ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލު މަގު މިއަދު ހުޅުވާލުމުން ބަޔަކު ސައިކަލުގައި ދުއްވާފައިދަނީ-- ފޮޓޯ: އާރްޑީސީ
16 ޖެނުއަރީ 2024 - 21:07
ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހު، ސަބުދެލި މަގު އާންމުންނަށް މިރޭ ހުޅުވާލައިފި އެވެ.
ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ މަގު ހުޅުވައިލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ފެށީ މި މަހުގެ ހަވަނަ ދުވަހު އެވެ.
އެ މިނިސްޓްރީން އެ މަގު ހުޅުވި ސަބަބެއް ކަމަށް އޭރު ބުނީ އަމީނީ މަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިންމައި މިހާރު ވަނީ އެއްކޮށް ހުޅުވާލައިފަ އެވެ.
އާރުޑީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބުދެލި މަގު އަލުން ހުޅުވައިލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށް ފަހު އެ މަގު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލު މަގު ހުޅުވާލާފައި-- ފޮޓޯ: އާރްޑީސީ
ސަބުދެލި މަގު ބަންދުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށެވެ. ކޮރަަލް ބުލެވާޑުުގެ ނަމުގައި ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ބިމުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރު ކުންފުނި ޗަންހުއާ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހޭ ގޮތަށް އެ ތަން ހެދުމަށް އޭރު ބިންގާ ވެސް އެޅި އެވެ.
ނަމަވެސް ފަހުން އެ މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމުން އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތީ ބަންދު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދާނީ
18 January 2024
ތި މަގު ތިތާ އޮތްކަން ހަނދާންކުރަން އަދި 6 ވަރަކަށް މަސް ނަގާނެ..
މާޙު އިބްރާހިމް
18 January 2024
އިއްޔެ ދަރިފުޅު ބަލާ ދިޔައިރު ހިތަށް އެރި ހާދަ ޓްރެފިކް ކުޑަޔޭ. ބަލާލިއިރު މި މަގު ހުޅުވާލީމަ.
ތޫބާ ނާޒިމް
18 January 2024
ވަރަށް ބޮޑު ލުޔެއް ލިބިގެން މިދިޔައީ.
ރަންދެލި
17 January 2024
ޔާމީނު މާލޭގެ އެތައް މަގެއް ބަންދު ކުރީ އެއީ އޭނާގެ ހޮބީ އަކަށް ވީމާތޯ! ނޫނީ ފެންފޯއް ރުށް ތައް ކަނޑަން ޖެހުނު ޒާތުގެ ހުވަފެނެއް ފެނިގެން ތޯ!
ސަމޫން
17 January 2024
ވަރަށް އުދަގޫ ބޮޑު ހިސާބެއް އެެއީ.. މުހިންމު ކަމެއް ތިކުރީ
ދޯދި އައްބާސް
17 January 2024
މީ ރައީސް މުއިޒް ވަރަށް ފަރިތަކަމެއް.. މިހެންވީ ހުރިހާ ކަމެއް ރައީސް ހައްލު ކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަން
ފްރީޕާކިން
17 January 2024
ޓެކްސީތައް ޕާކު ކުރަން ރަގަޅު މަގެއް ލިބުނީއެވެ. ޓެކްސީ ޑުރައިވަރުންގެ ސުކުރު މުއިއްޒަށް. މީގެ ހަފްތާއެއްހާ ދުވަސް ފަހުން ކެޕްޝަންގެ އެއިން ފޮޓޯ ކަހަލަ ފޮޓޯއެއް އެމުގަ ނަގައިފިނަމަ މަންޒަފު ސިފަވާނީ ކިހިނެތް؟
ލުޖައިން އަލީ
17 January 2024
ރައްޔިތުންނަށް ލުއި ވާ ހުރިހާ ކަމެއް ކުރަމުން އަދުގެ ރައީސް ޑރ.މުޢިއްޒް މިދަނީ. އުފާވެރި
ބުޖައިން
17 January 2024
ތި މަގު ފުރަތަމަ ބަންދު ކުރީ ވެސް މުއިއްޒު. 6 އަހަރު ފަހުން ހުޅުވީ ވެސް މުއިއްޒު
ރިފާއު އައްބާސް
17 January 2024
ހީވޭ ކަމެއްހެން. މިދިޔަ 5 އަހަރު އިބޫ އަށް މިތަން ހުޅުވާލުމުގެ ވިސްނުމެއް ވެސް ނެތް. ހަމަ ނެތީއެއް އެއްވެސް ކަމެއް.
ރިއްޕެ
19 January 2024
ކޮވިޑާ ހެދި އެކަންވެސް ނުވީ.
އފުޅު
17 January 2024
ތިޔަ ބުނާ ކޮރަލް ބުލުވާޑު އަޅަންށޭ ކިޔާ ހުސްކޮށް ވަށާ ޓިނުޖަހާ ބައްދާފަ އޮތް މަދިރި ފެކްޓަރީ ސަރަހައްދު އެއްކޮށް ހުޅުވާލަން ޖެހޭ! މިވެސް ޔާމީނު ޖެއްސި ނޮހޮރުއްޕާނެއް! ދެން ބުލުވާޑު އަޅަން އުޅޭ މީހުން ކާރީ ބުނޭ ފުށިދިއްގަރުފަޅުގާ ހިއްކަމުން އަންނަ ރަސްމާލޭގަ ބުލުވާޑު އަޅާށޭ!