ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން އެ ގައުމުގައި މިދިޔަ ހަފުތާގައި ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ.
18 ޖެނުއަރީ 2024 - 10:36
ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުގެ 14 ގައި ފަށަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭ މައުލޫމާތުތައް ދިނުމަށް ސަފީރު ލީޝިން އިއްޔެ ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ، ފޫޖޫ ސިޓީ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓްތައް އަންނަ މަހުގެ 14 ގައި ފަށަން ނިންމާފައިވާ ކަމަށެވެ. ދަތުރުތައް އަޅަނީ ޗައިނާގެ ޝިއާމަން އެއާލައިނުންނެވެ.
"އެކަމާ ގުޅޭ އިތުރު މަޝްވަރާތަކާއި ގޮތްތައް ނިންމުމަށް ޗައިނާގެ ޓީމެއް މިއަދު [މާދަމާ] ރާއްޖެ އަންނާނެ،" ސަފީރު އިއްޔެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އިތުރު ފްލައިޓްތައް ބޭއްވުމުގެ މަޝްވަރާތައް ވެސް އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް ކޮވިޑުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިން ކަމަށް ވާއިރު އަނެއްކާ ވެސް އެ އަދަދު އިތުރު ކުރަން ދެ ސަރުކާރު ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް ލީޝިން ވިދާޅުވި އެވެ.
ރާއްޖެ އިން ޗައިނާގައި މިދިޔަ ހަފުތާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވަނީ.
ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ފްލައިޓުތައް ބޭއްވި ދެ ގައުމުގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ޗައިނާގެ މި ފިނި މޫސުމުގައި ޝިއާމަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް އެ އެއާލައިނުން ކަނޑައަޅާފައިވާކަން ވެސް ރައީސް މިދިޔަ ހޮނިހިރު ދުވަހު ހާމަކުރެއްވި އެވެ.
"ޗައިނާގެ ޝިއާމަން އިން މާލެ އަށް، މާލެ އިން ޝިއާމަން އަށް ޑައިރެކްޓް ފްލައިޓްސް އޮންނާނެ. އޭގެ އިތުރަށ،ް އެކިއެކި ދާއިރާތައް ވެސް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެން ދާނެ. ޑައިރެކްޓް ފްލައިޓްތައް ވެސް އިތުރުވާނެ،" ޗައިނާގެ ދަތުރުފުޅަށް ފަހު ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭގެ ސަބަބުން އަދި އޭގެ އިތުރަށް މާކެޓިން އިތުރަށް ފުޅާކުރެވިގެންދާނެ"
ރައީސް ވިދާޅުވީ، ކޮވިޑުގެ ކުރިން ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން އައި އަދަދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގުނަ ކުރަން ދަތުރުފުޅުގައި ޗައިނާއާ އެކު މަސައްކަތްތައް ތަރުތީބު ކުރެއްވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
18 January 2024
މަގޭވެރިކަމުގަވެސް ހަމަތިހާވަރައް ކޮމެންޓްތައް ކުރިނަމަ، މިއަދުވެސް ހުރީހީވެރިކަމުގަ. ސޭމްއޮންޔޫ...
އަލީ.
18 January 2024
އައްދޫކޫދާމެން ދެން ރުޅި އަންނާނެ ކަމެއްނެތް. އެމްޑީޕީއަށް ވޯޓު ދިންނަމަ މިހާރު އޮންނާނީ އެއަރޕޯޓާއި ރިސޯތްވެސް ހަދާފަ. މުއިއްޒު ބުރިޖެއްގެ ވާހަކަ ދައްކާއިރަށް މާލޭގައި ބުރިޖެއް އޮންނާތީ އައްޑޫ ކޫދާމެންވެސް ބޭނުންވީ ބުރިޖެއް އަޅަން. މަޑުކޮށްލާ 2028 އަނަނަންދެން. އިގިއްޖެ.
ޒަމީރު.
18 January 2024
ބަލަ އައްޑޫ ބުރިޖަށް ވީ ކިހިނެއް. ޗައިނާ އަށް ދިޔައިރު ހަދާން ނެތިގެން އައްޑޫ ބުރިޖުގެ ކުރެހުން ނުގެންދެވުނީތަ ؟ އެކަންވީގޮތް ކިޔާދީބަލަ. ކޮންމެވެސް ކުއްޖަކު އެމެސެސެޑަރ ކާރިން އަހާބަލަ މުއިއްޒު އެވާހަކަ ދެއްކިތޯ ؟
ބަރަކޫޑާ
18 January 2024
އައްޑޫއައް ކީއްކުރާ ބްރިޖްއެއް، ކޮންމެ ދެމަފިރިއަކުން އެކަކު މާލޭގަ، 5 ދަރިން ތިބިއްޔާ 4 މާލޭގަ. ރަށުގަ 4 ފުރޮޅުފެޅިފަ ކާރެއްއޮތަސް މާލޭގަ.!!!!!
ޑރ ހިސާބު ސާރު.
18 January 2024
ދަރިފުޅާ. ރިސޯތް ތަކުން އެބައުޅޭތަ ޗައިނާ މީހުން ނުގެނެވިގެން. ފުރަތަމަ އެކަން އޮތްގޮތްވެސް ބަލާބަލަ ތިކަން ކުރުމުގެ ކުރިން.
ދަރިފުޅު
18 January 2024
ޑރ ކޮންހިސާބު؟ ރިސޯޓުތަކުން ނުބަލާނެ ޗައިނާތޯ ޔޫގެންޑާތޯއެއް، ލާރިދެންޏާނިމުނީ. ސާރު.
ނަދީމް.
18 January 2024
ރާއްޖޭގެ ޓްއަރިޒަމް ހަލާކު ކުރަން ނޫޅޭ. ރިސޯތް ތަކަށް ތިމީހުން އަންނަ ނަމަ މިތަންތަނަށް އަންނަ މަޗްހޫރު މީސްމީހުން މިތަންތަނަކަށް ނާންނާނެ. އެހެންވެސް ރިސޯތުތަކުން ޗައިނާ މީހުން ެވަރަކުން ގެންނާން ނޫޅެނީވެސް. ޗައިނާ 100 މީހުން ގެނައުމަށްވުރެން ޔޫރަޕުނ ްގެންނަ 10 މީހުންވެސް ރަނގަޅުވާނެ.
ކަކުނިބޯ
18 January 2024
ކޮމްޕެއަރ އިންޑިޔާ ބްރޯ ހަޖަމް
ދިއްދޫ މާސިރު.
18 January 2024
ފޫޖޫ ސިޓީއާއި ރާއްޖެއާއި ދެމެދަކުނޫން ދަތުރުތައް ފައްޓަނީ. ދަތުރު ފައްޓަނީ ފޫޖޫސިޓީ އާއި ވެރިކަމުގައި ހުންނެވި މުއިއްޒުގެ ރަށް ކ.މާލެ އާއި ދެމެދު. ރާއްޖެއޭ ކިޔަނީ ދިވެހިންނަށް އޮޅުވާލަން.
ޗައިނާ ފޭކް
18 January 2024
ވެރިކަން ބަދަލުވާއިރަށް ތިމާކެޓުންވެސް މީހުން އައުން ހުއްޓޭނެ... ޗައިނާ ފޭކް
ޓިކް
18 January 2024
ޗައިނާ އަކީ އަބަދުވެސް ގާތް ވަފާތެރި ގައުމެއް، ހާރިޖީއަށް ބެހި އުޅޭ ގައުމެއް ނޫން
ސަރީފުއަލީ
18 January 2024
ޗައިނާ ފޭކީކީނޫން ޗައިނާ މީހުން ދަތުރު،ކުރުން ހުއްޓުނީ ކޮވިޑާއިހެދި އަދި އެމީހުން ނަށް ރައްކާތެރިކަން ފީލްނުވާތާކަށް އެމީހުން ދާން ފަސްޖެހޭ ބައެއްއެއީ...މިސަރުކާރުން ރައްކާތެރިކަމުގެޔަގީންކަން ލިބުނީމަ އެކަން އެކުރަނީ،،
ރޯޒަސް
18 January 2024
ދެ ބިޓުން ގެން ގުޅުމަކީ ގޯސް ގޮތެއް ނޫން. ދުނިޔޭގެ އެންމެ ބޮޑު ދެ އާއިލާއިން ދެ ބިޓުން ނަގައިގެން މިތިބީ. ބައެއްފަހަރު ކަޓާނެ. އެކަމަކު އަބަދުވެސް އެއް ކޮޅު އިންނާނެ.