?

މުހައްމަދު މަނިކު

17 January 2024

21 ކުދިންގެ ތެރެއިން 15 މީހުންނަކީ ކުޑަކުދިން. އޯކޭ ތާ އެހެންވީމަ.

The name is already taken The name is available. Register?

ފައްސާން ވަލީދު

17 January 2024

ސަރުކާރުން ނިންމި ވަރަށް ރަނގަޅު ކަމެއް. ސަބަބަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ހަރަދުކުރާނެ ވަކި އަގެއް އޮވެގެން ނުވާނެ. އެމީހުންގެ ހައްގުވެސް އޮންނާނެ.

The name is already taken The name is available. Register?

އަފްސަލް މުހައްމަދު

17 January 2024

އަގަކަށް ބަލާނެ ކަމެއް ނެތް. ތީގަ ގިނައީ އިނޮސެންޓް ކުދިން.

The name is already taken The name is available. Register?

ހަސަނު

17 January 2024

މީ ދެން ކިހާ ދެރަ ކަމެއް.. ދައުލަތަށް ކަމެއް ކުރެވެނިކީނޫން.. މީހުން އުލޭނެ ގޮތަކަށް އުޅެ، ކުރާނެ ހާ ނުބައި ކަމެއްކޮށްފަ ބުނަންވީ މަ ރާއްޖެ ގެންދާށޭ؟ އެ މީހުން އެތާ ރެފިއުޖީ ކޭންޕުގާ އެއްކަމެއް ނުކޮށް ތިއްބަސް ކާންބޯން ލިބޭނެ.. އެތާ ބައިތިއްބާ.. މިތަން ހަލާކު ކުރަން ގެންނާނެ ކަމެއް ނެތް..

The name is already taken The name is available. Register?

އިންޝާއު

17 January 2024

ހަނގުރާމައަށް ދާ މީހުން އަނބުރާ އަންނަން ބޭނުންވަނީ ރަނގަޅު ވާން ބޭނުންވާތީ. އެހެންވީމަ ހަރަދު ކޮށްގެންވެސް އެމީހުން ގެންނަން އެބަ ޖެހޭ. އެވެސް ދިވެހި ދަރީން ހަމަ. ރިހެބިލިޓޭޝަން ސެންޓަރ އިން ވަރަށް ކައިރިން ބެލުމަށްފަހު މުޖުތަމައުއަށް ނެރެން ވާނީ

The name is already taken The name is available. Register?

ކެނެޑީ

17 January 2024

ދިވެހި ދަރިއެއް ހުމާމަކީވެސް. ދޮންފުތުވުމުގަ އޮންނަންވާނެ ހައްދެއް

The name is already taken The name is available. Register?

ޔާނިއު

17 January 2024

ދިވެހި އެއްވެސް ރައްޔިތަކީ ދައުލަތުން އަޅާނުލައި ދޫކޮށްލާނެ މީހެއް ނޫންކަން ދައުލަތުން ނިންމި ނިންމުން ވަރަށް ބަލައިގަންނަން. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ރައްޔިތަކަށް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. މިކަމުގަ ނެތް އެއްވެސް މައްސަލައެއް

The name is already taken The name is available. Register?

ސބގފސގބސ

17 January 2024

އަޅާލަންވީ މީހުން މަޑދީތަ. ބަސްނާހާ ބޭނުންހާ ގޮތަކަށް އުޅޭ މީހުންނަށް އެކަނިތަ ސަރުކާރުން އަޅާލަންވީ؟

The name is already taken The name is available. Register?

އަންބާން

17 January 2024

މާލޭ މަގުމަތީގައި ސަލާންޖަހާ ކުދިންނަށްވެސް ތިޔަކަހަލަ ރިހެބިލިޓޭޓް ސެންޓަރެއް ގާއިމުކޮއްދެއްވާ އާއްމު ދިިރިއުޅުމެއް އުޅެވޭނެގޮތް ހައްދަވާދެއްވާ. އެވެސް ދިވެހި ރައްޔިތުން، އަޅާނުލާ ދޫކޮއްނުލައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454